Sun Magazine 35

ރ20 :ުގަ އ2011 ،ުރަބްނެވ ނ02 ،35 :ުރަބްމަ ނުނ ފެގްސަ ރަމަތަރު ފެ ގޭ ޖްއ ރ.... ޔިކޮ ންސެ ވ ކްއެނަ އ

description

Sun Magazine 35

Transcript of Sun Magazine 35

Page 1: Sun Magazine 35

2ރ0 ގު: އަ2011 ،ބަރުވެން ޮނ02 ،35 :ބަރުނަމް

ގެ ފުރަތަމަ ރަސްގެާފނު ޖޭ ާރއް

ރަީއސް އަީމން އަވަާހރަވުމަށް ފަހު ..

އަނެއްާކ ވެސް ނޮކިާޔ ....

Page 2: Sun Magazine 35
Page 3: Sun Magazine 35

އެޑިޓަރުގެ ނޯޓް

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:އަބްދުهللا އަޒްމީން

ކަނީރު ޢަބްދުއްރަޙީމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާންމިންނު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 35 02 ޮނވެންބަރު 2011

ސިނާން އަލީއެޑިޓަރު

ސަން މަޖައްލާގެ 35 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް މަރުހަބާ

ދަންނަވަމެވެ. މިދިޔަ އަދަދަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ޚިޔާލުތައް އުފަލާއެކު

ބަލައިގަންނަމެވެ. އަދި ދެއްވި ޚިޔާލު ތަކަށް ޝުކުރު ދަންނަވަމެވެ. ކުރިޔަށް ޮއތީ ރާއްޖޭގެ އުފާވެރި ޖުމުހޫރީ ދުވަހާއި ނަސްރުގެ ދުވަސް ކަމަށް ވާތީ މި ދެދުވަހުގެ ތަހުނިޔާ

ޮފނުވަމެވެ.

ސަން މަޖައްލާގެ އުމުރުން އެއް އަހަރު ފާއިތުވެ ދެވަނަ އަހަރު ގުނެމުން އަންނަ އިރު، މި ނިމިގެން ދިޔަ އެއް އަހަރަކީ މަޖައްލާގެ ހަޔާތުގައި ވަރަށް ވެސް ކާމިޔާބު އަހަރެއް ކަން އުފަލާ އެކު ފާހަގަ ކުރަމެވެ. މިއަދު ސަން މަޖައްލާ އަކީ މުޖުތަމައުގައި އެންމެ ބަލައިގަންނަ މަޖައްލާ އެވެ. ރާއްޖޭގެ އެކި ފަންތީގެ އިލްމުވެރިންނާއި ލިޔުންތެރީންނަށް ބަލާ އިރު، ފުންނާބު އުސް އެންމެ ގިނަ ބޭފުޅުން އެއް މަޖައްލާ އަކަށް މެދުނުކެނޑި ލިޔުއްވަމުން ގެންދަވާ އެއް މަޖައްލާ އަކީ ސަން މަޖައްލާ އެވެ. ސަންގެ އިތުބާރާއި

ޔަގީންކަން ވަރަށް ޮބޑަށް ގުޅިފައި ވަނީ މި ދެންނެވި ބޭފުޅުންގެ އިލްމީ ލިޔުއްވުންތަކުގެ މައްޗަށެވެ.

ސަން މަޖައްލާ އިން ކިޔުންތެރިންނަށް ގެނެސްދޭ ރަހަތައް ތަފާތު ކުރުމަށް ޓަކައި ތަފާތު ބައިތައް އިތުރު ކުރަމުން އަންނަ އިރު އަބަދުވެސް މަސައްކަތް މި ކުރަނީ ރަނގަޅު ފެންވަރުގެ ލިޔުންތަކެއް ގެނެސްދެވޭޯތ އެވެ. އެއްޗަކަށް އެއްޗެއް ލިޔުމުގެ ބަދަލުގައި

އިލްމީ ޮގތުން ޮމޅެތި ލިޔުއްތަކާ އެކު ސަން ނެރުމުގެ ބޭނުމަކީ ހާސިލު ކުރާން ބޭނުންވާ މަގުސަދަށް ބާރު ދިނުމެވެ. އިލްމީ މުޖުތަމައެއް ބިނާން ކުރުމަށް މަސައްކަތް ކުރުމެވެ. މި މަސައްކަތް ކުރުން މަތީ ދެމިތިބުމަށް ސަން ޓީމުން އަބަދުވެސް މަސައްކަތް ކުރާނެ އެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުމަށް ފަހު ދެން ކަން ހިނގައިދިޔަ ޮގތުގެ މައްޗަށް ސިއްކަގޭ ނަސީމް ލިޔުއްވަމުން ގެންދަވާ މަޒުމޫނު ތަކަކީ ތާރީޚީ ޮގތުން މިޒަމާނުގައި ކިޔައިލާން ނުލިބޭ ފަދަ އަގުރުހި ލިޔުން ތަކެކެވެ. އެއީ ދިވެއްސަކަށް ވީތީ އަޅިގަނޑުމެންގެ ތެރެއިން ޮކންމެ މީހަކަށް ވެސް އެނގުން ޮކންމެހެން މުހިންމު މައުލޫމާތު ތަކެއް ކަމާ މެދު ޝައްކެއް ނެތެވެ. މި ފަހަރުގެ ކަވަރު ސްޯޓރީގެ

ޮގތުގައި ހިމަނާފައި ވާނީ މި ރިޯޕޓެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްސަލަ ތަކަކީ މިހާރަކަށް އައިސް ވަރަށް ޢާންމު ވެފައިވާ ވާހަކަ ތަކެކެވެ. ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ފުށުން އިވޭ ޮގތުގައި ބައެއް ދާއިރާ ތަކުގެ މެންބަރުން ވަނީ ފެއިލް ވެފަ އެވެ. މަޖިލީހުގެ ބައެއް މެންބަރުންގެ ފުށުން ފެންނަނީ ރައްޔިތުންގެ ހައްގަށް ވުރެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތު އިސްކުރުމަށް ކުރާ މަސައްކަތެވެ. ރައްޔިތުންގެ މަޖިލީހާ ގުޅޭ ޮގތުން އަހުމަދު މާޖިދު ލިޔުއްވާފައިވާ، ހާލަތަށް

ވަރަށް މުނާސަބު ލިޔުމެއް އެތެރޭގައި ޮއންނާނެ އެވެ.

މީގެ އިތުރުން މި ފަހަރުގެ އަދަދުގައި ވެސް ތިޔަ ބޭފުޅުންގެ މަގުބޫލު ހުރިހާ ބައިތަކެއް ހިމަނާފައި ހުންނާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ.

Page 4: Sun Magazine 35
Page 5: Sun Magazine 35

5

ޙައްލަކީ ހޭލުންތެރިކުރުވުމެވެ. ކިޔަވައިދިނުމެވެ.

ޢަބްދުهللا ފާރޫޤު ޙަސަންދިޔަ ތިކި

27 ފެބްރުއަރީ 2002 ގައި އިންޑިޔާގެ ހުޅަނގު ބިތުގެ ރަށެއް ކަމުގައި ވާ ޯގދަރާ ރެއިލް ސްޓޭޝަންގައި ވަނީ ވަރަށް ހިތާމަވެރި ޙާދިޘާއެއް ހިނގައިފައެވެ. ބަޔަކު ރޭލެއްގެ

ވައްގަނޑެއްގައި ޯރޮކށްލުމުގެ ސަބަބުން ހިންދީންގެ ދަތުރުވެރީންގެ ފަސްޮދޅަސް މީހުން ވަނީ ފިހިގެން މަރުވެފައެވެ. މިކަމުގެ އިލްޒާމު އަޅުވައިފައި ވަނީ މުސްލިމުންގެ ޮބލުގައެވެ. މި ޙާދިޘާއާ ވިދިގެން 2002 ވަނަ އަހަރުގެ މާރޗްމަހު ގުޖްރާތުގެ ހުރިހާ ރަށެއްގައި ވަނީ މުސްލިމުންނާ ދެޮކޅަށް ވަރަށް ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކުރެވިފައެވެ. ހިންދީ-މުސްލިމު ތަޅާޮފޅުމެއް ހިންގިފައެވެ. މި ޙާދިޘާގައި މުސްލިމުންގެ އެއް ހާހަށް ވުރެ ގިނަ މީހުން ވަނީ މަރައިލެވިފައެވެ. އެތައް ބަޔެއްގެ ޯގތިގެޮދރާއި ފިހާރަތައް ވަނީ އަންދައިލެވިފައެވެ. މި ޙަރަކާތް ހިންގުވި ބަޔަކީ ހިންދީންނެވެ.

މި ދެ ޙާދިޘާ ހިންގި މީހުންގެ ކިބައިންވެސް އެއްޮގތް ކަމެއް ވަނީ ފާހަގަ ކުރެވިފައެވެ. އެކަމަކީ ޖާހިލުކަމެވެ.

ހޭލުންތެރިކަމެއް ނެތުމެވެ. ކިޔަވައިގެން ތިބޭ މީހުންނާއި ނުކިޔަވައި ތިބޭ މީހުންގެ ތަފާތަކީ ހޭލުންތެރިކަން ހުރުމާއި ހޭލުންތެރިކަން

ނެތުމުގެ ތަފާތެވެ. ނުކިޔަވައި ތިބޭ މީހުންނަށް އިޙްސާސްކުރެވެނީ ހަމައެކަނި އެބައެއްގެ ޖަޒުބާތެވެ. ނަމަވެސް ކިޔަވައިގެން ތިބޭ މީހުންނަށް އެބައިމީހުންގެ ޖަޒުބާތާއެކު އޭގެ ނަތީޖާވެސް ވަޒަން

ކުރެވެއެވެ. އަޅުގަނޑުމެންގެ ޤައުމަކީ ނަސްލާއި ދީނުގެ

އެއްބައިވަންތަކަމުގެ ނިޢުމަތް ލިބިފައިވާ ޤައުމެކެވެ. އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަނީ ތަޢުލީމީ ހޭލުންތެރިކަންވެސް އިހުނަށްވުރެ

ޮބޑުވެފައެވެ. ނަމަވެސް ހިތާމަޔަކީ މިފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ގްރޫޕު މާރާމާރީގެ ޙަރަކާތްތައް އުފެދި ފުޅާވަމުން އަންނަކަމެވެ. ތަފާތު ނަސްލުތަކާއި ތަފާތު ދީންތަކުގެ އަހުލުވެރީންގެ މެދުގައި ހިނގަމުންދާ ތަޅާޮފޅުމާއި ލޭޮއޮހރުވުންތަކާ އެއް ބީދަޔަކުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި މިކަމެއް ފެށިގެން އުޅެނީ އެއްބަޔަކުގެ ނަޒަރުގައި ސިޔާސީ ނިޒާމަށް ބަދަލުތަކެއް

އަންނާން ފެށުމާ ގުޅިގެންނެވެ. އަނެއް ބަޔެއްގެ ނަޒަރުގައި މަސްތުވާތަކެތީގެ ވަބާޔާ ގުޅިގެންނެވެ.

ޮކންމެ ސަބަބަކާ ހުރެ ފެށުނު ކަމެއް ކަމުގައި ވިޔަސް މިކަމުގައި ފާހަގަކުރަން ޖެހޭ އެއް ޙަޤީޤަތެއް އެބަޮއތެވެ. މަތީގައި ބަޔާންޮކށްފައިވާ ޙާދިޘާގައިވެސް ހިމެނޭ ޙަޤީޤަތެވެ. އާދެ، މިކަމެއް ހިންގަނީ ތަޢުލީމީ ޮގތުން ނާކާމިޔާބު ވެފައިވާ ޒުވާނުންގެ ގުރޫޕުތަކެއް ކަމެވެ. އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގައި ފަރުދީ

މަޞްލަޙަތާއި ޤައުމީ މަޞްލަޙަތާ މެދު އެކަށީގެންވާ ޮގތަކަށް ހޭލުންތެރިކުރެވިފައި ނުވާކަމެވެ. އެހެންކަމުން މިކަމުގެ ފަރުވާއެއްގެ ޮގތުން އަޅުގަނޑުމެން އެނބުރޭން ޖެހެނީ ތަޢުލީމީ ނިޒާމު އަލުން

މުރާޖަޢާކުރުމާ ދިމާޔަށެވެ. ދަރީންނަށް ރަނގަޅު ތަޢުލީމެއް ދީ ކަންކަމުގެ ނަތީޖާއާ މެދު ވިސްނަން ދަސްޮކށްދިނުމާ ދިމާޔަށެވެ.

މަތީގައި ބަޔާންޮކށްފައިވާ ޙާދިޘާއާ ވިދިގެން ގުޖްރާތުގެ މުސްލިމުން ވެސް މިހާރު ޢަމަލުކުރަން ފަށައިފައިވާ ފަދައިންނެވެ.

ބީބީސީ ލަންޑަނުގެ އުރުދޫ ސާވިސްގެ ފަރާތުން 2004 ވަނަ އަހަރުގެ ކުރީޮކޅު ވަނީ އިންޑިޔާގެ ގުޖްރާތު ސްޓޭޓަށް

ޓީމެއް ޮފނުވައިފައެވެ. އެ ޓީމުގެ ފަރާތުން ވަނީ ޚާއްސަ ރިޯޕޓެއް ތައްޔާރުޮކށްފައެވެ. އަޅުގަނޑުމެން ވާހަކަދައްކަމުން މިގެންދާ

މައިގަނޑު ނަމުގައެވެ. އެރިޯޕޓުގައިވާ ޮގތުން 2002 ގެ ހިންދީ-މުސްލިމު ފަސާދަޔަށް ފަހު ގުޖްރާތުގެ މުސްލިމުންގެ މެދުގައި ވަނީ ވަރަށް ވަރުގަދަ ޝުޢޫރެއް ހޭލައިފައެވެ. ވަރަށް ފުޅާ ދާއިރާއެއްގައި ދަނީ އެކަމާމެދު ޚިޔާލު ފާޅުކުރެވި ފިޔަވަޅު އެޅެމުންނެވެ. އެކަމަކީ ކުދީންނަށް ކިޔަވައިދިނުމެވެ. އެންމެން އެއް ދުލަކުން ޮގވައިލަނީ

ކިޔެވުމަށެވެ. ކިޔަވައިދިނުމަށެވެ. ޝައްކެއް ނެތެވެ. މިއީ ވަރަށްވެސް ފައިދާހުރި ޝުޢޫރެކެވެ.

ސައިންސުގެ އިންޤިލާބަށްފަހު މުޅި ދުނިޔޭގައިވެސް ވަނީ އައު ދައުރެއް ފެށިފައެވެ. ކުރީޒަމާނުގައި ބެލެވިފައި ޮއންނަޮގތުގައި ބާރަކީ

ހަމައެކަނި މުލައްދަނޑީގެ ބާރެވެ. ނަމަވެސް މިހާރު ހޭލުންތެރި އެންމެންވެސް ދަންނަ ފަދައިން ބާރަކީ ޢިލްމުގެ ބާރެވެ. މިއަދުގެ ދުނިޔޭގައި ކާމިޔާބީގެ ނަސީބުވެރިން ކަމުގައި ވާނީ ކިޔަވައިގެން

ތިބޭ މީހުންނެވެ.

Page 6: Sun Magazine 35

6

ީސީނ އަދަބިއްާޔތުގެ ހަތަރު ކްލެސިކްސީނުގެ އަދަބިއްޔާތަކީ އިސްލާމީ އަދަބިއްޔާތާއި، ޔޫރަޕާއި އެމެރިކާގެ

އަދަބިއްޔާތާއި، ހިންދުސްތާނުގެ އަދަބިއްޔާތަށް ފަހު ދުނިޔޭގެ އެންމެ ފާހަގަ ޮކށްލެވޭ އަދަބީ ސަގާފަތް ކަމަށް ގަބޫލު ކުރެވިދާނެއެވެ. ސީނުގެ އަދަބީ މައިދާނުން ދުނިޔޭގެ އަދަބީ ތަރިކަތަކެއް ކަމުގައި ބެލެވޭ ފަދަ އެތައް އުފެއްދުންތަކެއް ފެނިގެން ޮގސްފައި

ވެއެވެ. އޭގެ ތެރެއިން "ސީނީ އަދަބިއްޔާތުގެ ހަތަރު ކްލެސިކް ނާވިލު" ހާއްސަ ޮގތެއްގައި ފާހަގަ ޮކށްލަން ޖެހެއެވެ.

އަދަބިއްޔާތުގެ މާހިރުން އިއްތިފާގު ވެވަޑައިގަންނަވާ ޮގތުގައި "ހަތަރު ކްލެސިކް ނާވިލަކީ" ސީނުގެ އަދަބިއްޔާތުގެ ތާރީހުގައި، މި ޒަމާނުގެ ދައުރު ފެށުމުގެ ކުރީން ކުރެވުނު އެންމެ ފެންވަރު ރަނގަޅު މަސައްކަތްތަކެވެ. ސީނުގައި މި ހަތަރު ނާވިލު ވަރަށް މަޝްހޫރެވެ. އަދި ސީނުގެ މި ޒަމާނުގެ އަދަބިއްޔާތަށް އެ ނާވިލުތައް

ޯފރުވައިފައި ވާ ނުފޫޒު ވަރަށް ވެސް ޮބޑެވެ. ހަމައެއާއެކު، މި ހަތަރު ނާވިލަކީ ދުނިޔޭގެ އެންމެ މުސްކުޅި އަދި އެންމެ ދިގު ނާވިލުތަކުގެ ތެރޭގައި ހިމެނޭ ހަތަރު ނާވިލު ވެސް މެއެވެ. މިއިން ޮކންމެ ނާވިލެއް ވެސް ބާބުތަކަކަށް ބަހައިލެވިފައި ވާ

އިރު، ބައެއް ނާވިލުތަކުގައި ސަތޭކައަށް ވުރެ ގިނަ ބާބު ހިމެނެއެވެ. ހަތަރު ކްލެސިކް ނާވިލުގެ ތެރެއިން އެންމެ ފުރަތަމަ ނާވިލަކީ "ޝުއީހޫ ޒުހއާން" ގެ ނަމުން ނަން ދެވިފައި ވާ ނާވިލެކެވެ. މި ނާވިލު ލިޔެވިފައި ވަނީ

14 ވަނަ ގަރުނުގައެވެ. މި ނާވިލު، ނުވަތަ އޭގެ ޮބޑު ބައެއްގެ މުސައްނިފަކީ ޝީ ނައީއާނެވެ. "ޝުއީހޫ ޒުހއާން" އަކީ ޯސންގް ދަރިޮކޅުގެ ވެރިކަމުގައި ހިނގާ

އަލްއުސްތާޛު އަޙުމަދު މާޖިދު

ދި އެޑްވެންޗަރސް އޮފް ހަކްލްބެީރ ފިން

"ދި އެޑްވެންޗަރސް ޮއފް ހަކްލްބެރީ ފިން" އަކީ އެމެރިކާގެ އެންމެ މަޝްހޫރު އެއް ނާވިލު ލިޔުންތެރިޔާ މާރކް ޓްވެއިން، ނުވަތަ ސެމުއެލް ލޭންގްޯހރން ކްލެމެންސް ގެ އެންމެ މަޝްހޫރު ނާވިލެވެ. މި ނާވިލަކީ އެމެރިކާގެ އަދަބިއްޔާތުގެ އެންމެ މުހިއްމު އެއް މަސައްކަތެވެ. ވާހަކައިގެ ހާދިސާތައް ބިނާ ކުރެވިފައި ވަނީ "ހަކް" އެވެ ކިޔުނު ޒުވާން ފިރިހެން ކުއްޖަކު ތަސައްރަފު ފުދި، އޭނާގެ ޒަމީރާއި، ހެވާއި ނުބައި ވަކި ކުރުމުގެ ހިއްސު ތަރައްގީ ވެގެން އަންނަ ޮގތުގެ މައްޗަށެވެ.

ހަކް އަކީ ގެޮދރެއް ނެތް ފަގީރު ކުއްޖެކެވެ. މުޖުތަމައުގެ ކުރިމަތީގައި އަގު ވެއްޓިފައި ވާ ބައްޕައެއް ފިޔަވައި، އޭނާގެ ތިމާގެ އެއްވެސް މީހަކު ދުނިޔެއަކު ނެތެވެ. އޭނާގެ ތަރުބިޔަތުގެ ކަންތައް ޮބލަރުވަނީ ދަރިއަކު ނެތް، ހުވަފަތް އަންހެނެކެވެ. އޭނާ

ހަކް މަދަރުސާއަށް ޮފނުވައެވެ. ހަކްގެ ރުހުމާ ނުލައެވެ. ހަކްގެ ނަޒަރުގައި މަދަރުސާއަށް ދިޔުމަކީ "ތަހުޒީބީ މީހުން ކުރާ މާނައެއް ނެތް ކަމެކެވެ". އޭނާ ޮބޑަށް ގަޔާ ވަނީ

އޭނާ އުޅޭނޭ ޮގތަކަށް އުޅުމުގެ މިނިވަންކަން ލިބިފައި ޮއތުމަށެވެ. ގުދުރަތީ މާހައުލުގައި ހިތްއުހާކަމުގައި އުޅުމަށެވެ.

މިފަދަ ޮގތަކަށް އުޅުނު ހަކްގެ ދިރިއުޅުމަށް ޮބޑެތި ބަދަލުތަކެއް އަންނަނީ އޭނާއާ ދިމާ ވާ މީހުންނާއި ކުރެވޭ ތަޖުރިބާތަކުގެ ސަބަބުންނެވެ. އެންމެ ފަހުން އޭނާ ވަނީ އަހުލާގީ އަގުތަކުގައި ވަރުގަދަޔަށް ހިފަހައްޓާ ޒުވާނަކަށެވެ. އިންސާނިއްޔަތުގެ

ހުރުމަތާ މެދު ނުހަނު ވިސްނާ ޒުވާނަކަށެވެ. "ހަކް" އަކީ އިނގިރޭސި އަދަބިއްޔާތުގައި ފެނުނު "ބަތަލުން" ގެ ތެރެއިން ގިނަ ބައެއްގެ ހިތް އަތުލި ޝަހުސިއްޔަތެކެވެ.

ހާދިސާތަކެއްގެ މައްޗަށް ބިނާޮކށް ލިޔެވިފައި ވާ ވާހަކައެކެވެ. ސަތޭކަ ވަރަކަށް ކުށްވެރީން ޖަމާއަތެއް ހަދައިގެން ފަރުބަދައެއްގެ ޮހހަޅަތަކުގައި އުޅޭ ޮގތާއި، ވެރިކަމުގެ ބާރުތަކުގައި ތިބޭ ފަސާދައިން ފުރިފައި ވާ މީހުންގެ އަނިޔާވެރިކަމާ ދެޮކޅަށް އެމީހުން ކުރާ މަސައްކަތާއި، އަދި އެންމެ ފަހުން ރަސްގެފާނު އެމީހުންނާ ބައްދަލު ކުރައްވައި، އެމީހުންނަކީ ޯސންގް ރަސްކަމާ ދެޮކޅަށް ހަނގުރާމަ ކުރާ ދުޝްމަނުންނާ ދެޮކޅަށް

ހަނގުރާމަ ކުރާ ފައުޖެއް ކަމަށް ހެއްދެވި ޮގތް މި ވާހަކައިގައި ކިޔައިދެވިފައި ވެއެވެ."ތިން މުލޫކިއްޔާގެ ދާސްތާން" އަކީ ހަތަރު ކްލެސިކް ނާވިލުގެ ތެރެއިން ދެވަނަ ނާވިލެވެ. މި ނާވިލު ވެސް ލިޔެވިފައި ވަނީ ސާދަވަނަ ގަރުނުގެ ތެރޭގައެވެ. މވާހަކައިގެ ފަސްމަންޒަރަކީ ހާން ދަރިޮކޅުގެ ރަސްކަން ނިމިގެން ދިޔަ ދުވަސްވަރު ހިނގައިދިޔަ ހަމަނުޖެހުންތަކާއި ތަޅާޮފޅުންތަކެވެ. ވާހަކައިގެ ހާދިސާތަކުގެ ތެރޭގައި ހިޔާލީ ހާދިސާތަކާ އެކު ތާރީހީ ހަގީގަތްތައް ވެސް ހިމަނާލެވިފައި ވެއެވެ. އެތައް ސަތޭކަ ޝަހުސިއްޔަތުތަކެއްގެ ދިރިއުޅުން ދައްކައިދޭ މި ވާހަކައިގެ މައިގަނޑު

ޝަހުސިއްޔަތުތަކަކީ ހާން ދަރިޮކޅުގެ ނަވާބީ ހާންދާނުތަކުގެ ތެރެއިން ތިން ހާންދާނެއްގެ އިސް ބޭފުޅުންނެވެ. މި ހާންދާންތަކުން ރަސްކަމުގެ ސަރަހައްދާއި ބާރުތައް ތިމާމެންގެ ބާރުގެ ދަށަށް ގެންނަން ކުރާ މަސައްކަތްތައް ވާހަކައިގައި ކިޔައިދެވިފައި ވެއެވެ. މި ވާހަކައިގެ ފުރަތަމަ އިބާރާތަކީ އަދަބީ ދުނިޔޭގައި ވަރަށް މަޝްހޫރު އިބާރާތެކެވެ. އެއީ

"ފަހެ، މި ދުނިޔޭގެ ހަޔާތުގައި އާއްމުޮކށް ފެންނަ އެއް ހަގީގަތަކީ ޒަމާންތަކެއް ވަންދެން ބައިބައިވެފައި ވާ ޮކންމެ އެއްޗެއް ވެސް އާހިރުގައި އެއްބައިވަންތަ ވެގެންދާ ކަމެވެ.

އަދަބާއި ފަންނު

ފޮތުގެ ދުނިޔެއިން

Page 7: Sun Magazine 35

7

މާރކް ޓްވެއިނަކީ، އިނގިރޭސި އަދަބިއްޔާތުގެ ތާރީހު އަދި ހިޔަހާސް އަހަރަށް ދެމިގެން ދިޔަޔަސް އެ ލިޔުންތެރިއެއްގެ ނަމުގެ ފާންކަމާއި ވިދުވަރަށް އެއްވެސް ބަދަލެއް

ނާންނާނެ ލިޔުންތެރިއެކެވެ. އޭނާގެ ތޫނު ވިސްނުންފުޅު ހިނގަނީ ހަމައެކަނި ބަހުގެ ލަފުޒުތަކާއި އިބާރާތްތަކުން "ކުޅި ޖައްސަވައި ކުޅި ހަމަ ކުރެއވުމުގައެއް" ނޫނެވެ. އޭނާއަކީ ލިޔުންތެރިކަމާއި އަދަބިއްޔާތުގެ ވާދީތަކުގައި ހިކުމަތުގެ ބަގީޗާތައް އިންދެވި މުފައްކިރެއް ވެސް

މެއެވެ. މާރކް ޓްވެއިންގެ އަސްލު ނަންފުޅަކީ ސެމުއެލް ލޭންގްޯހރން ކްލެމެންސް އެވެ. މާރކް ޓްވެއިނަކީ އޭނާގެ ގަލަމީ ނަންފުޅެވެ. އޭނާ އުފަން ވެވަޑައިގަތީ އެމެރިކާގެ ފްޮލރިޑާގެ މިޯސރީގައި، 1835 ވަނަ އަހަރުގެ ޮނވެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާގެ އުމުރުފުޅުން 11 އަހަރު ވީ ތަނާ ބައްޕާފުޅު އަވަހާރަ ވިއެވެ. އޭނާގެ ޒުވާން

އުމުރުފުޅުގައި ނޫސްވެރިކަމުގެ މައިދާނުގައި މަސައްކަތް ކުރެއްވިއެވެ. މިސިސިޕީ ޯކރުގައި ދަތުރުވެރީން އުފުއްލާ ޯބޓެއް ދުއްވުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ. ފަހުން އަނެއްކާވެސް ނޫސްވެރިކަމުގެ ތެރެއަށް އެނބުރިވަޑައިގެން، ސޭން ފްރޭންސިސްޯކ އާއި ކެލިޯފރނިއާ ފަދަ ޝަހަރުތަކުގައި މުރާސިލެއްގެ ޮގތުގައި މަސައްކަތް ކުރެއްވިއެވެ. 1866 ވަނަ އަހަރު އޭނާ ފުރަތަމަ ފަހަރަށް އާއްމު ތަގުރީރެއް ދެއްވިއެވެ. އެއަށްފަހު އެމެރިކާގެ ތާރީހު ދެކެފައި ވާ

އެންމެ ޮމޅު ވާހަކަދެއްކުންތެރީންގެ ލިސްޓުން ވެސް އޭނާ ޖާގަ ޯހއްދެވިއެވެ. މާރކް ޓްވެއިންގެ އެންމެ މަޝްހޫރު ދެ ނާވިލަކީ "ދި އެޑްވެންޗަރސް ޮއފް ޮޓމް ޯސވޔަރ" އާއި "ދި އެޑްވެންޗަރސް ޮއފް ހަކްލްބެރީ ފިން" އެވެ. މީގެ ތެރެއިން ފަހުން މި ދެންނެވި ނާވިލު އާއްމު ޮގތެއްގައި ސިފަ ކުރެވެނީ އެމެރިކާގެ އަދަބިއްޔާތުގެ އެންމެ ފުރިހަމަ ނާވިލުގެ ޮގތުގައެވެ. 1885 ވަނަ އަހަރު ޝާއިއު ކުރެވުނު މި ނާވިލަކީ މިހާރު ވެސް މުޅި

ދުނިޔޭގައި މަޝްހޫރު ނާވިލެކެވެ. ކިޔުންތެރީންނާއި ލިޔުންތެރީންގެ މެދުގައި އެއްވަރަކަށް މަގުބޫލުކަން ޯހދާފައި ވާ ނާވިލެކެވެ.

އަދި އެއްބައިވަންތަކަމުގައި ދިގު ޒަމާންތަކެއް ހޭދަ ކުރާ ޮކންމެ އެއްޗެއް ވެސް އާހިރުގައި ބައިބައި ވެގެންދާ ކަމެވެ" މިއެވެ.

"ހުޅަނގަށް ކުރި ދަތުރު" މިއީ ތިންވަނަ ކްލެސިކް ނާވިލެވެ. މި ނާވިލު ލިޔެވިފައި ވަނީ ޯސޅަވަނަ ގަރުނުގެ ތެރޭގައެވެ. މި ނާވިލަކީ

ސީނުކަރައިގެ ބޫދީ ހާމުދުރެއް ކަމަށް ވާ ޜުވާންޒޭންގް، ބުދު ދީނުގެ މުގައްދަސް ލިޔެކިޔުންތަކެއް ޯހދުމުގެ މަގުސަދުގައި ހިންދުސްތާނަށް

ކުރި ދަތުރެއްގެ ވާހަކަ ކިޔައިދޭ ނާވިލެކެވެ. ޜުވާންޒޭންގް މި ދަތުރަށް ނުކުންނަނީ އޭނާގެ ދީނީ ލީޑަރަށް ބުއްދާގެ އަމުރުފުޅެއް ލިބުމާ

ގުޅިގެންނެވެ. އެ ދަތުރުގައި އޭނާއަށް އެހީތެރިވަނީ ހަނގުރާމަވެރީންގެ ތިން މީހުންނެވެ. އެ ތިން މީހުންގެ މަގުސަދަކީ އެމީހުންނަށް ދިރިއުޅުމުގައި ކުރެވިފައި ވާ އެތައް ފާފަތަކެއްގެ ކައްފާރާ އަދާ ކުރުމެވެ. މި ނާވިލަކީ އެޑްވެންޗަރ ވާހަކަތަކުގެ އެންމެ ކުރީގެ އެއް މިސާލެވެ. ހަމައެއާއެކު ރޫހާނީ ޮގތުން އައު ހޭލައިގަތުމެއް ޯހދައިގަންނަން ކުރެވޭ މަސައްކަތް

ދައްކައިދޭ އެންމެ ކުރީގެ އެއް ނާވިލެވެ. ހަތަރުވަނަ ކްލެސިކް ނާވިލަކީ "ރަތް ދީވާނުގެ ހުވަފެން" މި ނަމުން ނަން ދެވިފައި ވާ ނާވިލެކެވެ. މި ނާވިލަކީ އަށާރަވަނަ ގަރުނުގެ މެދުތެރޭގައި އެކުލަވައިލެވުނު ނާވިލެކެވެ. ނާވިލުގެ އަސްލު މުސައްނިފަކީ ޚާޯއ ޜުއެކިން އެވެ. އޭނާ 80 ބާބު ލިޔުއްވިއެވެ. މި ނާވިލު ފުރިހަމަ

ކުރެވިފައި ވަނީ ފަހުގެ ދައުރެއްގައި ގާޯއ އީ ލިޔުއްވި 40 ބާބާ އެކުގައެވެ. ސީނީ ބަހުގެ އާއްމު ބަހުރުވައިން ލިޔެވިފައި ވާ އެންމެ ފުރިހަމަ ނާވިލަކީ މިއީ ކަމަށް ސީނީ އަދަބިއްޔާތުގެ ބައެއް މާހިރުން

ވިދާޅުވެއެވެ. ހަމައެކަނި މި ނާވިލު ދިރާސާ ކުރުމުގެ ޮގތުން ކުރެވިފައި ވާ މަސައްކަތަށް ވަކި އިލްމެއްގެ ދަރަޖަ ސީނީ އަދަބިއްޔާތުގެ ދުނިޔޭގައި

ދެވިފައި ވެއެވެ. މި ނާވިލުގައި ދައްކުވައިދެނީ ކިންގް ދަރިޮކޅުގެ ރަސްކަން ބަލިކަށި ވެ ނިމިގެން ދިޔަ ޮގތާއި، އޭގެ ތެރޭގައި ވާހަކައިގެ މުސައްނިފު ޚާޯއ ޜުއެކިންގެ އާއިލާގެ ނުފޫޒާއި ބާރު ވެސް ކުޑަ ވެ ނެތިގެން ދިޔަ ޮގތެވެ. އެހެންކަމުން މިއީ އަމިއްލަޔަށް ލިޔެވިފައި ވާ ހަޔާތުނާމާއަކާ

ވައްތަރު ޮގތެއް ހުންނަ ނާވިލެކެވެ. ވާހަކައިގެ ސަފުހާތަކުން ޯލތްބާއި، ނަފްރަތު ފަދަ ޖަޒުބާތުތަކާއި، ސިޔާސީ ކުޅިގަނޑުގެ އެކިއެކި ކުލަތަކާއި،

އިންސާނީ ގުޅުންތައް އުފެދި ފަނާވަމުން ދާ ދިޔުމާ މެދު ހިކުމަތުން ފުރިފައި ވާ އެތައް ހާދިސާތަކެއް ފެނިގެން ދެއެވެ.

ާމރކް ޓްވެއިން

Page 8: Sun Magazine 35

ޢަބްދުهللا ޝިނާން

8

ވެރިކަމުގެ ފަރާތުން ގެންގުޅެން ޖެހޭ މުނާފިގު ސިފަތައް

މަކިޔާވެލީގެ ފަލްސަފާ ބުނާޮގތުން މައިގަނޑު ދެ ވައްތަރެއްގެ ބަޔަކު އުޅެއެވެ. މީގެތެރެއިން އެއްބަޔަކީ ޕްރިންސަސްސުނެވެ. )މިބައި

އެކުލެވެނީ ވެރިކަމުގައި ތިބިމީހުންނާއި ވެރިކަން ޯހދަން މަސަތްކަތް ކުރާމީހުންގެ މައްޗަށެވެ.( ދެވަނަ ބަޔަކީ ވަލްގާއިންނެވެ. )މިބައިގައި އެކުލެވެނީ ޤައުމުގެ އެންމެ "އާދައިގެ" އާއިލާތަކަށް އުފަން" އާދައިގެ

"ވަޒީފާތައް އަދާކުރާ "އާދައިގެ" މީހުންނާއި ސިޔާސީ މައިދާނަށް އެއްވެސް ޝައުގުވެރިކަމެއް ނެތް "ސިޔާސީ ޮރނގާލިންގެ" މައްޗަށެވެ.(

މަކިޔާވެލީގެ ދުނިޔޭގައި ދެވައްތަރެއްގެ މީހުން އުޅޭފަދައިން އެދެ ބައިމީހުންނާއި މެދު އަމަލުކުރަން ޮއންނަން ވާނީވެސް ދެވައްތަރެއްގެ

އަޙްލާގީ މިންގަނޑެއް ކަމަށްވެސް މަކިޔާވެލީ ގަބޫލްކުރެއެވެ. މި ޮގތުން "ސިޔާސީ ޮރނގާލިނަށް" އެބައިމީހުންގެ ތެރޭ ޒަމާނުއްސުރެ އަމަލުކުމުންދާ ރީތި އަޚުލާގީ ސިފަތަކުގައި ހިފަހައްޓައިގެން ތިބުމުގެ މުހިއްމުކަން ވިސްނައިދޭން ޖެހޭނެއެވެ. އެޮގތުން ކުރާ މަސަތްކަތުގައި ތެދުވެރިވުމަށާއި، ރައްޓެހިންނާއި ގާތްތިމާގެ މީހުންނަށް ޯއގާތެރިވުމަށާއި، އަމިއްލަ އެދުމުގެ ބަދަލުގައި އެހެންމީހުންގެ މަސްލަހަތު އިސްކުރުމަށާއި،

ފަސާދައާއި އަނިޔާވެރިކަމާއި ދުރަށްދިއުމަށާއި، އެހެން މީހުންނަށް މަޢާފްކުރުމާއި ސުލްހައަށް މަސައްކަތް ކުރުމަށާއި، ވެރިންނަށް

ކަމޭހިތުމާއި އެބައިމީހުން ކުރާއަމުރުތަކަށް އެއްވެސް ފަސްޖެހުމެއް ނެތި

ކިޔަމަންތެރިކަން އަދާކުރުމަށް ދަސްޮކށްދޭން ޖެހޭނެއެވެ. ގައުމު އިސްކުރުމާއި، ދީނާ ގައުމިއްޔަތަކީ ތިމާއަށް ވުރެ މާޮބޑު އެއްޗެއްކަން މިބައިމީހުންގެ ސިނކުޑިތަކުގެ ތެރެއަށް ރަނގަޅަށް ވައްދަން ވާނެއެވެ. މިއީ ހަމައެކަނި ސިޔާސީ ޮރނގާލީންނަށް ދަސްޮކށްދޭން ޖެހޭ އަޚުލާޤީ މިންގަނޑުތައް ކަމަށް ޮއވެ އެވެ. ނަމަވެސް މިއީ

ވެރިކަމުގެ ފަރާތުން ދައުލަތް ނުވަތަ ސަރުކާރު ހިންގުމުގައި ތަބާވާންޖެހޭ އަޚުލާޤީ މިންގަނޑުތަކެއް ނޫނެވެ.

ވެރިކަމުގެ ފަރާތުން ގެންގުޅެންޖެހޭނީ މިއާއި އިދިޮކޅު މުނާފިގު ސިފަތަކެވެ. އެބައިމީހުނަށް ޮދގުހަދާ ޮއޅުވާވެސް ލެވިދާނެއެވެ. ރިޝްވަތުވެސް ހިފޭނެއެވެ. ގައުމިއްޔަތާއި ދިނާއި، އިންސާފާއި ހަމަހަމަކަމާއި ހެޮޔ ރަނގަޅު

އަހްލާގަކީ ވެރިކަމުގެ ފަރާތަށް މުހިއްމު ސިފަތަކެއް ނޫނެވެ. ވެރިކަމުގެ ފަރާތަށް ވައްކަންޮކށް މީހުންމަރާވެސް ހެދިދާނެއެވެ. އެކަމަކު އެކަން ކުރަންވާނީ މަކިޔާވެލީ

ބުނާ ޮގތުންނަނަމަ ސިއްރު ސިއްރުން މަޑު މަޑުން ނެވެ. މީއީ ވެރިކަމުގެ ފަރާތުން ދަންނަ އަދި އެފަރާތުގައި ހުރުން "ރަނގަޅު މުނާފިގު" ސިފަތަކެވެ.

މިސިފަތައް ވެރިކަމުގެ ފަރާތުގައި ހުރުމަކީ ޮކންމެހެން މުހިއްމު ކަމެކެވެ. ސަބަބަކީ މަކިޔާވެލީގެ ދުނިޔޭގައި ވެރިކަމުގެ ފަރާތުގެ އެންމެ

އިސްވާޖިބަކީ ވެރިކަމުގެ ބާރު ޮކންމެ ފަދަ ޮގތަކުންނަމަވެސް ދެމެހެއްޓުމެވެ. އެހެންކަމުން ވެރިކަމުގެ ފަރާތުން އެހެން އެއްވެސް ބާރަކަށް، ޤާނޫނަކަށް އަދި

އެހެންބައެއްގެ ޤާނޫނީ ނިންމުމަކައް ތަބާވާކަށް ނުޖެހެއެވެ.

އެހެނެއްކަމަކު ވެރިކަމުގެ ފަރާތުން އެބައިމީހުންގެ ރައްޔިތުންނަށް އަބަދުވެސް ޮގވާލަންވާނީ އަދި ހަންދާންޮކށްދޭންވާނީ އެބައި މީހުންނަކީ ރައްޔިތުންގެ

ޯލބި މިލްކުކުރައްވައިގެން ތިބި އެބައި މިހުންގެ ޮބޑުންކަން ޤަބޫލުކުރުމަށާއި

މަކިާޔވެީލގެ ފަލްސަާފ

Page 9: Sun Magazine 35

9

ރައްޔިތުން އެބައިމީހުންގެ ކާބަފައިން ދޫކުރި އަގުހުރި އަޚުލާގީ ސިފަތަކުގައި ވަރުގަދައަށް ހިފަހައްޓައިގެން ސާބިތުވެ

ތިބުމަށެވެ.

ވެރިކަމުގެ ފަރާތުގެ ބާރު އިތުރު ކުރާނެ ޮގތް

ވެރިކަމުގެ ފަރާތުން ފެންނަ މުނާފިގު ސިފަތައް ބައްޓަން ކުރަންވާނީ ހަމަ އެކަނި ވެރިކަމުގެ ބާރު އިތުރަށް ވަރުގަދަ ކުރެވޭނެ ޮގތްތަކުގެ މައްޗަށް

ވިސްނައިގެނެވެ. ވެރިކަން ދެމެހެއްޓުމަށް ޓަކައި ވެރިކަމުގެ ފަރާތުން އަބަދުވެސް ވިސްނަންޖެހޭނީ ދަޢުލަތުގެ ބާރު އިތުރު

ކުރެވޭނެ ޮގތްތަކަކަށެވެ. މި ބާރު އިތުރުޮކށް ވަރުގަދަ ކުރުމައްޓަކައި

އަސްކަރިއްޔާ އާއި ފައިސާއާއި އަދި ޑިޕްޮލމެޓިކް ގުޅުންތަކުގެ ބޭނުންހިފަން

ޖެހެއެވެ.

މިޮގތުން ފުރަތަމަ އަށް ރައްޔިތުންކިޔަމަން ކުރެވި ޤައުމުގެ

ހުރިހާ ހިސާބެއް ޮއންނަން ވަނީ ވެރިކަމުގެ ފަރާތުގެ ދަށުގައި ކިޔަމަން ކުރެވިފައެވެ. އަދި ވަކިން ހާއްސަޮކށް އަސްކަރިއްޔާގެ ވިސްނުމާއި ފިކުރު

އަބަދުމެ ބައްޓަން ކުރެވިފައި ހުންނަންވަނީ ވެރިކަމުގެ ފަރާތުގެ ވިސްނުމާއި ފިކުރާ އެއްޮގތަށެވެ. އެބައިމީހުންގެ މެދުގައި

ހިޔާލުތަފާތުވެ ވެރިކަމުގެ ފަރާތަށް އިހްލާސްތެރިކަން ނެތްތަނަމަ އެފަރާތްތަށް ފާހަގަޮކށް ނެތިޮކށްލުމަކީ ވެރިކަމުގެ ފަރާތުން ޮކންމެހެން ގެންގުޅެންޖެހޭ

ސިޔާސަތެކެވެ. މިޮގތުން އެބައިމީހުން ނިކަމެތިޮކށް ނެތިޮކށްލާއިރު އަސްކަރިއްޔާގައި ދެންތިބި މީހުނަށް އެނާއާއި މެދު ކަންކުރި ނިކަމެތި ޮގތް ދައްކުވައި ވެރިކަމުގެ ފަރާތާއި ދެޮކޅަށް ނުކުންނަ ފަރާތްތަކުގެ ހިއްވަރާއި

އަޒުމް ގުޑުވާލަން ޖެހޭނެއެވެ.

މަކިޔާވެލީ ބުނާޮގތުންނަމަ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ "ފިނޑި، އެބައިމީހުންގެ ހިޔާލާއި ފިކުރު ފަސޭހައިން ބަދަލުޮކލެވޭ އަދި

އެބައި މީހުންނަކީ އަބަދުވެސް ކެހިވެރިކަމުގެ ދަލުގައިޖެހެން ތައްޔާރަށް ތިބޭ ބައެކެވެ."

ރަނާއި ކާނާއަށްވުރެ ދަގަނޑާއި ހަތިޔާރު މުހިއްމުވުން

ސިޔާސި މައިދާނުގައި ރަނާއި )މުއްސަނދިކަން( ބްރެޑަށް )ކާނާ( އަށް ވުރެ ދަގަނޑާއި )ހަތިޔާރު( މީހުން )ސިފައިންނާއި ފުލުހުން( މަޤްސަދު

ހާސިލްކުރުމަށް ޓަކައި މާ މުހިއްމުކަމައް މަކިޔާވެލީ ބުނެއެވެ. އެހެން ބުނަންޖެހެނީ ރަނާއި ބްރެޑްގެ މައްޗަށް ގަދަވެގަތުމުގެ ބާރު ދަގަނޑާއި މީހުންގެ ކިބައިގައި ހުރުމުންނެވެ. އެއީ މެކިޔާވެލީގެ ދުނިޔޭގައި ރައްޔިތުންގެ ޯލތްބާއި ތާޢީދު ޯހދައިގެން ވެރިކަން ކުރުމަށްވުރެ ޮމޅުއިތުރީ ރައްޔިތުނަށް ބިރުދައްކައި

އެބައިމިހުންގެ ހިތުތެރޭ ބިރުވެރިކަން އުފައްދައިގެން ވެރިކަން ދެމެހެއްޓުން ކަމުގައި ވާތީއެވެ. އެހެންކަމުން ވެރިކަމުގެ ފަރާތުން އަސްކަރިއްޔާ ވަރުގަދަޮކށް ފުޅާ

ކުރަން ޖެހެއެވެ. އަދި ހަމައެއާއެކު ވެރިކަމުގެ ފަރާތުން އަސްކަރީ ކަންކަމުގައި ބައިވެރިވުމަކީ މުހިއްމު ކަމެކެވެ. އޭގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި

ވެރިކަމުގެ ފަރާތުގެ ބާރާއި ހައިބަތު އިތުރުވެދެ އެވެ.

Page 10: Sun Magazine 35

10

ގެ ފުރަތަމަ ރަސްގެާފނު ޖޭ އް ދިވެހިާރދިވެހިރާއްޖޭގައި ބަޔަކު ވަޒަންވެރިވިތާ 2500 އަށް ވުރެ ގިނަ އަހަރު ވަނީ ވެފައެވެ. ވަރަށް ކުރީއްސުރެ ދިވެހިރާއްޖޭގައި ހަރުދަނާ ވެރިކަމެއް ކުރެވެމުން

އައި ކަން މި ރާއްޖެއަށް ޒިޔާރަތް ކުރި ބޭރުގެ މުއައްރިހުންގެ ލިޔުންތަކުން އެނގެއެވެ. ހަމަ އެހެންމެ ގަދީމީ ޒަމާނުގައި އެންމެ ނަން ހިނގައިފައިވާ ރަސްރަސްކަލުންނަށް

ދިވެހިރާއްޖެއިން ވެދުމާއި ހަދިޔާ ޮފނުވައިފައިވާކަން އެތަންތަނުގެ ތާރީހީ ލިޔުންތަކުން ފެންނަން އެބަ ހުށްޓެވެ. މި ޮގތުން މީލާދީން 362 ވަނަ އަހަރު ރޫމީންގެ ރަސްގެފާނު

ޖޫލިޔަން އަރިހަށް ވެދުން ހިފައިގެން ގުސްތަންތީނިއްޔާއަށް )މިހާރުގެ ތުރުކީގެ އިސްތަންބޫލަށް( ދިވެހީން ދިޔަކަން ރޫމީންގެ ލިޔުންތެރިއެއް ކަމުގައިވާ އަމިޔާނުސް މަރުސެލީނޫސްގެ ލިޔުންތަކުން އެނގެއެވެ. ޖޫލިޔަން ރަސްގެފާނަކީ އިރުމަތީ ރޫމީންގެ ވެރިރަށުގެ ޮގތުގައި ޮއތް ގުސްތަންތީނިއްޔާ )އިސްތަންބޫލް( އަށް އުފަންވެ ވަޑައިގަތް

ބޭފުޅެކެވެ. މީލާދީން 658 ވަނަ އަހަރާއި 662 ވަނަ އަހަރު ދިވެހީންގެ ޝްރީ ބާލާދީއްތިޔަ ރަސްގެފާނު، ސީނުކަރައިގެ ރަސްގެފާނު އަރިހަށް ލީވޫ )ނުވަތަ އެއް ރަސްކަލަކު އަނެއް ރަސްކަލަކަށް ޮފނުއްވާ ހަދިޔާ( ޮފނުއްވިކަން ސީނުކަރައިގެ

ޓޭންގް ދަރިޮކޅުގެ ރަސްކަމުގެ ދުވަސްވަރުގެ އާސާރީ ލިޔުންތަކުން ފެނިފައިވެއެވެ. މިއީ ދިވެހީންގެ ތެރޭގައި ވަރަށް ކުރީއްސުރެ ހިނގަމުން އައި ހަރުދަނާ ރަސްކަމެއް ޮއތްކަން ސާބިތުޮކށްދޭ ކަމެކެވެ. އީސާއީ މީލާދުގެ ކުރީން މި ރާއްޖޭގައި ރަސްކަމެއް ގާއިމުވެއްޖެކަން ދިވެހީންގެ ތެރޭގައި ދޫދޫ މަތިން ކިޔެމުން ވާރިދުވަމުން އައިސްފައި

ހުރި ވާހަކަތަކުން ވެސް އެނގެއެވެ. ތާރީހުން އެނގޭ ޮގތުގައި ދިވެހިރާއްޖޭގައި ރަސްކަމެއްގެ ބިންގާ އަޅުއްވައި،

އެންމެ ފުރަތަމައަށް ރަސްކަން ކުރެއްވީ ކަޅިންގާ )މިހާރުގެ އިންޑިޔާގެ ޮއރިއްސާ( ގެ އިރުވަންހަޔަށް ނިސްބަތްވެ ވަޑައިގަންނަވާ ރަސްގެފާނު ބްރަހަމާދީއްތިޔަ ނުވަތަ

ބްރަހްމާދައްތަގެ ދަރިކަލުން ޝްރީ ސޫރުދަ ސަރުނަ އާދީއްތިޔަ، މި

ރަސްގެފާނެވެ. ކަޅިންގާގެ ރަސްގެފާނު ބްރަހްމާދައްތައަކީ ބޫދިއްޔަތަށް ތަބާވެ

ވަޑައިގަތް ރަސްކަލެކެވެ. އެހެން ކަމުން

ދިވެހިރާއްޖެއަށް ބުދު ދީން ތައާރަފުވީ ދިވެހިރާއްޖޭގެ ފުރަތަމަ ރަދުންގެ

ފަރާތްޕުޅުން ކަމަށް ގަބޫލުކުރެވެއެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖެއަށް

ބޫދިއްޔަތު އައުމުގެ ކުރީން، މި ރާއްޖޭގައި ހިންދޫ ދީނަަށް ތަބާވާ ބަޔަކު ތިބިކަން

އާސާރީ ހެކިތަކުން ސާބިތުވާތީ، ބޫދިއްޔަތަށް ތަބާވާ ރަސްމަތިފުށުގެ މި ބޭފުޅުން ދިވެހިރާއްޖެއަށް ވަޑައިގަތުމުގެ ކުރީގައި ވެސް ދިވެހިރާއްޖޭގައި ބަޔަކު

ވަޒަންވެރިވެ ތިބިކަން ޔަގީން ކުރެވެއެވެ. އަދި އެމީހުންގެ ތެރޭގައި، ވެށީގައި ހިމެނޭ ތަފާތު އުންސުރުތަކަށް އަޅުކަން ކުރާ

މީހުން ތިބި ކަމާއި، އެމީހުންގެ ވެރީންގެ ޮގތުގައި ތިބީ ދީނީ ޮގތުން އިސްޮކށް ތިބި ފަރާތްތައްކަން ވެސް އެނގެއެވެ.

ބޫދިއްޔަތުގެ ލިޔުންތަކުގައި ވެސް ރަސްގެފާނު ބްރަހްމާދައްތަގެ ނަންފުޅު އައިސްފައިވެއެވެ. ބޫދިއްޔަތު އެ ބޭފުޅަކަށް ނިސްބަތް ކުރެވޭ ޯގތަމާ ބުއްދާ އަވަހާރަވީ އިރު ކަޅިންގާގެ ވެރިކަމުގައި ހުންނެވީ ބްރަހްމާދައްތަ ރަސްގެފާނެވެ. އެހެންކަމުން އެ ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު ވާނީ ބީސީން 488 ވަނަ އަހަރާއި ބީސީން 395 ވަނަ އަހަރާ ދެމެދުގެ

ދުވަސްވަރަކަށެވެ. ސިޯލނުގައި ހުރި،

ބޫދިއްޔަތުގެ ތާރީހީ ލިޔުންތަކުގައި ވާ ޮގތުން ބުއްދާ އަވަހާރަވުމުން،

އޭނާ )ގެ ހަށިގަނޑު އަންދައިލެވުނީ ނުވަތަ(

ޝަބަދާހު ކުރެވުނީ )މިހާރުގެ އުއްތަރަޕްރަދޭޝްގެ ރަށެއް

ކަމުގައިވާ( ކުޝީނަގަރުގައި، ކެލާ ލަކުޑީގެ ހިތާމެއް )ޗިތާއެއް( ގައެވެ. ކޭހމާ ނަމަކަށް ކިޔާ ބޫދީ އަރަހަންތަކު މިތަނުން

ބުއްދާގެ ދަތެއް ނެގި ކަމަށާއި އަދި އެ ދަތް ކަޅިންގާގެ

ރަސްގެފާނު ބްރަހްމާދައްތައަށް ވެދުމަށް އެރުވިކަމަށް މި

ލިޔުންތަކުގައިވެއެވެ. ލިޔުމުގައިވާ

އިާޔޒު ނަީސމް

Page 11: Sun Magazine 35

11

ޮގތުން މި ދަތް ރައްކާ ކުރެވިފައި ޮއތީ ޮއރިއްސާގެ ޕޫރީއޭ ކިޔޭ ރަށުގައެވެ. މި ދަތް އެމީހެއްގެ އަތުގައި ވާ މީހާއަކީ ރަސްކަން ހައްގުވާ މީހާކަމަށް

ގަބޫލު ކުރެވެން ފެށުމުގެ ނަތީޖާއެއްގެ ޮގތުން މި ދަތާ ހެދި ވަރަށް ގިނަ ހަނގުރާމަ ކުރެވިފައިވެއެވެ. މީލާދީން 4 ވަނަ ގަރުނުގައި މި ދަތް އޭރުގައި ކަޅިންގާގެ ރަސްކަލަކަށް ހުންނެވި ގުހަސީވާއަށް ލިބިވަޑައިގަތެވެ. ޕާންދު ރަސްގެފާނަށް މި ދަތުގެ ހަބަރު ލިބިވަޑައިގެން މި ދަތް ޯހއްދަވައި ނައްތާލެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެހެން ނަމަވެސް ފަހުން އެ

ރަސްގެފާނު ވެސް ބޫދިއްޔަތަށް ތަބާވެ ވަޑައިގަތީއެވެ. ރަސްގެފާނު ގުހަސީވާ ފަހުން މި ދަތް ދެއްވީ އޭނާގެ ދަރިކަނބަލުން ހެމާމަލަ އާއި އެކަމަނާގެ

ފިރިކަލުން އަމީރު ދަންތާގެ އަތްޕުޅަށެވެ.

މީލާދީން 4 ވަނަ ގަރުނުގައި ސިޯލނުގައި ރަސްކަންކުރެއްވި ކީރްތި

ސްރީ މޭގަހވަރްނަގެ ރަސްކަމުގައި މި ދެބޭފުޅުން

އެ ދަތް ހިއްޕަވައިގެން ވަޑައިގަތީ ސިޯލނަށެވެ.

މިހާރު އެ ދަތް ޮއންނަނީ ސިޯލނުގެ ކެންޑީގައި ހުންނަ

ޓެންޕަލް ޮއފް ދަ ޓޫއްތް ނުވަތަ "ދަތު ފައްޅީ" ގައެވެ.

ގަދީމީ ޒަމާނުގައި ކަޅިންގާގެ މީހުންނަކީ ދަތުރުފަތުރަށް ވަރަށް ވެސް ކުޅަދާނަ ބައެކެވެ. މުޅި ދެކުނު އަދި ދެކުނު އިރުމަތީ އޭޝިޔާއަށް ބޫދިއްޔަތު ފެތުރިފައި ވަނީ ވެސް ކަޅިންގާއިންނެވެ. އެއީ ބީސީން 261 ގައި މައުރިޔާ ރަސްގެފާނު އަޯޝކާ ކުރެއްވި ވަރުގަދަ ހަނގުރާމައިގައި ކަޅިންގާ ހިއްޕެވުމަށް ފަހު، އެ ރަދުންގެ ހިތްޕުޅު ސުލްހައަށް ލެނބި، ހަނގުރާމަ ހުއްޓާލުމަށް ފަހުގައި ބޫދިއްޔަތު އިހުތިޔާރު ކުރައްވައި

އެ ފަލްސަފާ ފަތުރުއްވަން ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ. މީލާދީން ފުރަތަމަ ގަރުނަށް ބަލާއިރު ކަޅިންގާ ވެފައިވަނީ ކަނޑުގެ ވަރުގަދަ ބާރަކަށެވެ. އެމީހުން ވަނީ މީލާދީން 8 ވަނަ ގަރުނުގައި )މިހާރުގެ

އިންޮޑނޭޝިޔާގެ( ޖާވާގައި އެމީހުންގެ ރަސްކަމެއް ގާއިމުޮކށްފައެވެ. މީލާދީން 10 ވަނަ ގަރުނާ ހިސާބުން ފެށިގެން ކަޅިންގާގައި ޮއތީ ޯސމަ ވަންޝަ )ހަނދު ވަންހަ( އިގެ ވެރިކަމެވެ. މި ދުވަސްވަރަކީ ދިވެހިރާއްޖޭގައި ވެސް ހަނދުވަންހައިގެ ވެރިކަން ފެށުނު ދުވަސްވަރެވެ. އިރުވަންހަ އާއި ހަނދުވަންހައިގެ ރަސްކަން ވެސް ދިވެހިރާއްޖެއަށް އައީ ކަޅިންގާއިން ކަމަށް ތާރީހުން ފެނެއެވެ.

ދިވެހިރާއްޖޭގެ ހަނދު ވަންހައިގެ ފުރަތަމަ ރަސްގެފާނުގެ ނަންފުޅަކީ ޝްރީ ބާލާދީއްތިޔަ ކަމަށް ތާރީހުން ފެނެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނު ސޫރުދަ ސަަރުނަ އާދީއްތިޔައަށް މިރާއްޖެއަށް ވަޑައިގެންނެވުނީ، އެ މަނިކުފާނުގެ ބައްޕާފުޅު ޮކންމެވެސް ކަމަކާ

ޯކފާވެގެން ނަވެއްގައި ޮފނުވައިލެއްވީމަ ކަމަށް ބުނެވެއެވެ. ސިޯލނުގެ ތާރީހީ ލިޔުމެއް ކަމުގައިވާ "މަހަވަންސާ" ގައި ވާ ޮގތުން،

އީސާއީ މީލާދުގެ 500 އަހަރު ކުރީން، އިންޑިޔާގެ ރަށެއް ކަމުގައިވާ ސިންހާޕޫރާއިން ސިޯލނަށާއި ދިވެހިރާއްޖެއަށް މީހުން އައެވެ. މިއީ ވެސް އަމިއްލަ ރަށުން ނުކުމެ

ވަޑައިގެން ނަވެއްގައި ދަތުރު ކުރައްވާފައި ވަޑައިގެންނެވި ރަސްދަރިކަލަކާއި އެމަނިކުފާނު އަރިހުގައި އައި މީހުންނެވެ. މީގެ ތެރެއިން އެއް ބަޔަކަށް ސިޯލނަށް ދެވުނު އިރު

އަނެއް ބަޔަށް އާދެވުނީ ދިވެހިރާއްޖެއަށް ކަމަށް ސިޯލނުގެ މި ތާރީހީ ލިޔުމުގައި ބަޔާން ޮކށްފައިވެއެވެ. "މަހަވަންސާ" ގައިވާ މި ވާހަކަ، އިޝާރާތް ކުރަނީ ސިޯލނަށް ސިންގަޅަ

ދަރިޮކޅުގެ މީހުން އައި ޮގތަށާއި، އެމީހުންގެ ތާރީހަށެވެ. ރާއްޖޭގެ ގަދީމީ ލިޔުންތަކުގެ ތެރެއިން އިސްދޫ ޯލމާފާނަށް ބަލާއިރު،

ދިވެހިރާއްޖޭގެ ވަރަށް ކުރީގެ ރަސްކަލެއްގެ ޮގތުގައި "ދަސަ ރަދުން" ނަމަކަށް ކިޔާ ބޭފުޅަކު ފާހަގަ ޮކށްފައިވާ ކަމަށާއި، މިއީ ވެސް ސޫރުދަސަރުނަ ރަދުންނަށް ދިވެހިން ކިޔައި އުޅުނު

ނަންފުޅަކަށް ވުމަކީ އެކަށީގެންވާ ކަމަށް ނަސީމާ މުޙައްމަދު ލިޔުއްވައިފައިވެއެވެ. ހަމަ އެހެންމެ ދިވެހި ތާރީހުގައި ކިޔޭ ޮކއިމަލާ ވާހަކައަކީ ވެސް މި

ދުވަސްވަރަށް އިޝާރަތް ކުރާ ވާހަކައަކަށް ވެދާނެއެވެ. ޮކއިމަލާ ވާހަކަ ކިޔޭ ޮގތްތަކުގެ ތެރެއިން ތިން ޮގތެއް މި ހާދިސާއާ ވަރަށް އެއް ޮގތެވެ. މި ޮގތުން:

1. "މި ޝާހީ ޯޖޑަކީ އިންޑިޔާގެ ރަސްކަލެއްގެ ދަރިކަލަކާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. މި ރަސްފުތް މަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނު ދެކެ ޯކފާވެގެން އެ މަނިކުފާނާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއި 700 އަޅުން ދެ ނަވަށް ލައްވާފައި ފުރުވައިލެއްވީއެވެ. ދެން މި ބޭފުޅުންނަށް ވަޑައިގެންނެވުނީ ދިވެހިރާއްޖޭގެ ރަސްގެތީމަށެވެ. ދެން އޭގެ ފަހުން އެ ދެބޭފުޅުން މާލެއަށް ވަޑައިގަތެވެ. އަދި ޮކއިމަލާ ލިބިވަޑައިގަތެވެ."2. "ޮކއިމަލާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަތް އިރު ވެސް

ދިވެހިރާއްޖޭގައި މީހުން ދިރިއުޅުނެވެ. އެކަމަނާއަކީ ޝާހީ ދަރިޮކޅަކުން ވަޑައިގަތް ބޭފުޅަކަށް ވާތީ މީހުން އެބޭފުޅުންގެ ގާތުގައި ވެރިކަމަށް އިސްވުމަށް ދެންނެވިއެވެ."

3. "އިންޑިޔާގެ ރަސްގެފާނަކީ ޝިކާރަކުރެއްވުމަށް ޯލބި ކުރައްވާ ރަސްކަލެކެވެ. އެއް ދުވަހަކު މިރަދުން ޝިކާރައަށް ނުކުމެ ވަޑައިގެން އުޅުއްވަނިޮކށް އިންސާނަކާ ވައްތަރު، އެހެން ނަމަވެސް ހަތަރެސްފައި ޖަހައިގެން އުޅޭ މަހުލޫގެއް ފެނިވަޑައިގަތެވެ. މި މަހުލޫގު ދިޔައީ މީހުންނަށް އުނދަގޫ ކުރަމުންނެވެ. މި ޮގތުން ޝިކާރަކުރަން ޖަހާފައި ހުންނަ ދާ

ހަލާކުޮކށް، ދަލުގައި ޖެހިފައިވާ ތަކެތި ގެންޮގސް މިފަދަ އެތައް ކަމެއް ދިޔައީ ކުރަމުންނެވެ. މިކަމާ ހެދި މި މަހުލޫގު އަތުލައިގަންނާނެ ޮގތަކާ މެދު ރަސްގެފާނު ފިކުރުފުޅު ހިންގަވައި،

ދަލެއް ޖަހައިގެން މި ޮސރު އަތުލައިގަންނަވައިފިއެވެ. ދެން ގަނޑުވަރަށް ގެންދަވައި އޭނާއަށް ބަސް ދަސްޮކށް ދެއްވުމަށް ފެށްޓެވިއެވެ. މީނާއަށް ބަސް ދަސްވީ ވަރަށް ދުވަހުންނެވެ. މި ޮސރަށް ރަނގަޅަށް ދެފައި މައްޗަށް ތެދުވެވި، ހިނގަން ދަސްވެ، ބަސްޮމށޭން އެނގުނުމަށް

ފަހު ޖަންގަލީގެ ތެރޭގައިވާ ހަޒާނާއެއް ރަދުންނަށް ދެއްކިއެވެ. މިކަމާ ރަދުން ވަރަށް ޮބޑަށް ހިތްޕުޅާވެ މީނާއަށް ރަދުންގެ ދަރިކަނބަލުންގެ ކައިވެނި ދެއްވައިފިއެވެ. އޭގެ ފަހުން ދުވަސްޮކޅެއްގެ ތެރޭގައި ރަދުން މި ބޭފުޅުން ދެކެ ޯކފާވެ ވަޑައިގެން ނަވަކަށް ލައްވާފައި

ރަށުން ބޭރުޮކށްލެއްވިއެވެ. ދެން އެމީހުންނަށް ދިވެހިރާއްޖެއަށް އައު ދެވި ރާއްޖޭގެ ރަށެއްގައި ބަނދަރު ކުރާން އުޅުނު ތަނާ ކާޅެއް ޮގވައިލުމުން އެއީ ނުބައި ފާލެއް ކަމަށް ދެކި ދަތުރު

ކުރަމުން އައިސް މާލެއަށް އައު ދެވުނީއެވެ." އެހެން ކަމުން ޮކއިމަލާ ވާހަކަ ވެސް އިޝާރަތް ކުރަނީ ކަޅިންގާއިން ވަޑައިގަތް

ސޫރުދަ ސަރުނަ އާދީއްތިޔައަށް ކަމަށް ގަބޫލު ކުރެވެއެވެ. ދިވެހިރާއްޖެ އިސްލާންވުމުގެ ކުރީގެ ރަސްރަސްކަލުންގެ މައުލޫމާތު މާ ސާފުޮކށް އެނގެން ނެތުމާއެކު، ދިވެހިރާއްޖެ

އިސްލާމްވި އިރު ހުންނެވި ރަސްގެފާނަކީ ޮކއިމަލާ ކަމަށް ބަލައި، ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނާ ބެހޭ ޮގތުން ހުރި ވާހަކަތައް އިސްލާމްވީ ދުވަސްވަރުގެ ރަސްކަލަކަށް ނިސްބަތް

ކުރެވުނީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

Page 12: Sun Magazine 35

12

ފޮއިދުވަސް

ސައެންޓިފިކް ޮގތުން ހުޅަނގުގެ ޤައުމުތަކަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އެއީ ނަމޫނާއަކަށް ބަލަންޖެހޭ ކާމިޔާބު ޤައުމުތަކެއް ނޫންކަމަށް މެލޭޝިޔާގެ ކުރީގެ ޮބޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު ސިފަކުރައްވައިފިއެވެ. މަހާތީރު، އިސްލާމީ ޤައުމުތަކަށާއި މުސްލިމުންނަށް ޮގވާލެއްވީ ކުރިއެރުމާއި ތަރައްޤީ ޙާސިލްކުރުމުގައި ހުޅަނގުގެ ޤައުމުތައް ނަމޫނާއަކަށް ބެލުމުގެ ބަދަލުގައި ޖަޕާން، ޗައިނާ، ސިންގަޕޫރު، ދެކުނު ޮކރެޔާ ފަދަ ޤައުމުތައް ނަމޫނާއަކަށް ބެލުމަށެވެ.

މަހާތީރު ވިދާޅުވީ އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ޤައުމުތައް ބިނާޮކށްފައިވަނީ ދަރަނީގެ މައްޗަށްކަމަށާއި އެޤައުމުތަކަށް ދުވަހަކުވެސް ދަރަނިން ސަލާމަތް ނުވެވޭނެ ކަމުގައެވެ.

ސޫރިޔާގައި ހިނގަމުން ދަނީ ދީނީ ޮގތުން ހަރުކަށި ފިކުރާއި އަރަބި ގައުމިއްޔަތުގެ އިލްމާނީ ފިކުރާ ދެމެދުގެ ހަނގުރާމައެއް ކަމަށް ސޫރިޔާގެ ރައީސް

ބައްޝާރުލްއަސަދް ސިފަކުރައްވައިފި އެވެ.އަސަދްގެ ހުދުމުހުތާރު ނިޒާމާ ދެޮކޅަށް ސޫރިޔާގެ ރައްޔިތުން އުތުރި އަރަމުންދާތާ 7 މަސްފަހުން ހުޅަނގުގެ މީޑިޔާއަށް ދެއްވި ފުރަތަމަ ބަޔާނުގައި އަސަދް ވިދާޅުވީ ސޫރިޔާ ސަރުކާރާ ދެޮކޅަށް މުޒާހަރާޮކށް އިހުތިޖާޖް ކުރަމުން ގެންދަނީ އަފްޣާނިސްތާނުގެ ތާލިބާނުންފަދަ ދީނީޮގތުން ހަރުކަށި ހިޔާލުގެ މީހުން

ކަމަށާއި އެމީހުންނަށް ކާމިޔާބު ލިބިއްޖެނަމަ އަފްޣާނިސްތާން ފަދަ ގައުމަކަށް ސޫރިޔާ ބަދަލުވެގެންދާނެ ކަމުގަ އެވެ.

އިސްރާއީލް ސިފައިންގެ މީހަކު ކިޑްނެޕް ކުރާ ޮކންމެ މީހަކަށް 900،000 ޮޑލަރު ދެއްވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ޝާހީއާއިލާގެ ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރައްބިއްޔާގެ އަމިއްލަ ޓީވީ ޗެނަލަކާ ހަވާލާދީ ޮރއިޓާސް ބުނި ޮގތުގައި ސައުދީ އަރަބިއްޔާގެ ބިލިއަނާ ޕްރިންސް އަލް ވަލީދު ވިން ތަލާލްގެ ޮކއްޯކފުޅު ޕްރިންސް ޚާލިދު ބިން ތަލާލް ޓީވީ ޗެނަލަށް ޯފނުން ދެއްވި އިންޓަވިއު

އެއްގަ އެވެ.ޚާލިދު އެހެން ވިދާޅުވެފައި ވަނީ އިސްރާއީލް ސިފައިންގެ މީހަކު ހައްޔަރު ކުރާ ޮކންމެ މީހަކަށް 100،000 ޮޑލަރު ދެއްވާނެ ކަމަށް ވިދާޅުވި އިލްމުވެރިއަކަށް އިސްރާއީލުން މަރުގެ އިންޒާރު ދީފައި ވާތީ އެކަމަށް ރައްދު ދެއްވުމުގެ ޮގތުންނެވެ.

ޕާކިސްތާނުގެ ކުރީގެ ރައީސް އަދި އިންޤިލާބީ ލީޑަރު ޖެނެރަލް ޕަރުވޭޒް މުޝައްރަފް ހައްޔަރުކުރުމުގެ އަމުރެއް ޕާކިސްތާނުގެ ޯކޓަކުން ނެރެފި އެވެ.

ޕާކިސްތާނުގެ ކުވީތާގެ ޯކޓަކުން މުޝައްރަފް ހައްޔަރުކުރުމުގެ އަމުރު ނެރުނީ އޭނާގެ ވެރިކަމުގައި ޕާކިސްތާނުގެ ބަލޫޗް ސަރަޙައްދުގެ ބާޣީ ލީޑަރެއްކަމަށްވާ ނަވާބު އަކްބަރު ބޫގީތީ އަވަހާރަޮކށްލާފައިވާ މައްސަލައިގެ ތަޙްޤީޤަށެވެ. މިމައްސަލާގައި މުޝައްރަފްގެ ދުވަސްވަރުގެ ޮބޑުވަޒީރު ޝަވްކަތު ޢަޒީޒް ހައްޔަރުކުރުމުގެ އަމުރުވެސް ކުވީތާގެ ދަށުޯކޓުން ނެރެފައިވެއެވެ. ބަލޫޗް ސަރަޙައްދުގެ ބާޣީ ލީޑަރެއްކަމަށްވާ ނަވާބު

އަކްބަރު ބޫގީތީ އަވަހާރަވެފައި ވަނީ 2006 ވަނައަހަރު އެސަރަޙައްދުގެ ބާޣީންނާ ދެޮކޅަށް ޕާކިސްތާނު ސިފައިން ދިން ވައިގެ ޙަމަލާތަކެއްގަ އެވެ.

31 ޮއކްޯޓބަރު 2011 – ހުޅަނގު ނަމޫނާއަކަށް ނުބެލުމަށް ޮގވާލައްވައިފި

30 ޮއކްޯޓބަރު 2011 – މުޒާހަރާތަކާ ގުޅޭ ޮގތުން ބައްޝާރު ވާހަކަ ދައްކަވައިފި

29 ޮއކްޯޓބަރު 2011– އިސްރާއީލު ސިފައިން ހައްޔަރުޮކށްގެން އިނާމު!

28 ޮއކްޯޓބަރު 2011– މުޝައްރަފު ހައްޔަރު ކުރުމުގެ އަމުރު ނެރެފި

ދުނިޔޭގެ ޚަބަރުތަކަށް ކަޅިއެއް ...

Page 13: Sun Magazine 35

13

ސަން މާފާނު

އަރިސްތޫ )އެރިސްޯޓޓްލް( ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އީސާއީ މީލާދުގެ 384 އަހަރު ކުރީންނެވެ. އަރިސްތޫއަކީ ޔޫނާނުގެ ފަލްސަފާވެރިއެކެވެ. ޮޕލިމެތެކެވެ. މަޝްހޫރު ފަލްސަފާވެރިޔާ އަފްލާޠޫންގެ

ދަރިވަރެކެވެ. އިސްކަންދަރު އަކްބަރު ނުވަތަ އެލެގްޒެންޑަރ ދަ ގްރޭޓްގެ އުސްތާޒެވެ.

އޭނާގެ ލިޔުއްވުންތަކުގައި ފިޒިކްސް އާއި މެޓަފިޒިކްސް އާއި ޅެންވެރިކަމާއި ތިއޭޓަރ އާއި މިއުޒިކާއި މަންތިގާއި ބަލާޣާ އާއި ބަހަވިއްޔާތާއި

ސިޔާސިއްޔަތާއި ހުކޫމަތާއި އަހްލާގިއްޔާތާއި ބަޮޔޮލޖީ އާއި ޒޫޮލޖީ ފަދަ ތަފާތު އެތައް ދާއިރާއެއްގެ މައުލޫމާތު

ހަޒާނާ ކުރެވިފައިވެއެވެ.

އަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް އަހުލުވެރި ވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި މި ފަހަރު

ބަލައިލާނީ އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން ޗައްތީސްގަޅަށެވެ. ޗައްތީސްގަޅަކީ މެދުތެރޭ އިންޑިޔާއަށް ނިސްބަތްވާ، އަދި އެހާމެ ހަގު ސްޓޭޓެކެވެ. މި ސްޓޭޓު އުފެދުނީ މަދްޔަ ޕްރަދޭޝްގެ އިރު ދެކުނު ޑިސްޓްރިކްޓުތަކުގެ ތެރޭގައި ޗައްތީސްގަޅީ ބަހުން ވާހަކަ ދައްކާ 16 ޑިސްޓްރިކްޓު، އެއީ ވަކި ސްޓޭޓެއް ކަމުގައި 01 ޮނވެންބަރު 2000 ގައި ހަމަ ޖެހުމާ ގުޅިގެންނެވެ. ގަދީމީ ޒަމާނުގައި މި ސަރަހައްދު

ފާހަގަ ކުރެވިފައިވަނީ ދެކުނު ކައުސާލުގެ ނަމުންނެވެ.ޗައްތީސްގަޅުގައި އަންހެނުންނަށް ވަރަށް ޮބޑު

މިނިވަންކަމެއް ލިބިފައި ޮއވެއެވެ. އަންހެނުންނާ ގުޅޭ ކަންތައް އިންތިޒާމުވެފައި ފުރިހަމައެވެ. ވަރި ފަދަ ކަންކަމުގައި ވެސް އަންހެނުންނަށް ކުރިޔަށް ދެވޭނޭ

މަގު ފަހިޮކށްދީފައި ޮއވެއެވެ. އެހެން ނަމަވެސް ޗައްތީސްގަޅުގެ މީހުންގެ ތެރޭގައި ޮއންނަ ޯބދާ ގަބޫލު ކުރުންތަކެއްގެ ސަބަބުން، އެމީހުން ދެކެނީ ގުނަވަނެއްގައި އައިބު ހުރި، ނުވަތަ ދުވަސްވީ، އަދި ހުވަފަތްވެފައި ތިބޭ އަންހެނުންނަކީ އާދަޔާ

ހިލާފު، ރޫހާނީ ބާރެއް ލިބިފައިވާ ނުރައްކާތެރި ބައެއް ކަމަށެވެ. މި ޮގތަށް ލޭބަލް ކުރެވޭ ގިނަ މީހުން އުޅެން ޖެހިފައިވަނީ ވަރަށް ޮބޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މި ޮގތަށް ލޭބަލްކުރެވޭ "އެސްފީނާ ވެރިން" ވަރަށް އަނިޔާވެރިޮކށް

މަރައިލެވޭކަން ފާހަގަ ކުރެވެއެވެ.ޗައްތީސްގަޅުގެ ވެރި ރަށަކީ ރާއިޕޫރެވެ. މި ސްޓޭޓުގެ އެންމެ ޮބޑު ޝަހަރަކީ ވެސް މިއެވެ. ޗައްތީސްގަޅުގެ ރަސްމީ ބަހަކީ ޗައްތީސްގަޅީ ބަހާއި

މިއަދު ވެސް މަންތިގު ކިޔަވާ މީހުންގެ ގާތުގައި އަރިސްތޫގެ ލިޔުއްވުންތައް

ވެފައިވަނީ ޮބޑެތި މަރްޖިއުތަކަށެވެ. ޔޫނާނުގެ ފަލްސަފާވެރިކަން އެންމެ ކުރިޔަށް ޮގސްފައިވަނީ އަރިސްތޫ އާއި އޭނާގެ އުސްތާޒު އަފްލާޠޫން އާއި އޭނާގެ އުސްތާޒު

ސުކުރާތުގެ ދައުރުގައެވެ. މިއަދު ވެސް އަރިސްތޫގެ ތަފާތު ލިޔުއްވުންތައް ދުނިޔޭގެ

މަޝްހޫރު ޔުނިވަރސިޓީތަކުގައި ދަނީ ދިރާސާ ކުރެވެމުންނެވެ.

އަރިސްތޫ އަވަހާރަވީ އީސާއީ މީލާދުގެ 322 އަހަރު ކުރީންނެވެ.

އަރިސްތޫ

އިޔާޒު ނަސީމް

ބުއްދީގެ ފުރާގު "ރަނގަޅު ވެރިޔަކަށް ވާން ބޭނުން ނަމަ ގާނޫނަށް ތަބާވާން ދަސް ކުރަން

ޖެހޭނެއެވެ." އަރިސްތޫ

ޗައްީތސްގަޅް

ހިންދީ ބަހެވެ. ޗައްތީސްގަޅުގެ އާބާދީއަކީ 25 މިލިޔަނެވެ. އާބާދީގެ ޮގތުން ބަލާއިރު ޗައްތީސްގަޅު އަންނަނީ އިންޑިޔާގެ ސްޓޭޓުތަކުގެ ލިސްޓުން 17

ވަނައަށެވެ. ބިމުގެ ޮގތުން ބަލާއިރު 10 ވަނައަށެވެ. އިދާރީ ޮގތުން ޗައްތީސްގަޅު ބަހައިލެވިފައިވަނީ 27 ޑިސްޓްރިކްޓަށެވެ.

Page 14: Sun Magazine 35

14

ކިޔާލަން ލިބުނު ކުރީގެ ޮފތަކުން މި ވާހަކަ ވަކި ހިސާބަކަށް ކިއުނުއިރު އަމިއްލައަށް ވެސް ހީގަނެވުނެވެ. ނިންމާލާފައި

އިރުޮކޅަކު ވިސްނާލަން ޮއވެވުނުއިރު ވެސް ހެވެއެވެ. ހިތަށްއެރީ މިވާހަކަ ވާނީ ޮކންމެވެސްޮގތަކުން އާއްމުޮކށް ލެވޭޯތބަލާށެވެ. ތެދުވެ ކުރުކުރުޮކށް ޯނޓުޮކށްލީ އެހެންވެގެންނެވެ. އޭގެފަހުން މިވީއަހަރެއްހާ

ދުވަހު އެ ޯނޓުބަލައި ނުލެވި ނުލިއެވުނީއެވެ. މިވާހަކައަކީ ވަރަށްކުރީގެ ވާހަކައެކެވެ. ހަގީގަތެއްކަން

ނުވަތަނޫންކަން އެއަކުން އެނގޭކަށް ނެތެވެ. ލިއެފައިވަނީ ކުރީގެމުސްކުޅި އުތުރުކަރައަށް ނިސްބަތްޮކށްގެނެވެ. ލިއުނުފަރާތުން

ބޭނުން ޮކށްފައިވާ އެއްއިބާރާތެއްގައި އަޅައިގަނެވުނެވެ. ކަލާނގެ އަށް ދަންނަވައިގެން ކަމެއް ކުރި ވާހަކަ ބަޔާން ކުރުމުގައި "އެމީހުންގެ އަތްތަކުން ހަދާ، އަޅުކަންޮކށް ހެދުމަށްފަހު، ހަމައެމީހުން ހަލާކުޮކށް

އެއްލާލާ" ކަމުގައި ޮއތެވެ. މިޖުމުލައިން ދޭހަވާން އުޅެނީ ލިއުންތެރިޔާ އަކީ އެކަހަލަ ކަލާނގެ ގަބޫލުނުކުރާ ބައިގައި ހިމެނިފައިވާ މީހެއް

ކަމުގައެވެ. ޮކންމެއަކަސް އެއްމެ ހިނިއައި އެއްކަމަކީ އެބުނާ ކަނލާގެއަކު ޮކށްދިންކަމަށް ލިއެފައިވާ އަޖައިބު ކުރުވަނިވި ކަމެވެ.

ލިއުމުގައި އެކަލާނގެއަށް އެމީހުން ކިއާ ނަންވެސް ޮއތެވެ. ***

" އެޒަމާނުގެ އާއްމު ދިރިއުޅުމުގައި ޮއންނަނީ

ބަނޑުފުރާނަމުއްތިކުރުމާއި ޯބހިޔާކުރުމާއި އަދި ޖިންސީދުނިޔެ ތަނަވަސްކުރުމެވެ. އަޅުކަންކުރުމަކީ ވެސް އާއްމު ކަމެއްނޫނެވެ.

ކަމެއްދަމެއް ޮބޑުވެ ޮގތްހުސްވެ އެހެންޮގތެއްނެތުމުން ނޫނީ ކަލާނގެ ގެ ބޭނުމެއް ނުކުރެއެވެ. ކަނޑުގެ ހުކުމޭމިކިޔާ އުސޫލު ޮއންނަނީ ވަރަށް

ފުޅާޮކށް ހުރިހާ ހިސާބެއްގައިވެސް ފެތުރިފައެވެ. ޮބޑުއެތި ކުޑައެތި ކާލާ ޮގތެވެ. ދެރަމީހާ ޮމޅުމީހާގެ ހުރިހާ އަމުރުތަކަކަށް މަޖުބޫރުން ކިއަމަންވާން

ޖެހުމެވެ. އާބާދީގެ އެއްމެ ބިންމުއްސަނދި ހިސާބަކީ

ޮމޅެތިމީހުން ދިރިއުޅޭ ހިސާބެވެ. މިވާހަކަ އަކީ އެކަހަލަ ޮމޅެތިބަޔަކު ތަނަވަސްކަމުގައި ދިރިއުޅެމުން އައި އަވަށެއްގެ ވާހަކަ އެކެވެ.

އާއްމު ދިރިއުޅުމުގެ ޮގތް ބާވަތާއި ވައްޓަފާޅި މަޑުމަޑުން ބަދަލުވަމުން ދިޔަ ދުވަސްވަރެއްގައި އެމީހުންގެ ތެރޭގައި އިސްޮކށް ތިބޭމީހުންގެ

އަނބިންގެމެދުގައި އެކުވެރިކަމާއި ގާތްކަންއުފެދި މަޖަލާއި ޯފރިނެގުމުގައި އެކުގައި އުޅުން ގިނަވަމުން ދިޔައެވެ.

ނަތީޖާއަކަށްވީ އޭރުގެ ޮގތަށް އެބައިމީހުންނަކީ ބައިގަނޑަކަށް ވުމެވެ. އެކުގައި ކަންތައްތައްކުރުމާއި ކައިޮބއި ހެދުން އިތުރުވަމުން ދިއުމެވެ.

އެ ބައިގަނޑުގެ އިސް ކަނބަލަކީ މުޅިއެހިސާބުގެ އެއްމެ އިސްވެރިމީހާގެ އަންހެނުންނެވެ. އެއްދުވަހަކު މިއެއްމެންނަށް ދާންޖެހުނީ އެމީހުންގެ އެކަކު ވިހާތީ އެކަމުގައި އެހީވާން އެތަނަށެވެ.

އެ ވިހެއުމުގެ ކަންތައްނިމުމުން މިކަނބަލުންގެތެރެއިން ބަޔަކު އެވާހަކަދެއްކިއެވެ. ވިހެއުމުގައި އޭނާއަށް އެވީވަރާއި އެކަމުގައި އޭނާ ރުއި ރުއިމުގެ ސަބަބުން އަސަރު ޮކށްގެން ނެވެ. އިސްމީހާ ވިސްނާލާފައި އެ

ކަީނރު އަބުދުއް ރަީހމް

ހަމަ ހަމަހަމަ ވަރިހަމަ!

Page 15: Sun Magazine 35

އެއްމެންނާއިއެކު ސިއްރު މަޝްވަރާ އެއް ކުރިއެވެ. އަދި އެއްމެންއެކުގައި އެމީހުން ގަބޫލުކުރާ ކަލާނގެތަކުގެ ތެރޭން އިސް ކަލާނގެ ގާތަށް ޮގސް ޝަކުވާ ކުރީއެވެ. ބުނިކަމަށް ވަނީ ދަރިންލިބުމުގައި އުފުލަންމިޖެހޭ ބުރަ، ދެފަރާތަށް ހަމަހަމަ ޮކށްނުދެންޏާ ކަލެއްކަމަށް ގަބޫލުނުކުރާނެ ވާހަކައެވެ.

ދެން ކަލާނގެ އެމީހުންނާއި ވާހަކަ ދައްކާފައި އެމީހުން އެދުނުޮގތަށް އެކަން ހަމަހަމަ ޮކށް ހަމަޖެއްސީކަމަށް ވެއެވެ. ވިހާއިރު ވާހުރިހާ ތަދަކާއި، އަޅާހުރިހާ ވޭނެއް ދަރިފުޅުގެ ބައްޕަ އަށް ދީ މަންމައަށް އެބުރަ އުފުލަން

ނުޖެހޭޮގތަށެވެ. އޭރު މިކަނބަލުންގެ ތެރޭގައި އިސްމީހާ އިނީ ނުކެރި އެވެ. ޮކންމެއަކަސް ބަފައިން ތަދު އިހުސާސްކުރަމުން މަންމަ އަރާމުގައި

ޮއވެވިހަމުންދިޔައެވެ. ވިހަންވުމުގެ ނިޝާންތައް ފެނުމާއެކު ފިރިމީހާ އެކަމަށް ތައްޔާރުވެ ޮއޯށވެއެވެ. އަދި ވޭނާއި ތަދާ އިހުސާސްޮކށް ހެދުމަށްފަހު

ވިހެއުމުގެ ކަންތައްނިމުމުން ތެދުވަމުން ގެންދިޔައެވެ. މިޮގތުގެ މަތީން މިބައިގަނޑުގެ އިސްމީހާ ވިހަން ތަނަށްއެރުމާއި އެކު އޭނާގެ ފިރިމީހާ ޮއޯށތެވެ. އޭނާއަކީ މުޅި އެއެއްމެންގެ ވެރިމީހާކަމުގައި ވާތީ ވަށައިގެން އެތަކެއްމީހުން އޭނާގާތުގައި ތިއްބެވެ. ގަޑިއެއްހާއިރުވީއިރުވެސް އޭނާއަށް އެއްވެސް ތަދެއް ވޭނެއް ނޭޅިއެވެ. ޮއވެޮއވެ ފޫހިވެގެން އޭނާ އޭނާގެ

އެއްމެ ގާތުގައި ގެންގުޅޭމީހާ އަށް ޮގވާލާފައި ކިރުޮފދެއްގެންނަން ބުންޏެވެ. އެމީހާއެއް ނެތެވެ. އެތާ ތިބި މީހުން ވެސް އޭނާ ޮކބައިޯތބެލިއިރު އެހިސާބަކު ނެތެވެ. އިސްމީހާ ގެއަމުރަށް އެ ޯނކަރުކަލޭގެ ޯހދަން މީހުންތައް ފަރާތް ފަރާތަށް ދިޔައެވެ. އެއްބަޔަކަށް ފެނުނީ އެމީހާ

ގަހެއްގެބުޑުގައި ޮއވެގެން ބަނޑުގައި އަތް ކާއްތަކާއްތާފައި ޮރއި ހޭރޭ ތަނެވެ. އޭރު އިސްމީހާގެ އަނބިމީހާ ވިހަނީއެވެ.

ޯނކަރުކަލޭގެ ފެނުނުމީހުން ޮގސް އެވާހަކަ އިސްމީހާ ގާތުބުނީމާ ޮޗކެއް ޖަހާފައި ވަރިހަމަ އޭ ބުނަމުން ތެދުވެގެން ދިޔައީއެވެ. ވިހައިގެން ޮގސް ހުރިހާއަންހެނުން ސިއްރުވާހަކަ

ތަކެއްދައްކާފައި އަލުންއަނެއްކާ އެއްކަލަ ކަލާނގެ ގާތަށްޮގސް އިހުޮއތްޮގތަށް ހަމަޖެއްސުވީ ކަމަށް ވެއެވެ. "

*** ކިޔަމުންގެންދިޔައިރު ވެސް އެވަރަށް ހެވުނު ވާހަކައަކީ މިއީއެވެ. ގާތްމީހަކުގާތު ބުނީމާ އޭނާ ގާތަކަށް އެހާހިންޏެއް ނުވެސްއައެވެ. ބުނެލީ ތިޔައީ ބާވާހަކައެކޭއެވެ. ދެންބުނީ ކަލާނގެއޭ ކިއައިގެން ފާޑުފާޑުގެ

އެއްޗެހިލިޔާކަށް ނުވާނެކަމުގައެވެ. މަށަކަށް އެވާހަކަ ގަބޫލެއްނުކުރެވުނެވެ. ދުނިޔޭގައި

ބުދާއި ގެރިއާއި ޮބއިގަހަކީވެސް ކަލާނގެ ކަމުގައި ހަދައިގެންއުޅޭ ޮމޔައިންނަށް އެއިންކަލާނގެއެއްގެ ވާހަކަވެސް ދައްކަންނުވެ ހިނގައިދާނެއެވެ. މަށަށް އެފަދަ

އެއްވެސް ކަލާނގެއަކީ "އެއްޗެއް" ނޫނެވެ. ވަކިން ޚާއްސަޮކށް އަމިއްލަ އަތުން ހަދާ ހަލާކުކުރެވޭ، މާއްދީޮގތުން ފެންނަ، އަދި ކައިރިއަށް ޮގސް ޯގނާޮކށް ވާހަކަ

ދައްކާހެދޭ ބުދުތަކަކީ ޮމޔައަކުނޫނީ ކަލަކު ކަމުގައިބަލާނެ އެއްޗެއް ނޫނެވެ. އެއްމެންނަށް ވާނީ އެއްޮގތެއްނޫނޭ މަގޭ ހިތަށް އެރިއެވެ.

ޯދއެވެ.؟ ހަމަ ހަމަހަމަ ވަރިހަމަ!

Page 16: Sun Magazine 35
Page 17: Sun Magazine 35
Page 18: Sun Magazine 35

18

1953 ޑިސެމްބަރު 31 )ބުރާސްފަތި( މިއީ ދިވެހި ތާރީހުގައި ހިނގި ވަރަށް އާދަޔާ ހިލާފު ހާދިސާއެއް ހިނގި ރެއެކެވެ. އަދި ވަރަށް ކަޅު

ރެއެކެވެ. އަލްއަމީރު މުހައްމަދު އަމީނު އެމަނިކުފާނުގެ ހުރިހާ މަޤާމުތަކަކުން ވަކިކުރެވި މާލެ އަޮތޅު

ދޫނިދޫގައި ބަންދުކުރެވިފައި ހުންނަވަނިޮކށް ހިނގައި ދިޔަ ހާދިސާތައް އަޅުގަނޑު ވާނީ ލިޔެފައެވެ.

މުހައްމަދު އަމީނުގެ ފުރާނަފުޅު ހަށިޮކޅާ ވަކިވެދާފަދަ އަނިޔާތަކެއް ލިބިވަޑައިގަތީ މިރޭ މެންދަމު ފަހުންނެވެ. އެއަނިޔާތައް ހިނގިތާކަށް އަޅުގަނޑުގެ އުމުރުގެ ޮގތުން ދާކަށް ނުކެރުނެވެ. އޭރު އަޅުގަނޑުގެ އުމުރަކީ 12 އަހަރެވެ. އަޅުގަނޑުމެން ދުވަހަކުވެސް ނުދެކޭ އަދި ހަމަ އެހާމެ ބިރުވެރި ހާދިސާތަކެއް ހިނގަމުން ދިޔަ ދުވަސް ވަރެއްގައި އަޅުގަނޑާއި އަޅުގަނޑުގެ ޮކއްޮކ ސައީދުއާއި ދެކުދިން އުޅެނީ އަތުގުޅުވައިގެންނެވެ. މިދެންނެވި ބިރުވެރި ރޭވެސް އަޅުގަނޑުމެންގެ ކާފަ އަލްމަރުހޫމު ސިއްކަގޭ އަލިމަނިކުފާނު އަޅުގަނޑުމެން ދިރިއުޅޭ ސިއްކަ ގެއަށް ދުރުވެ އެއްވެސް ކުއްޖަކު ގެއިން ނުނުކުތުމަށް ނަސޭހަތްތެރިވެލެއްވި އެވެ.

ނަމަވެސް ކާފަ ހަމަ މެދުޒިޔާރަތް މަގުން ހުޅަނގަށް ދުރުވި ވަގުތު އަޅުގަނޑުމެން ހުރިހާ ކުދިން ތިބީ

މަގުމައްޗަށް ނުކުމެއެވެ. އަޅުގަނޑުމެންނަށް ވުރެ ޮބޑު ހުރިހާ ކުދިންވީ އެހިނގާ ކަމެއް ހިނގާ ދިމާލަކަށް

ޮގސްފައެވެ. އަޅުގަނޑުމެން ތިބީ ބިރުންޮގސް ފިއްކަނޑައިގެންދާ ފަދަ ހާލެއްގައެވެ.

މިހާރު މަގުމަތި ވަރަށް އަމާންވެއްޖެ އެވެ. ޖަނަރޭޓަރު ވެސް ހިންގައިފިއެވެ. ޮކންމެވެސް ވަރެއްގެ ކިލާ އަލި ކަމެއް ރަށުތެރެއަށް ފެތުރިއްޖެ

އެވެ. އެވަގުތު ބަލާފައި އަޅުގަނޑުމެން ގެއިން ބޭރަށް ނުކުމެ ދުއްވައިގެންފީމެވެ. އެހެންނަމަވެސް ހިނގާ

ހުރިހާކަމެއް އެނގޭހާ ކައިރިއަށް ދާކަށް ނުކެރުނެވެ. މުހައްމަދު އަމީނު އަވަހާރަޮކށްލައިފިއޭ ވަރަށް ގިނަ

ބަޔަކަށް އަނިޔާވެއްޖެއޭ ކިޔާ ޮގވާ ހަޅޭއް ފަޅޭ ލަވަމުން ހުޅަނގު ޮކޅުން އިރުމަތީ ޮކޅަށް ދުވާ މީހުންތައް ވެސް އުޅެއެވެ. އަޅުގަނޑުމެންނަކަށް

ވާއެއް ނުވާއެއް ނޭންގެއެވެ. ގަންނާކުރައްވާ ބިރުން ތިބިނަމަވެސް މިހިނގާ ކަންތައްތައް ވަރަށް ސާފުޮކށް އެނގެއެވެ. އާދެ، ސަރުކާރުގެ ފަރާތުން ދޫނިދޫގައި ބަންދުކުރައްވާފައި ހުންނަވަނިޮކށް މުހައްމަދު އަމީނު ޮކންމެވެސް

ބަޔަކު މާލެއަށް ގެނައީއެވެ. އާދެ، އޭގެ ޮބޑުންނަށް ތިއްބެވީ އަލްފާޟިލް އިބްރާހިމް ހިލްމީ ދީދީ އާއި އަމީރު އަމީނު ގެ ދަނބި ދަރިކަލުން އައްނަބީލް ޝަމްސުއްދީނު ހިލްމީ އާއި

ދެބޭފުޅުންގެ ވެރިކަމުގައި އެބޭފުޅުންގެ ފާޮރށިގެ )މަޝްހޫރު އަތިރީ ފަނޑިޔާރުގޭގެ( ޯނކަރުން ޮފނުއްވައިގެން އަދިވެސް މާލޭގެ ބައެއް ހަރު މީސްމީހުން ޮފނުއްވައިގެން މުހައްމަދު އަމީނު

މާލެ ގެނެވުނީއެވެ. ދެނަކާ ދެނެއް ނެތެވެ. ކުއްލިޔަކަށް ފެނުނީ މާލޭގެ ރައްޔިތުން އެއްވީ ތަނެވެ. މި ރައްޔިތުން އެއްކުރުމުގެ ވެރިއަކަށް ހުންނެވީ ހެންވޭރު ގަސްޮދށުގޭ އަލްފާޟިލް އަޙުމަދު

ދީދީ އެވެ. ޮކންމެވެސް ވަރަކަށް ސިފައިންގެ ބޭބޭކަލުންވެސް މި ގަޑުބަޑުގައި ބައިވެރިވެލެއްވި އެވެ. މުހައްމަދު އަމީނު ވަޑައިގެން ޮގތަށް ހުންނެވީ އޭރުގެ ސިފައިންގޭގެ ކުރިމަތީ އަޅާފައި ޮއންނަ ތަޅުންގަނޑު މަތީގައެވެ. ހުންނެވީ ސިފައިންގެ ކަޅު ފަށްއެޅި

މުހައްމަދު އަީމން އަވަާހރަވުާމއި، އަދި އެއަށްފަހު....ސިއްކަގޭ މުހައްމަދު ނަސީމް )ނ.ދ.ޝ.ޢ(

Page 19: Sun Magazine 35

ގަމީހެއް ތުރުކުރައްވައިގެންނެވެ. އެވަގުތު ސިފައިންގޭގެ އެންމެ އިސް އަމުރުވެރިއެއްގެ ޮގތުގައި ހުންނަވަން ޮއތީ އަލްފާޟިލް ޓިނު އަލިފުޅެވެ. އެހެންކަމުން މުހައްމަދު އަމީނު ވަޑައިގެން ސިފައިންނާ ސުވާލު ކުރެއްވީ

"ޓިނު" ޮކބައިހެއްޔެވެ. )ޓިނު އަލިފުޅަށް މުޙައްމަދު އަމީނު ވިދާޅުވާ ނަން( އާދެ، ތަޤުދީރު ރޭވިފައި ޮއތީ އަދި އެހެން ޮގތަކަށެވެ. އެރޭ ކަން ދިމާވި ޮގތަކުން ސިފައިންގެ މަރުކަޒުގެ ވެރިއަކަށް ހުންނެވީ އަލްފާޟިލް ދައްޕަރު މޫސާ މަނިކެވެ. މޫސާ މަނިކު ކުރެން މުހައްމަދު އަމީނު ޓިނު ޮކބައިޯތ ސުވާލު ކުރެއްވުމުން އޭނާ ހުންނެވީ ގޭގައި ކަމުގައި ދެންނެވި އެވެ. އާދެ، މުހައްމަދު އަމީނު ވަރަށް ޮބޑަށް އެކަމާ ހާސްވެވަޑައިގެން އުޅުއްވި ކަމަށް މީހުން ކިޔާ އުޅުނެވެ. އެވަގުތު ވެރިއަކަށް ހުންނެވި

އަލްފާޟިލް ދައްޕަރު މޫސާ މަނިކު ވަގުތުން ސިފައިންގެ މަސްއޫލިއްޔަތު އަދާކުރެއްވި އެވެ. ވަގުތު ތަކެއް ނަގާ ނުލައްވާ ހަމަ ވަގުތުން މުހައްމަދު

އަމީނުގެ ދެއަތްޕުޅު އެއްޮކން ބިޑި އެޅުއްވިއެވެ. މުހައްމަދު އަމީނު ދެއްކެވި ވާހަކައިން މޫސާ މަނިކު އޭނާގެ ޤައުމީ މަސްއޫލިއްޔަތު ހަނދުމަ ނައްތައެއް ނުލައްވައެވެ. ވަރަށް ސާބިތުކަމާ އެކު މޫސާ މަނިކު ވިދާޅުވީ

މުހައްމަދު އަމީނު އަޅުގަނޑުމެނަށް އަބަދުވެސް ދެއްވާ ނަސޭހަތަކީ އޭރަކު ތިއްބަވާ ވެރިބަޔަކަށް ތަބާވުމަކީ ޮކންމެހެން ވެސް ކުރައްވަން ޖެހޭ ކަމެކެވެ. އެހެން ކަމުން ސިފައިން އެބައިމީހުންގެ ޤައުމީ ވާޖިބު

އަދާކުރައްވައިފި އެވެ. ކަންތައްތައް މިހިސާބަށް ދިޔައިރު އޭރު ސިފައިންގެ ވެރިކަމުގައި ހުންނެވި )މުހައްމަދު އަމީނުގެ ނައިބު ރައީސް( އަލްފާޟިލް

ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އަށް ސިފައިންގެއިން ޯފނުޮކށް މިހަބަރު ވަނީ ދެއްވާފަ އެވެ. އޭރު ޝަމްސުއްދީނު ހިލްމީ ހުންނެވީ ކުރެދިބުރިތަކެއް ބަޔަކު މީހުން އަތަށް ދެއްވައިގެން ނައިބު ރައީސްގެ

ގެ ކަމުގައިވާ މާޖެހިގޭ ޮދރާށި ކައިރީގައެވެ. ބުނެވޭ ޮގތުގައި އިބްރާހިމް މުހައްމަދު ދީދީ މާޖެހިގޭ ކުޅި ބަލާގެއަށް އަރުއްވައި ބޭރު ރަނގަޅަށް

ބައްލަވައިފި އެވެ. އެތަނަށް އެއްވެފައި ތިބި މީހުން ޮގވަނީ މި މާލޭ ބަނދަރަށް ޮގތް ނޭނގޭ ޯބޓެއް ވަދެގެން އުޅޭ ކަމަށެވެ. އަވަހަށް އިބްރާހިމް ދީދީ ނުކުމެ ވަޑައިގަތުމަށެވެ. ބޭރުގައި ހިނގާ ކަންތައްތައް ފެނިވަޑައިގަތުމާއި އެކު އަދި ސިފައިން ގެއިން އައި ޯކލު ލިބިވަޑައިގެންފައިވުމާ އެކު މިހިނގަނި

ވަރަށް ޮބޑު ބަޣާވާތެއްކަން އިބްރާހިމް ދީދީ ދެނެވަޑައިގެންފިއެވެ. މިތާ ތިބި މީހުންގެ ވެރިއަކަށް ޮގސް ހުރި މަޝްހޫރު ކުޅުދުއްފުށީ ރާ ހަސަންބެ

އަޅުގަނޑަށް ވަރަށް ސާފުޮކށް މިވާހަކަ ކިޔައިދެއްވި އެވެ. ހަސަންބެ ބުނުއްވާ ޮގތުން ހަސަންބެ އުޅުއްވީ ޮދރުވައްޓާލާފައި އެތެރެއަށް ވަދެ އިބްރާހިމް

ދީދީ އާއި ދިމާކުރުމަށެވެ. ނަމަވެސް މިއެންމެންގެ ވެރިއަކަށް ވެވަޑައިގެން ހުންނެވި އައްނަބީލު ޝަމްސުއްދީނު ހިލްމީ އަކީ އުމުރުފުޅުން ހަތާވީހަކަށް

އަހަރުގެ ވަރަށް ޒުވާން ޅަބޭފުޅެކެވެ. އެބޭފުޅުންނަކަށް މިހިނގާ ކަންތައްތަކުގެ ޮބޑު ކަމެއް ރަނގަޅަކަށް ވިސްނިވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން ހަސަންބެ ކަހަލަ ހަރުމީހުން ދިން ނަސޭހަތެއް ނާއްސަވައެވެ. ހަސަންބެ ޝަމްސުއްދީނަށް އަރުއްވާ ނަސޭހަތަކީ މާޮބޑަށް ކަންތައްތައް މައްޗަށް ނުދަނީސް ޮދރުވައްޓާލާފަ ޯގތިތެރެއަށް ވަދެ ފެންޑާއިން ވަދެވޭ ޮގތަށް

ހުންނަ އިބްރާހިމް ދީދީ ގެ ޮކޓަރި ޮކޅުގެ ޮދރު ވައްޓާލާފައި ވަދެ އިބްރާހިމް ދީދީ ބަނދެ ހަފުސް ޮކށްލާށެވެ. އޭރުން މިޮއތީ މި ބޭނުންވެގެން އުޅުއްވާ އިންގިލާބު ގެނެވި ނިމިފައެވެ. އާދެ، ޒުވާން ޝަމްސުއްދީނު ހިލްމީ އަކީ

ވަރަށް ފިނޑި މިބާވަތުގެ ކަމެއްގައި އުޅުއްވަން ވެސް ނުވާ ވަރުގެ ބޭފުޅެކެވެ. ޝަމްސުއްދީނަކީ ހަތާވީހަކަށް އަހަރުގެ ޒުވާން ބޭފުޅެކެވެ. އެހެން ނަމަވެސް

އަމީރު އަމީން ދީދީ ގެ ހުންނެވި އެންމެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެން ހުންނެވީ ޝަމްސުއްދީނު ހިލްމީއެވެ. ދެން ހުންނެވީ އަލްފާޟިލް

އިބްރާހިމް ހިލްމީއެވެ. ހިލްމީއަކީ މިބާވަތުގެ ކަންކަމަށް އެއްޮގތަކަށްވެސް އާބޭފުޅެއް ނޫނެވެ.

)ނުނިމޭ(

Page 20: Sun Magazine 35

20

އިންސާނީ މުޖުތަމައެއްގައި ސިޔާސީ ބާރުވެރިކަމެއް ގާއިމު ކުރުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ މެންބަރުންގެ އިންސާނީ

ހައްގުތައް ހިމާޔަތް ކުރުމެވެ. އެއީ އިސްލާމް ދީނުގައި އެކަން ޮއންނަ ޮގތެވެ. އިސްލާމް ދީން ބާވައިލެއްވުނުތާ އެތައް ގަރުނެއް

ފަހުން، މީލާދީން 1776 ވަނަ އަހަރު ޔުނައިޓެޑް ސްޓޭޓްސް ޮއފް އެމެރިކާގެ "ޑެކްލަރޭޝަން ޮއފް އިންޑިޕެންޑެންސް" ނުވަތަ

"މިނިވަންކަމުގެ ގަރާރު" ގައި ބުނެފައި ވަނީ ވެސް އެކަން ޮއންނަން ޖެހޭނީ އެހެން ކަމަށެވެ. އެހެންކަމުން މުޖުތަމައުގައި ސިޔާސީ

ބާރުވެރިކަން އުފައްދައި، އެ ބާރުވެރިކަން ދުސްތޫރީ އުސޫލުތަކަކާއި އިންތިޒާމުތަކެއްގެ ތެރެއިން ލައިފައި ދައުލަތުގެ ބާރުތަކަކާ ހަވާލު

ޮކށް، ދައުލަތެއްގެ ޮގތުގައި މުޖުތަމައު ހިންގުމުގެ އިހުތިޔާރު ދެވެނީ ދައުލަތުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ޮކށްދިނުމުގެ ޒިންމާ

އުފުލުމަށް ޓަކައެވެ. އެ ހައްގުތައް ރައްކާތެރި ޮކށްދިނުމުގެ މަސައްކަތުގައި އެ ބާރުތައް

ފޭލި ވެއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟އެމެރިކާގެ މިނިވަންކަމުގެ ގަރާރުގައި ޮއންނަ އިބާރާތަކުން މާނަ

ކުރެވޭ ޮގތުގައި އެހެން ވެއްޖެ ނަމަ އެ ވެރިކަމަކަށް ރައްޔިތުންގެ މައްޗަށް ބާރު ޯފރުވައި، ވެރިކަން ކުރުމުގެ ހައްގު ގެއްލުނީއެވެ.

މިއީ ވެސް މާ ކުރީއްސުރެ އިސްލާމީ ސިޔާސީ ނިޒާމުގައި އެކަށައެޅިފައި ޮއތް އުސޫލެކެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާ

އަބޫބަކުރުއްޞިއްދީޤު ޚިލާފަތުގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވެފައި ވަނީ މުސްލިމުން އެކަލޭގެފާނަށް ކިޔަމަންތެރިވުން ވާޖިބު ވަނީ އެކަލޭގެފާނު هللا ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާ

ކުރައްވާހައި ހިނދަކު ކަމަށެވެ. هللا ގެ އަމުރުފުޅުތަކުގެ އަސާސީ މުރާދަކީ އިންސާނުންގެ، ނުވަތަ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ޮކށްދިނުމެވެ. ތެދު ދެނެގަތުމާއި، ތެދާ އެއްޮގތަށް އުޅުމުގެ ހައްގެވެ. ދިރިހުރުމާއި، މުދަލާއި، ޒާތީ މިނިވަންކަމާއި، އިލްމު ޯހދުމާއި، އަދުލު އިންސާފުގެ ހައްގު ފަދަ އެތައް ހައްގުތަކެއް ރައްކާތެރި ޮކށްދިނުމެވެ.

ރައްޔިތުންގެ މި ހައްގުތައް ރައްކާތެރި ޮކށްނުދެވޭ ވެރިކަމަކަށް ވެރިކަން ކުރުމުގެ އެއްވެސް ހައްގެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހޭ ކިޔާ ދައުލަތުގެ ސިޔާސީ ބާރެއްގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަންދޫބުންގެ ޮގތުގައި ހަރަކާތްތެރިވުމުގެ

ޒިންމާ އާއި މަސްއޫލިއްޔަތާ ހަވާލު ވެގެން ތިބޭ ބަޔަކު ޮކންމެ މަހަކު ރައްޔިތުންގެ ހަޒާނާއިން 82500 ރުފިޔާ މުސާރައިގެ ޮގތުގައި

ނަގަން ފަށައިފި ނަމަ އެއީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ޮކށްދިނުން ކަމުގައި ވެދާނެ ބާވައެވެ؟ އެކި ޮކޅުޮކޅަށް ބަލައި

ވިސްނާލަމާ ހިންގަވާށެވެ!ދިވެހިރާއްޖޭގެ ރައްޔިތެއްގެ ނިސްބީ މުސާރަ މަހަކު ދިހަވަރަކަށް

ހާސް ރުފިޔާއަށް ވެސް ނާރައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަންދޫބުންގެ ޮގތުގައި ތިއްބެވި މެންބަރުން އެ ނަންގަވާ

މުސާރައަކީ ރައްޔިތަކަށް ނިސްބީ ޮގތެއްގައި މަހަކު ލިބޭ އެއްޗަކަށް ވުރެ ގާތްގަނޑަކަށް ނުވަ ވަރަކަށް ގުނަ ޮބޑު އެއްޗެކެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް އައްޑިހަ އިން ސައްތަ މީހުންނަށް އަހަރަކު ވެސް އެ

ބޭފުޅުންނަށް މަހު މުސާރައިގެ ޮގތުގައި ލިބިވަޑައިގަންނަވާ ވަރުގެ އާމުދަނީއެއް ނުލިބެއެވެ.

އެ ބޭފުޅުންގެ މުސާރައަކީ 62500 ރުފިޔާއެވެ. އެ މުސާރައިގެ ތެރެއަށް ޮކމިޓީ އެލަވަންސޭ ވިދާޅުވެ 20000 ރުފިޔާއެއް އިތުރު ކުރެއްވިއެވެ. ޮކމިޓީ

މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަޒީފާގެ ބައެއް ނޫން ބާވައެވެ! ވަޒީފާއަކަށް މުސާރައެއް ކަނޑައެޅިފައި ޮއވެ މެ، އެ ވަޒީފާގެ

މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތަކަށް ވަކީން އެލަވަންސް ކަނޑައެޅޭނޭ

ރައްޔިތުންނަށް ހިދުމަތް ނުކުރެވޭނަމަ ދުރަށްދޭއަލްއުސްތާޒު އަހުމަދު މާޖިދު

Page 21: Sun Magazine 35

21

ރައްޔިތުންނަށް ހިދުމަތް ނުކުރެވޭނަމަ ދުރަށްދޭބުއްދީގެ ހަމަޔަކީ ޮކބައި ހެއްޔެވެ؟

މެންބަރުން ދިރިއުޅުއްވަނީ މާލޭގައެވެ. އަޅުގަނޑަށް އެނގިފައި ޮއންނަ ޮގތުގައި މާލެއިން އާއިލާއަކަށް ފުދޭ ވަރުގެ ރަނގަޅު އެޕާޓްމަންޓެއް ވިއްސަކަށް ހާސް ރުފިޔާއަށް ލިބެއެވެ. ފަސް ވަރަކަށް މީހުންގެ

އާއިލާއަކަށް ކެއުމަށާއި ކަރަންޓަށާއި ފެނަށާއި އިންޓަރނެޓަށާއި ޯފނު

ފަދަ އެންމެހައި ޚިދުމަތްތަކަކަށް އެންމެ ގިނަވެގެން ވެސް ފަނަރަ ވަރަކަށް ހާސް ރުފިޔާ ހަރަދު ޮކށްގެން އުޅެވިދާނެއެވެ. އެހެންވިއްޔާ

މާލޭގައި ނުހަނު ތަނަވަސް ކަމުގައި އުޅެން ބޭނުން ވަނީ އެންމެ ގިނަ ވެގެން ވެސް 35000 ވަރަކަށް ރުފިޔާ ކަމަށް ބަލަމާ ހިންގަވާށެވެ. އޭގެ އިތުރަށް ރައްކާކުރާނޭ ފައިސާގެ ޮގތުގައި ދިހަވަރަކަށް ހާސް ރުފިޔާ އެއް ޮކށްލައިފި ނަމަ ވާނީ 45000 ރުފިޔާއެވެ. އަޅުގަނޑު ހިތުން މިއީ މަޖިލީހުގެ މެންބަރުންނަށް ވެސް، މިނިސްޓަރުންނަށް

ވެސް، އަދި ދައުލަތުގެ އެހެން އިއްޒަތްތެރީންނަށް ދޭން ވެސް ހަމަ ރަނގަޅު މުސާރައެކެވެ. ރައްޔިތުންގެ އެ ބޭފުޅުންނަށް މުސާރަ ދެނީ އެ ބޭފުޅުން މަހުޖަނުންނަށް ހަދާކަށެއް ނޫނެވެ. އެ ބޭފުޅުން ރައްޔިތުންނަށް ހިދުމަތް

ކުރައްވާ އިރު، އެ ބޭފުޅުންނަށް އަބުރުވެރި ދިރިއުޅުއްވުމެއް އުޅުއްވޭނޭ ފަދަ މުސާރައެއް ދޭން ވެގެންނެވެ. ނަމަވެސް އެ ބޭފުޅުންނަށް މީގެ ދެގުނަ

ނަންގަވައިގެން ނޫނީ ނުއުޅުއްވޭ ނަމަ އެއީ ވިސްނައިލާން ޖެހޭ މައްސަލަ އެކެވެ.

ބައެއް މެންބަރުން ވިދާޅުވާ ޮގތުގައި ޮކމިޓީ އެލަވަންސޭ އެއެކޭ މިއެކޭ ވިދާޅުވެގެން ރައްޔިތުންގެ ފައިސާއިން އަމިއްލަފުޅު ޖީބަށް ލައްވަން ޖެހެނީ ރައްޔިތުން "އަހަރެމެންގެ ކައިރިއަށް އެހީއަށް އެދިގެން ގިނަ އަދަދަކަށް

އަންނާތީ" އެވެ. އިންތިހާބީ ދާއިރާއެއްގެ ރައްޔިތުންގެ ތެރެއިން މެންބަރުންގެ ކައިރިއަށް އެޮގތަށް އެހީއަށް އެދި ސަލާން ޖަހަން، ފައިސާ ޯހދަން އެދިގެން

އަންނަނީ ނިސްބަތުން ކިތައް މީހުން ޯތ ބެލިފައި ވޭ ބާވައެވެ! އެފަދަ ދިރާސާއެއް ކުރެވިފައި ވާ ކަމެއް އަޅުގަނޑު ނުދެނެހުރީމެވެ. އަޅުގަނޑަށް

އެނގޭ ކަމަކީ އަޅުގަނޑުގެ ރައްޓެހީންނާއި ދަންނަ މީހުންގެ ތެރޭގައި އެޮގތަށް މެންބަރުން ކައިރިއަށް ސަލާން ޖަހަން ދާ މީހުން، އެހެން ނުދާ މީހުންނަށް ވުރެ މާ ޮބޑަށް ވެސް މަދު ކަމެވެ. އެހެންވިއްޔާ "އަހަރެމެން ކަލޭމެންގެ

ފައިސާއިން ކަލޭމެންނަށް ނުކަތާ ވަރުގެ މިންވަރެއް އަމިއްލަޔަށް ނިންމުންތައް ނިންމައިގެން މި ނަގަނީ ކަލޭމެން އަހަރެމެންގެ ކައިރިއަށް ސަލާން ޖަހަން

އަންނާތީއޭ" މިހެން މެންބަރަކު ވިދާޅުވުމަކީ ރައްޔިތުންނާ މެދު އިންސާފުވެރި ބަސްފުޅެއް ބާވައެވެ! އަނެއްކާ ފައިސާއަށް ޯވޓު ޯހދަން އަންނަ މަދު ބަޔަކަށް

ޯވޓަށް ޓަކައި ފައިސާ ދެނީ ކީއްކުރަން ބާވައެވެ! އެހެން އަންނަ މީހެއްގެ ގާތުގައި "އަހަރެން މި އުޅެނީ ތިޔަ އިދާރާގެ ރައްޔިތުންގެ މަންދޫބަކަށް ވާށޭ، ހަރާމް ޮގތުގައި ރިޝްވަތު ދޭކަށެއް ނޫނޭ" މިހެން ވިދާޅުނުވެވެނީ ކީއްވެގެން

ބާވައެވެ!އަބޫބަކުރުގެފާނުގެ މުސާރަފުޅުގެ ވާހަކައަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް

ގިނަ ބަޔަކަށް އެނގޭނޭ ވާހަކައެކެވެ. އެކަލޭގެފާނުގެ އެއް މަހުގެ މުސާރަފުޅުން އެ މަހުގެ ހަރަދުތައް ކުރައްވާފައި، އެންމެ ދުވަހަކު ޮފނިކާ އެއްޗެއް ހައްދަވާނޭ

މިންވަރު އަނބިކަމަނާ ބާކީ ކުރެއްވިކަން އެނގިވަޑައިގަތުމުން އެ ބާކީ ކުރެވުނު މިންވަރު މުސާރަފުޅުން އުނި ޮކށްލެއްވިއެވެ.

މި ކަހަލަ ވާހަކަތައް ވަނީ އެބޭފުޅުންގެ ކަންފަތްޕުޅުތަކުގެ ހިނދުރިއަށް ޖަހާ ޮހނުގުގުރިތަކެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވާނީ "ތިޔައީ އަބޫބަކުރުގެފާނޭ، އެފަދަ މާތް ބޭފުޅުންނެއް އާދައިގެ އިންސާނުންގެ ތެރެއަކު ނުއުޅޭނެޔޭ" މިހެންނެވެ. އަނެއްބައި ބޭފުޅުން ވިދާޅުވާނީ "ތިޔައީ ދެން މާ

ކުރީގެ ޮގތެކޭ، ތިޔައީ އެއިރަށް ރަނގަޅު ވިޔަސް މިހާރަކަށް ކަމުދާނޭ ޮގތެއް ނޫނޭ" މިހެންނެވެ. ބާކީ ތިއްބަވާ ބޭފުޅުން ވިދާޅުވާނީ "އަހަރެމެންނަކަށް ޮކން

އަބޫބަކުރެއް އުމަރެއް ހެއްޔޭ" މިހެންނެވެ. ޮކންމެވެސް ސަބަބަކާ ހުރެ އެ މަތިވެރި ނަމޫނާއަށް އަމަލު ނުކުރެވޭ ޮގތް އަބަދުވެސް ޮއންނާނީ މެދުވެރި ވެފައެވެ. އެ ޮގތް އެހެންޏާ އަމަލު ކުރެވޭ ވަރަށް ވުރެ ރަނގަޅު ވާނީއެވެ.

ނުވަތަ އެއަށް ވުރެ ޯގސް ވާނީއެވެ.

Page 22: Sun Magazine 35

22

ރައްޔިތުން އެ ބޭފުޅުންނަށް މަންދޫބުކަމުގެ މަގާމު އަރުވަނީ އެ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކެއްގެ މައްޗަށް ބިނާޮކށެވެ. ހުއްޓި ތިއްބަވާ މަނައްސާތަކެއްގެ މައްޗަށް ބިނާ ޮކށެވެ. އެހެންވީމާ މެންބަރަކަށް

ރައްޔިތުން ތިމާއަށް ޯވޓު ދިން އިރު ތިމާ ހުރި ޕާޓީ ބަދަލު ކުރެވިގެން ވެސް ނުވާނެއެވެ. ޑީއާރުޕީ މެންބަރަކަށް އެމްޑީޕީއަށް ވެސް ދެވިގެން

ނުވާނެއެވެ. އެމްޑީޕީ މެންބަރަކަށް ޕީޕީއެމަށް ވެސް ދެވިގެން ނުވާނެއެވެ. އެހެން ދެވޭނީ ބުއްދީގެ ހަމަތަކާއި، އަދުލާއި އިންސާފު ވެއްޔާ ޮމޑެލުމަށް

ފަހުއެވެ. އެހެން ހަދާނީ ތިމާގެ ޒަމީރު ނޭވާ ޮހޅިޔަށް އެޅި، ހައްގާއި ބާތިލުގެ ތަފާތު ޮއޅި، އަމިއްލަ އެދުމާ ހުރެ ނިވައްތައިގެންފައި ހުރި

މީހެކެވެ. ގެޮދރުގެ އަގުތައް ހުރީ ލިބޭ މުސާރައަށް ވުރެ މަތީގައެވެ. ކާޯބތަކެތީގެ

އަގުތައް ހުރީ ލިބޭ މުސާރައިން ކިރިޔަކިރިޔާ ފުއްދައިލެވޭ ވަރަށެވެ. ތައުލީމާއި ސިއްހީ ހިދުމަތްތައް ޮއތީ ޮބއްސުން ލައިފައެވެ. ރައްޔިތުންގެ

މެދުގައި އަދުލު އިންސާފު ގާއިމު ކުރަން ބޭނުން ވާ ގާނޫނުތަކެއް ނުހެދެއެވެ. އެވަރުން ވެސް ރައްޔިތުންގެ ހަޒާނާއިން ވަކި މިނެއް

ހައްދެއް ނުބަލައި ނަގަނީއެވެ. އެއިން ކަމަކަށް ރައްޔިތުންގެ ބަޔަކު ފާޑު ކިޔައިފި ނަމަ، ފާޑު ކިޔާ ރައްޔިތުން ޯކޓަށް ގެންޮގސް، ޖަލަށް ލާން

ޖެހޭނެ ކަމަށް ބުނެ ވާހަކަ ވެސް ދައްކަނީއެވެ. އަހަރެމެންގެ އިއްޒަތާއި އަބުރާއި ކަރާމާތޭ ކިޔައިގެން ވާހަކަ ދައްކަނީއެވެ. އިއްޒަތެއް އަހުލާގެއް ނެތް ބަޔަކު ތިމާމެންގެ އިއްޒަތޭ ކަރާމާތޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ޮބޑު ވެގެންވާ އަނެއް ޯޖކެވެ!މީ ހަގީގަތުގައި ވެސް މަޖިލީހުގެ ބައެއް

މެންބަރުންގެ ފުށުން ފެންނަ ކަން ކަމެވެ. މިހެން ކަންތައް ކުރާ މެންބަރުންނަށް ރައްޔިތުންގެ ވެރިކަން ޮކށް،

ރައްޔިތުންގެ މަންދޫބުންގެ ޮގތުގައި ތިބުމުގެ ހައްގެއް ޯނންނާނެއެވެ. ވެރިކަމާ މެދު އަޅުގަނޑުމެން ހަނދާން ކުރަންވީ ޕިއެރޭ ޯޖސެފް ޕްރައުދަން ވިދާޅުވެފައި ވާ ބަސްފުޅުތަކެކެވެ. އޭނާ ލިޔުއްވާފައި

ވެއެވެ. "ތިމާމެންގެ މައްޗަށް ވެރިކަން ކުރެވުމުގެ މާނައަކީ، ތިމާމެން ބެލުންތެރި ޯލތަކެއްގެ ދަށުގައި ތިބެން ޖެހުމެވެ. ތިމާމެންގެ ކަންތައްތައް ތަހުގީގު ކުރެވުމެވެ. ތިމާމެންގެ މައްޗަށް ޖާސޫސު ކުރެވުމެވެ. ތިމާމެން އުޅޭނޭ ޮގތްތައް ބުނެދެވުމެވެ. ތިމާމެންގެ މައްޗަށް ގާނޫނުތައް ހަދައި އުޅޭނޭ ނުއުޅޭނޭ ޮގތްތައް ބުނެދެވުމެވެ. ތިމާމެންގެ އަދަދު ގުނެވުމެވެ. ތިމާމެންނަށް ވަދެވޭނޭ ތަންތަނާއި ނުވަދެވޭނޭ ތަންތަން ކިޔައިދެވުމެވެ. ތިމާމެން ގަބޫލު ކުރަން ޖެހޭ ޮގތްތަކާއި ގެންގުޅެން ޖެހޭ އަގީދާތައް ކިޔައިދެވުމެވެ. ތިމާމެންނަށް އަމާޒު ކުރެވޭ ތަގުރީރުތައް އަޑުއަހަން

ޖެހުމެވެ. ތިމާމެންގެ ހަރަކާތްތައް ޮކންޓްޯރލު ކުރެވުމެވެ. ތިމާމެން ޗެކް ކުރެވުމެވެ. ތިމާމެންގެ އަގު ކުރެވުމެވެ. ތިމާމެންނަށް ބެލޭނޭ،

ކިޔޭނޭ ތަކެއްޗާއި ނުބެލޭނޭ، ނުކިޔޭނޭ ތަކެތި ކަނޑައެޅުމެވެ. ތިމާމެންގެ މައްޗަށް އަމުރާއި ނަހީ އިއްވުމެވެ. މި ހުރިހާ ކަމެއް ކުރާނީ އެކަންތައް ކުރުމުގެ ހައްގު ވެސް އެ ބަޔަކަށް ލިބިގެން ނުވާ، އެކަންތައް ކުރުމަށް ޓަކައި ބޭނުން ވާ ހިކުމަތްތެރިކަމާއި އިލްމާއި ހިލްމު ވެސް އެ ބައެއްގެ ކިބައިގައި ނުވާ، އަދި އެ ކަންތައް ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ އަހުލާގާއި ތަވާޟުއުވެރިކަން ވެސް އެ ބައެއްގެ ކިބައިގައި ނެތް

ބައެކެވެ." ރާއްޖޭގެ ސިޔާސީ މައިދާނުގެ ކަންތައްތައް ހިނގާ ޮގތާ މެދު

ވިސްނައިލުމުން ޕިއެރޭ ޯޖސްފް ޕްރައުދަންގެ މި ބަސްފުޅުގެ ތެދުކަން އަޅުގަނޑަށް އިހުސާސް ކުރެވެއެވެ.

Page 23: Sun Magazine 35

23

ކުރިން ޮކންމެ ތިން މީހެއްގެ ތެރެއިން ދެމީހެއްގެ އަތުގައި ޮއންނާނީ ޮނކިޔާ ޯފނެކެވެ. އޭރު ދެން އެވަރުގެ ޯފނެއް ނެތެވެ. ޮނކިޔާ ޯފނުގެ ޮމޅު ވާހަކަ

އަބަދު ދައްކަމުން ދިޔަ ނަމަވެސް ޮނކިއާ ޯފނުގެ ޮމޅު ވާހަކަ ދައްކާނެ މީހަކު މިހާރު އުޅޭ ހެނެއް ހިޔެއް ނުވެއެވެ. ސަބަބަކީ އެ ޯފނުގައި ޮއމާންކަމެއް ނެތުމެވެ. އައިޯފނު އަދި އެންޑުޮރއިޑުން ހިންގާ ޯފނުތަކުން ޮކށްލާ ޮމޅު އެއް ކަމެއްވެސް މިހާރު ޮނކިއާ

ޯފނުތަކުން ނުކުރެވެއެވެ. ޯފނުގެ ކަސްކަމާއި ބައްޓަމުގެ ހުތުރު ކަމުގެ އިތުރުން ޮނކިއާ ޯފނުތަކުގެ ޮއޕަރޭޓިން ސިސްޓަމްތަކުގެ ވާހަކައަކީ ވެސް މިއަދު މީހުން

ދައްކަން ބޭނުންވާ ވާހަކަ އެއް ނޫނެވެ. ސަބަބަކީ ފެންވަރެއް ނެތުމެވެ. ޒަމާނަށް ނުފެތުމެވެ.

ދުނިޔޭގެ ސުމާރޓު ޯފނު ބާޒާރުގައި އެންޑުޮރއިޑުގެ ޙިއްސާ ސާޅީސް ހަތަރު ޕަސެންޓަށް އެރިއިރު އައިޯފނުގެ

ޙިއްސާ ތިރީސް ޕަސެންޓަށް ވުރެ މައްޗަށް ވަނީ ޖެހިލާފައެވެ. ސައްތައިގެ ބާކީ ޮނކިއާ އަދި ވިންޯޑސް އިން ހިންގާ ތަފާތު ޯފނު ތަކަށް ބެހިފައިވާއިރު ބާކީ ޙިއްސާގެ ޮބޑު ޕަސެންޓެއް ބުލެކުބެރީ ޯފނުތަކުން ވެސް

ވަނީ ޯހދާފައެވެ. އެހެންކަމުން މިއަދު ދުނިޔޭގައި ޮނކިއާގެ ސުމާރޓު ޯފނަކީ ނެތެމުންދާ އެއްޗެއްގެ ޮގތުގައި ވަނީ ބެލެވެން ފަށާފައެވެ. ކުރިން އެވަރެއް ނެތިގެން އުޅުނު ޯފނުތަކުގެ ތެރެއިން ދިވެހިންނަށް މިހާރު ކަމުދަނީ ޮނކިއާ

ޯޓޗުބައްތި ޯފނު އެކަންޏެވެ. ޮނކިއާގެ އީ، ހަތްދިހަ އެކެއްގެ ބެޓަރި ވަރުގަދަކަމަށް ބުނެ ގިނަ ބަޔަކު އެޯފނު ގެންގުޅުނު ނަމަވެސް

މިހާރު އެޯފނު ގެންގުޅޭ މީހުންވެސް ވަނީ ވަރަށް މަދުވެފައެވެ.ދުނިޔޭ ނެތެމުންދާ ޯފނު ތަކުގެ ލިސްޓުގައި ޮނކިއާ ޯފނު ތަކުގެ އިތުރުން

ވިންޯޑސް ޮއޕަރޭޓިން ސިސްޓަމުން ހިންގާ ޯފނުތައް ވެސް ވަނީ ހިމެނިފައެވެ. ކުރިން ވިންޯޑސް އަޅައިގެން ހިންގަމުން އައި އެޗު.ޓީ.ސީ ނުވަތަ ސަމްސަން އަދި އެހެންވެސް ބުރޭންޑުތަކުގެ ޯފނުތައް އެންޑުޮރއިޑު ނިކުތުމާއި އެކު އެނޫން އެހެން ޮއޕަރޭޓިން ސިސްޓަމެއް ބޭނުން ކުރަން ދެޮކޅު ހެދިއެވެ. ސަބަބަކީ އައިޯފނާއި

ވާދަޮކށްލެވޭ ވަރުގެ ޮއމާންކަމެއް ހުރީ ކިރިޔާވެސް އެންޑުޮރއިޑުގަ ކަމަށް ވުމެވެ. އެހެންކަމުން ވިންޯޑސް ޯފނުތަކާއި ޮނކިއާ ޯފނުތަކަށް ޮއތް ވިޔަފާރި ހީނުކުރާހާ ޮބޑަށް

ދަށްވެގެން ދިޔައެވެ. ވިންޯޑސް ޯފނުތަކުގައި ހިފާނެ މީހުން ހުސްވަމުން ދިޔަ ވަގުތު ޮނކިއާ އައިސް ވަނީ މައިކުޯރޮސފްޓުގެ އަތުގައި ހިފާފައެވެ. މަރުވަމުން ދިޔަ މިދެފަރާތް އައު ހިތްވަރެއްލާފައި ވަނީ ގިނަ ބަޔަކު ހައިރާން ޮކށްލާނެ ދެ ޯފނު އުފައްދާފައެވެ.

މާރުކޭޓަށް ވިއްކަން ނެރުމުގެ އެންމެ ފަހު މަރުހަލާގައި އުޅޭ މިދެޯފނުގައި ހިންގަނީ ވިންޯޑސް ޯމބައިލް ޮއޕަރޭޓިން ސިސްޓަމެވެ. ވިންޯޑސް ޯފނު ހަތަކުން ހިންގުމަށް

ޮނކިއާ ކުންފުނިން އުފެއްދި ޯފނު ތަކުގައި ގިނަ ބަޔަކު ހައިރާން ޮކށްލާނެ ކަންކަން ވަނީ ހިމަނާފައެވެ.

އައިޯފނު އަދި އެންޑުޮރއިޑު ޯފނުތަކުގައި ހުންނަ ގިނަ ޖާދުވީ ކަންކަން ހިމެނުމަށް ފަހު އޭގެ އިތުރަށް ވެސް ގިނަ ކަންކަމެއް މިހާރު ނެރުމަށް ތައްޔާރުވެފައިވާ ޮނކިއާ "ލޫމިއާ" އަށްސަތޭކަ އަދި ހަތްސަތޭކަ ދިހައެއްގައި ވަނީ

ހިމަނާފައެވެ. މިހާރު ގެންގުޅޭ ޯފނުތައް ލަންބާލައިފި ނަމަ ޯފނު ޮއންނާނީ ރޫޅިފައެވެ.

ޯފނުގެ މޫނުމަތި ބިންދައިގެން ދިއުމުގެ އިތުރުން ޯފނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމަކީ ވެސް ގާތްކަމެކެވެ. އެހެން ކަމުން ޯފނެއް ލަންބާލަން އުޅޭނީ ޯފނު ހަލާކު ޮކށްލަން އުޅޭ މީހެކެވެ. އެހެނަސް ޮނކިއާ އިން ނެރެން ތައްޔާރު ވެފައިވާ

ޯފނު ތަކަކީ އެޯފނު ލަންބާލުމުން ޯފނުގައި ހިމެނިފައިވާ ޮފޯޓ އެކިޮކޅު ޮކޅަށް ދުވެލާ ޯފނެކެވެ. ޯފނު ބިންދައިގެން ނުދާއިރު އެކިއެކި ލަވަތައް ވެސް ޖަހަން ފެށެއެވެ. ކުރިން ޮނކިއާ ޯފނު ނެރެމުން އައީ ހަމަ އެކަނި އެކަކު އަނެކަކާއި

ގުޅުވައިދިނުމުގެ ނަމުގައެވެ. )ކަނެކުޓިން ޕީޕަލް( ގެ ނަމުގައި ނިކުންނަމުން ދިޔަ ޯފނު ތަކުގައި ހިންގަމުން އައީ ޮނކިއާގެ އަމިއްލަ ޮއޕަރޭޓިން ސިސްޓަމެއް ކަމަށްވާ ސިންބިއަން ކިޔާ ޮއޕަރޭޓިން ސިސްޓަމެކެވެ. އެ ޮއޕަރޭޓިން ސިސްޓަމުގައި ޮއމާން

ކަމެއް ނެތެވެ. ކުރެވޭ މާޮމޅު ކަމެއް މިޒަމާނަށް ބަލާއިރު ނެތް ކަމަށް ވެއެވެ. އެހެނަސް ވިންޯޑސް ޯފން ހަތެއްގެ ޮއޕަރޭޓިން ސިސްޓަމްތައް ޮނކިއާ ޯފނަށް ފައްކާ ކުރަން ފެށުމާއި އެކު އައިޯފން އަދި އެންޑުޮރއިޑުން ހިންގާ ޯފނު ތަކުން ލިބޭ ހިތްހަމަ ޖެހުން ލިބެން ފަށާފާނެ ކަމުގެ ޮކޅުމަތި މިވަނީ

ފެންނަށް ފަށާފައެވެ. އެޮގތުން ޮނކިއާގެ ލަންބާލެވޭ

ޯފނުމަތީގައި މީހަކަށް ޮއޅިގެން އިށީދެވުނަސް ޯފނު ބިންދައިގެން ނުދެއެވެ. ޯފނުމަތީގައި

އިށީނދެވުމުން އެހެން މީހަކަށް ޯފނު ޯކލެއް ޮކށްލެވޭ ކަމީވެސް އާދައިގެ ކަމެއް ނޫނެވެ.

ފަނޑުވަމުން، ގެއްލެމުން، މަރުވަމުން ދިޔަ ޮނކިއާ އަދި ވިންޯޑސް

ޯފނު ތަކުގައި ވިންދު އެބަހުރިކަން މިހާރު މިވަނީ އިނގިފައެވެ. މަލްޓިޓަޗު ޯފނުތަކުގައި އިނގިލި ނޫން އެއްޗެއް ޖެއްސުމުން ދެނެގަނެވޭ ޮގތެއް ނުވެއެވެ. އައިޯފނު ނުވަތަ

އެންޑުޮރއިޑުން ހިންގާ ޯފނު ތަކުގައި އަތަށް އަންގިއެއް ލައްވައިގެން އިނގިލި ޖައްސާލިޔަސް ހަބަރެއް ނުވާނެއެވެ. ހަރަކާތެއް ނުކުރާނެއެވެ. ސަބަބަކީ އެޯފނު

ތަކަށް އެވަރަށް އިހުސާސް ނުކެރެވުމެވެ. އެހެނަސް ޮނކިއާ އިން ނެރުމަށް ތައްޔާރު ވެފައިވާ ޯފނު ތަކުގައި ހިމެނޭ މަލްޓިޓަޗުގެ އިހުސާސް ކުރުމުގެ ކުޅަދާނަ ކަން

މަތިވެފައި އަންގިއެއް ލައިގެން ހުރެ އަންގިން ޮކށްޓާލުމުން ވެސް މިޯފނުތައް ހަރަކާތް ކުރެއެވެ. އެހެން ކަމުން އައިޯފނު އަދި އެންޑުޮރއިޑު ޯފނު ތަކަށްވުރެ ޮނކިއާ އިން އުފެއްދި މައިކުޯރޮސފްޓް ވިންޯޑސްއިން ހިންގާ މިޯފނުތަކުގައި އިހުސާސް ކުރެވޭ

މިންވަރު މަތި ކަން މިވަނީ ހާމަވެފައެވެ. ދުނިޔޭގެ ޮބޑެތި ކުންފުނި ތަކުގެ ލިސްޓުގެ ކުރީގައި އަދިވެސް

ހިމެނޭ ޯފނު އުފެއްދުމުގައި ކުރިން ރަސްކަން ކުރި ޮނކިއާ ކުންފުންޏާއި ޮއޕަރޭޓިން ސިސްޓަމު ވިއްކައިގެން ދުނިޔޭގެ އެންމެ މުއްސަނދި ކުންފުނީގެ ޮގތުގައި ގިނަ ދުވަސް ތަކެއް ވަންދެން ދެމިޮއތް މައިކުޯރޮސފްޓު އެކުވެގެން އުފައްދާ ޯމބައިލް ޯފނުތައް ގިނަ ބަޔަކު ހައިރާން ކުރާނެ ކަމަށް މިހާރު މިވަނީ ބެލެވިފައެވެ. އަދި އެޯފނުތައް ވިއްކައިގެން ގިނަ ފައިސާ ތަކެއް ދެން ޯހދަން ފަށާފާނެ ކަމީ މިހާރު ޝައްކު ކުރާ ކަމެއް ނޫނެވެ. މިދެކުންފުނީގެ ވިސްނުން ޒަމާނާއި ގުޅުވޭނެ ކަމާއި

މެދު މިހާރު ވަނީ ޔަޤީންކަން އިތުރުވެފައެވެ. ޮނކިއާ ޯފނުތައް މައިކުޯރޮސފްޓު ވިންޯޑސް ޮއޕަރޭޓިން ސިސްޓަމާއި އެކު އެނބުރި އައުމުން ޯމބައިލް ޯފނު އުފައްދާ ކުންފުނި ތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ރޫހު މިވަނީ އަނެއްކާވެސް

އިތުރުވެގެން ޮގސްފައެވެ.

ނެތެމުންާދ ނޮކިާއ ފޯނުތައް، މައިކްރޯސޮފްޓް ވިންޑޯސްާއއެކު އަންނަީނ

އާދަމް ނަސީރު ސިންގަލް ކްލިކް

Page 24: Sun Magazine 35

24

ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކަށް ސަލްމާނު ހާނަށް ދައުވަތު ދީގެން އުޅޭތާ

އެތައް ދުވަހެއް ވީ އިރުވެސް ސަލްމާނުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނު ލިބުމުގެ

ސަބަބުން އެ ޯރލު ޝާހުރުޚްޚާނަށް ދޭން ސަންޖޭ ނިންމައިފިއެވެ. މި ފިލްމަކީ ވަރަށް

ކުރީއްސުރެ އޭގެ ރޭވުންތައް ރާވަމުން އައިސްފައިވާ ފިލްމެކެވެ. އެހެން ކަމުން ޝާހާއެކު ވެސް

މި ފިލްމު ފުރިހަމަ ކުރެވޭނެޯތ އެއީ އުފެދޭ ސުވާލެއް ކަމުގައި ފާޑު ކިޔާ ފަރާތްތަކުން ދަނީ

ބުނަމުންނެވެ. ސަންޖޭ އެންމެ ފުރަތަމަ ބޭނުންވީ ސަލްމާނާއި އައިޝްވާރިޔާ ހަރަކާތްތެރިވާ

ފިލްމަކަށް މި ފިލްމު ހަދާށެވެ. އެހެން ނަމަވެސް ސަލްމާނު އައިޝްވާރިޔާއާ ރުޅިވުމުން އެ

ޮގތަށް ފިލްމުގެ ކަންތައް ކުރިޔަށް ނުގެންދެވޭނެތީ ކަރީނާ ކަޕޫރާއި ސަލްމާނުގެ ފިލްމަކަށް

މި ފިލްމު ހަދަން ސަންޖޭ ނިންމިއެވެ. މިހާރު ސަލްމާން މި ފިލްމުން ނުފެންނާނެކަން

ކަށަވަރުވެފައިވާ އިރު ޝާހާއެކު ފެންނާނީ ކަރީނާޯތ ނުވަތަ ކަރީނާ އާއި ޝާހުގެ ބަދަލުގައި

އެހެން ދެ ތަރިއަކަށް ފުރުސަތު ދޭނީޯތ މިއީ ވެސް ސުވާލެކެވެ. އެހެންކަމުން މިވާހަކައަކީ

ވެސް މީހަކު ފިލްމެއް ހަދާލަން ރަނގަޅު ވާހަކައެއް ކަމަށް ބައެއް މީހުން ބުނެއެވެ. އެފަދަ

ފިލްމެއްގެ ނަމަކަށް ވާނީ "ޮކންފިއުޒްޑް ޕްޮރޑިއުސަރ" ކަމަށް ވެސް އެފަދަ ފަރާތްތަކުން

ބުނެއެވެ.

ސަލްާމނުގެ ބަދަލުގައި ާޝހު

ބުދަ ދުވަހު ފިލްމު ރާވަން ރިލީޒްވުމަކުން ކަރީނާ ކަޕޫރަށް ހާއްސަ

ކަންތައްތަކުގެ ސިލްސިލާއަށް ނިމުން އައީކީ ނޫނެވެ. ލަންޑަނުގައި ހުންނަ

އުށުގެ ދާރުލްއާސާރުގައި އޭނާގެ ސިފައަށް ހަދާފައިވާ ތިމްސާލު އާންމުޮކށް

ދައްކައިލުމަކީ އޭނާއަށް ލިބޭނެ ވަރަށް ޮބޑު އުފަލެކެވެ. ލަންޑަނުގައި އޭނާގެ

ނަކަލާއެކު ހޭދަ ކުރާ އިރު އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ކަރީނާ

ކަޕޫރަކީ ފެޝަނަށް ޯލބި ކުރާ ތަރިއެއް ކަމުން އޭނާގެ ތިމްސާލު ވެސް

ހަދާފައިވަނީ އޭނާގެ ޒަމާނީ އުޅުން ދައްކުވައިދޭ ޮގތަށެވެ. ދުނިޔޭގެ ހުރިހާ

ތާކު ޒަމާނީ ފެޝަންގެ ހެދުންތައް ލައިގެން އުޅުނު ކަމަށް ވިޔަސް ލަންޑަނުގެ

އުށުގެ ދާރުލްއާސާރުގައި ހުންނަ އޭނާގެ ތިމްސާލު ލައްވާފައި ބަހައްޓަން އޭނާ

އެންމެ ބޭނުމީ އިންޑިޔާގެ ސަގާފަތް ދައްކައިދޭ ހެދުމެކެވެ.

ކަރީނާ ކަޕޫރުގެ ތިމްސާލާ ޖެހިގެން ހުންނަން އޭނާ ބޭނުންވަނީ ސައިފް އަލީ

ޚާންގެ ތިމްސާލެކެވެ. އެ އުއްމީދު ހުރިހާ މާނައެއްގައި ވެސް ފުރިހަމަ ވެގެން

ދިއުމަކީ އޭނާގެ ވަރަށް ޮބޑު އެދުމެކެވެ. ސައިފް އާއި ކަރީނާގެ ކައިވެންޏާ

ބެހޭ ސުވާލުތައް ނޫސްވެރިން ކުރުމަކީ ކަރީނާ ހިތްހަމަ ޖެހޭ ކަމަކަށް

ވިޔަސް، ނޫސްވެރިން ހިތް ހަމަ ޖެހޭ ކަހަލަ ޖަވާބެއް ދިނުމަކީ ކަރީނާ ކުރާ

ކަމެއް ނޫނެވެ. މިފަހަރު ވެސް ކައިވެންޏާ މެދު ސުވާލު ކުރުމުން ހިނިތުން

ވެލާފައި ކަރީނާ ބުނީ، އެކަމާ މެދު ދެން ވިސްނާނީ އަންނަ އަހަރު ކަމަށެވެ.

ކަީރނާ އޭާނގެ ނަކަާލއެކު ލަންޑަނުގައި

Page 25: Sun Magazine 35

25

Page 26: Sun Magazine 35

26

ކޮާމކޯޅި

ާފން ސިކުނީޑގެ ޠޫ

ރައްޔިތުންގެ އަތުން އެއްވެސް މިންވަރެއްގެ ޓެކްސެއް ނުނަގައި

ސަރުކާރުން ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ ގިނަ ޚިދުމަތްތަކެއް

ނުދެއްވޭނެކަމަށް އަޅުގަނޑުމެން އެއްބަސްވަމެވެ. ސަރުކާރު ހިންގެވުމަށް ބޭނުންވާ

ފައިސާ ތަފާތު ނަންނަމުގައި ސީދާޮކންނާއި ނުސީދާޮކށް ރާއްޖޭގައި ޤާނޫނީ

ވެރިކަމެއް ޮއންނަންފެށީއްސުރެ ރައްޔިތުންގެ އަތުން ނަގަމުން އައިސްފައިވެއެވެ.

އެކި ނަންނަމުގައެވެ. ބައެއްފަހަރު ފީގެ ނަމުގައެވެ. އަނެއްބައި ފަހަރު ވަރުވާގެ

ނަމުގައެވެ. އަނެއްބައިފަހަރު މައިމޫލުގެ ނަމުގައެވެ. މިކަމަކީ މިކަމާއި ގުޅުން

ހުރިފަރާތްތަކުން އަބަދުވެސް ޮކންމެވެސްވަރަކަށް ހިތްހަމަނުޖެހުން ފާޅުކުރަމުން

އައިސްފައިވާ ކަންތައްތަކެވެ. ދެކުނުގެ އަޮތޅުތަކުގައި ވަކިވެގަތުމަށް ހިނގި

ސަރުކާރާއި ދެޮކޅުވެރިކަމުގެ ހަރަކާތުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން

އެއް ސަބަބެއް ކަމަށް އެކަމުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ

އެތަންތަނުގެ ޮއޑިފަހަރުން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ޮބޑުވުމެވެ.

މިޒަމާނުގައި ޓެކްސްނެގެނީ އިނގިރޭސިބަހުން ކިޔާޮގތަށް ސީދާ ޓެކްސްގެ

ނަމުގައެވެ. އެކި ނަންނަމުގައި ރައްޔިތުންގެ އަތުން ޓެކްސް ނަންގަވަމުން

ގެންދަވައެވެ. އެއަރޯޕޓް ޓެކްސް، ޓޫރިސްޓް ޓެކްސްފަދަ ނަންނަމުގައެވެ.

ފަހަކަށް އައިސް ޓެކްސް އެންމެ ޮބޑަށް ނެގެމުން ދިޔައީ ފަތުރުވެރިކަމުގެ

ޞީނާޢަތާއި ގުޅޭޮގތުންނެވެ. އެ ޞީނާޢަތުގެ ޚިޔާލެއް ނުޯހދާ އަލަށް ޓެކްސްއެއް

ތަޢާރަފްކުރުމުން، އެކަމާއި މެދު އެފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރުމުން

ފުރަތަމަ ހުށައެޅޭޮގތަށް ބަދަލުގެނެވިފައިވެސްވެއެވެ. އަދި ޓެކްސް ދެއްކުން ފެށުން

ވަކިދުވަހަކަށް ފަސްކުރެވިފައިވެސްވެއެވެ. އެފަރާތްތަކުގެ އުނދަގޫތަކަށް ހައްލެއް

ޯހދައިދިނުމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ޮއންނަ ޮގތަށް ޓެކްސްގެ ނިޒާމެއް

ރާއްޖޭގައި ތަޢާރަފްކުރެވޭނަމަ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޮއންނަ

ފަދައިން އެ ޓެކްސެއް ނެގެންވާނީ އިންޞާފްވެރިޮގތަކަށެވެ. މިސްޓަރ ޯބއިޮކޓް

ޓެކްސް ނަގަންދިޔަޮގތަކަށެއް ނޫނެވެ. ކުރީ ޒަމާނުގައި، ވިލާތުގައި ރަސްގެފާނު

ހަނގުރާމައަކަށް ވަޑައިގެންނެވުމަށް ތައްޔާރުވުމަށް ރައްޔިތުންގެ އަތުން ފައިސާ

ޯހއްދެވުމަށް ގޭގެއަށް ޓެކްސްގެ ފައިސާނެގުމަށް މީހުންޮފނުއްވައެވެ. ފަގީރު

ދަނޑުވެރިންގެ އަތުން މިޮގތަށް ޓެކްސްގެ ޮގތުގައި އެއްޗެތި އަތުލަންދާ

މީހުން ދެކެ އެމީހުން ވަރަށް ރުޅިއާދެއެވެ. އެމީހުންނަށް ދަނޑުވެރިކަމުން

ފައިދާއެއްވިޔަސް ނުވަތަ ނުވިޔަސް އެމީހުންގެ އުފެއްދުމުން ބައެއް އަތުލާތީވެއެވެ.

ދަަނޑުވެރިކަން ވަރަށް ދަށް ދުވަސްވަރެއްގައި މިޮގތަށް ޓެކްސް ނަގަންދިޔަ

ޓެކްސް ޮއފިސަރުގެ ނަމަކީ ޯބއިޮކޓްއެވެ. އޭނާ ޓެކްސްނެގުމަށް ޮކންމެ ގެެއެއްގެ

ޮދރުމައްޗަށްއެރުމާއިއެކު އެގެއެއްގެ ޮދރު އޭނާގެކުރިމަތީގައި ލެއްޕިއެވެ. ޓެކްސް

ނުދައްކަންވެގެންނެވެ. އިނގިރޭސިބަހަށް ޯބއިޮކޓް ލަފްޒެއްގެ ޮގތުގައި އައީ

މިޮގތަށެވެ. މިޒަމާނުގައި މިޮގތަށް އަޅުގަނޑުމެންނަށް ރާއްޖޭގައި ފެންނަނީ

މީރާއެވެ. ތެދުފުޅެކެވެ. އެބޭފުޅުން ޤާނޫނުގައި ޮއތްޮގތަށް އަމަލުކުރައްވަނީ އެވެ.

ޤާނޫނުތައް ފާސްކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުން

ޤާނޫނުތައް ޢާއްމުޮގތެއްގައި ފާސްކުރައްވަނީ އެެއިރެއްގައި ޮއންނަ ސަރުކާރަކުން

ހުށައަޅުއްވާ ބިލެއްގެ އަސާސެއްގެ މައްޗަށް ބައްލަވާ އެބޭފުޅުން ބޭނުންފުޅު

ސީނާ އަޙްމަދު ޒާހިރު

ބަދަލުތަކެއް ގެންނެވުމަށްފަހަުގައެވެ. މިހާރު ފާސްވާ ބިލްތަކުން ނުކުންނަ

މައްސަލަތަކުންނާއި ބިލްތަކުގެ ފޭރާމުން ދޭހަވަނީ މަޖިލީހުން ފާސްކުރައްވާ

ގިނަ ބިލްތަކާއިމެދު ފުންޮކށް މެންބަރުން ވިސްނަވާފައި ނުޮއންނަކަމެވެ.

އަދި އެބިލްތައް ޤާނޫނަކަށްވުމުން ދިމާވެދާނެ ޮބޑެތި މައްސަލަތަކާމެދު

ބިނާކުރަނިވި ދިރާސާއެއް ކުރެވިފައި ނުޮއންނަކަމެވެ. މިޮގތަށްދިމާވުމުގެ

މައިގަނޑު ސަބަބެއްކަމަށް ފެންނަނީ މުހިއްމު ކަމާއި އަހުމިއްޔަތުކަން

ދެއްވަންޖެހޭ މައްސަލަތަކަށް ދެއްވަންޖެހޭ މިންވަަރަށް އަހުމިއްޔަތުކަން

ނުދެއްވި އެހެން ކަންކަމުގައި މަޖިލީހުގެ ވަގުތު ބޭކާރުކުރެއްވޭތީވެއެވެ.

ފާސްވާ ބިލްތައް ފުރިހަމަނުވުމުގެ ސަބަބުން ނުވަތަ މާނަ ޮއޅުންއަރާޮގތަށް

ބިލްތައް ފަރުމާކުރެވިފައި ޮއތުމުން އެކަމުގެ އުނދަގޫ އުފުލަންޖެހެނީ

ނިކަމެތިރައްޔިތުންނަށެވެ.

ސަރުކާރުން ކުރިން މަޢުލޫމާތު ދެއްވިޮގތުގައި ޖީ.އެސް.ޓީ.

ތަޢާރަފްކުރެއްވުމުގެ ކުރިން އިންޯޕޓު ޑިއުޓީ ނެގުން ހުއްޓަވާލައްވާނެއެވެ.

މިހެންވުމުގެ ސަބަބުން ރައްޔިތުންނަށް ތަކެތި އަގުޮބޑުވުމުގެ އަސަރެއް

ނުކުރާނެއެވެ. އެހެންނަމަވެސް މަޖިލީހުން ކުރިން ފާސްކުރެއްވީ ޖީ.އެސް.

ޓީ ނެގުމުގެ ބިލެވެ. ތެދުފުޅެކެވެ. ޖީ.އެސް.ޓީ ނެގުމަކުން ވިޔާފާރިވެރިންނަށް

އެކަމުގެ އަސަރު ސީދާ ނުޮކށްފާނެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް

އަންނަނީ އެއްފަހަރާ ތިން އެތިފަހަރެކެވެ. ގަންނަ ޮކންމެ އެއްޗެއްގެ އަގުގެ

ތެރެއަށް އިންސައްތަ 3.5 އިތުރުވެގެން އޭގެ ތެރެއަށް ޮޑލަރު ލިބެން

ހުންނަތަަނަކުން ލިބެންހުންނަ އަގަކަށް ގަތުމުގެ ޚަރަދު އިތުރުވެގެން އަދި އޭގެ

ތެރެއަށް ޑިއުޓީއަށް ދައްކަންޖެހޭ ފައިސާވެސް އަގުގެ ތެރެއަށް އެއްވެގެން

އައުމެވެ. ޖީ.އެސް.ޓީ. ހިލޭވުމަކީވެސް ޮއޅުން ނުފިލާ އަރަތައެކެވެ. ކުރުނބައާއި

ކާށިން ޖީ.އެސް.ޓީނެގެއެވެ. ގަބުޅިއަކުން ނުނެގެއެވެ. ކަމާއިބެހޭ ފަރާތުން

ކުރުނބާ އާއި ކާއްޓާ ދެމެދު ޮއންނަ މަރުހަލާ ޤަބޫލު ނުކުރައްވަނީކަމަށް

ވެދާނެއެވެ. ޙަޤީޤަތަކީ ގަބުޅީގެ މަރުހަލާއެއް ޮއންނަކަމެވެ. ހަމައެކަނި ގަބުޅީގެ

ބޭނުންޮކށްގެން އުފައްދާ ތަކެތި ވެސް ހުންނަކަމެވެ. ހަވާދުތަޅާ މީހާގެ

ހަވާދު ޖީ.އެސް.ޓީ ހިލެއެވެ. އެހެންނަމަވެސް މޫދު ޮލނު ގަނޑުޮކށްގެން

މަސްވެރިންނަށް ވިއްކާ އައިސްގެ ޖީ.އެސް.ޓީ. ހިލެއެއްނުވެއެވެ. މޭވާގެ ހުރިހާ

ބާވަތެއްގެ ޖީ.އެސް.ޓީ. ހިލޭއެވެ. ތަރުކާރީގެ ތެރެއިން ޮޓމާޯޓ އާއި ކެބޭޖް

އާއި ބީންސް އިން ޖީ.އެސް.ޓީ ހިލޭވެއެވެ. އެހެންނަމަވެސް ބަނބުކޭލުން

ޖީ.އެސް.ޓީ. ނަންގަވައެވެ. މުއާސަލާތީ )ޓެލެޯފނާއިގުޅޭ( ހުރިހާ އެއްޗަކުން

ޖީ.އެސް. ޓީ . ހިލެއެވެ. ހައްޖާއި ޢުމްރާ އަށް ކުރާ ދަތުރަށް ޖީ.އެސް.

ޓީ ދައްކަންޖެހެއެވެ. ރަގަޅު ރެސްޮޓރާންޓަކުން ކެއުމަށްފަހު ދައްކާ ސަރވިސް

ޗާޖުންވެސް ޖީ.އެސް.ޓީ ނެގެއެވެ. އޭގެ މާނައަކީ ޚިދުމަތުލިބިގަންނަ މީހާ

ޚިދުމަތަށް އަގުދައްކާއިރު "ބަކްޝިޝް" އަށް ދޭ ލާރިޮކޅުވެސް ޖީ.އެސް.

ޓީ. ގިންތީގެތެރޭގައި ހިމެނުމެވެ. ސީދާ ސާފު ކިރު ޖީ އެސް.ޓީ ހިލެއެވެ.

ކަޅުސައިތަށި ޖީ އެސް.ޓީ ހިލެއެވެ. އެހެންނަމަވެސް އެއަށް އެހެން އެއްޗެއް

އެއްޮކށްފިނަމަ ޖީ.އެސް.ޓީ ހިލެއެއްނުވެއެވެ.

)ނުނިމޭ(

26

Page 27: Sun Magazine 35
Page 28: Sun Magazine 35

6. ބެންޮޒއިލް ޕެޮރސައިޑް އެއް ގެންގުޅޭށެވެ.

މޫނުގައި ނުވަތަ ގައިގައި ގިނައިން ބިހި ނަގާ ކަމުގައި ވާނަމަ އިހްތިޔާރު ކުރާ މޫނު ޮދންނަ ފުޅި ނުވަތަ ޯލޝަން ގަތުމުގެ ކުރިން އޭގައި ބެންޮޒއިލް ޕެޮރސައިޑް

މާއްދާ ހިމެނޭޯތ ބަލާށެވެ. ބެންޮޒއިލް ޕެޮރސައިޑަކީ ވަކިން ވެސް ޕާމަސީ ތަކުގައި ވިއްކަން ހުންނަ އެއްޗެކެވެ. މި ޕްޮރޑަކްޓް، ކްރީމް އަދި ޖެލް ޮކށް

ވެސް ލިބެން ހުރެއެވެ. ބެންޮޒއިލް ޕެޮރސައިޑް ބެކްޓީރިޔާތައް މަރާލައެވެ. އެކަމަކު ބެންޮޒއިލް ޕެޮރސައިޑް އިން ނަތީޖާ ފެންނަން ތިން ހަފްތާ ވަރު ނަގާނެއެވެ.

އެހެން ކަމުން ކެތްތެރި ވާން ޖެހެއެވެ.

7. ބޭނުން ކުރާ މޭކަޕަށް ބަލާލާށެވެ.

ބިހިނެގުމަށް ފަރުވާ ޯހދަމުން ދާއިރު ގެންގުޅޭ މޭކަޕަކީ ޮކންކަހަލަ މޭކަޕެއްޯތ ބަލާލަން ޖެހެއެވެ. ހަމަ އެކަނި މޭކަޕުން ބިއްސެއް ނުނަގާނެއެވެ. އެކަމަކު މޭކަޕަކީ ބިހިނެގުމަށް ޮއތް ހައްލެއްވެސް ނޫނެވެ. ބައެއް ބްރޭންޑް ތަކުގެ މޭކަޕް ބޭނުން ކުރުމުން ބިހިނެގުން އިތުރު ވެގެން ދެއެވެ. މިހެންވާ ކަން

ފާހަގަ ކުރެވޭނަމަ އަވަހަށް އެހެން ބްރޭންޑެއްގެ މޭކަޕަކަށް ބަދަލު ކުރާށެވެ. ނުވަތަ "ޮއއިލް-ފްރީ" ނޫނީ "ނަން ޮކޯމ ޮޑޮޖނިކް" ޖަހާފަ ހުންނަ މޭކަޕެއް ބޭނުން ކުރާށެވެ. ދެތިން ހަފްތާ ވަންދެން އެހެން ބްރޭންޑެއް ބޭނުން ޮކށްފައި ބަދަލު ނުފެންނަންޏާ އަނެއްކާވެސް އެހެން ބްރޭންޑެއް ޯހދާށެވެ. ހަމާ ގުޅޭ

ރަނގަޅު މޭކަޕެއް ޯހދަން ކެތްތެރިކަން ބޭނުން ވާނެއެވެ. އަދި ކިތަންމެ ރަނގަޅު މޭކަޕެއް ލިބުނު ކަމުގައި ވީ ނަމަވެސް ނިދުމުގެ ކުރިން މޭކަޕް ރަނގަޅަށް ސާފު ޮކށް ޮދންނަން ހަދާން ބަހައްޓަން ވާނެއެވެ. އެހެނީ ރޭގަނޑު ނިދާފައި ޮއންނަ ގަޑީގައި މޭކަޕް ތަކުގެ

ސަބަބުން ހަމަށް ވަރަށް ޮބޑަށް ގެއްލުން ލިބޭނެއެވެ. އަދި ބިހިނެގުމުގެ ފުރުސަތު ޮބޑުވެގެންދާނެ އެވެ.

8. އިސްތަށިގަނޑު ތެޮޔކަމަށް ވާނަމަ ޮކންމެ ދުވަހަކު ޮދންނާށެވެ.

މޫނު ބިހިން ސަލާމަތް ކުރަން އިސްތަށިގަނޑު ވެސް ޮބޑު ބައެއް ކުޅެއެވެ. އެޮގތުން

އިސްތަށިގަނޑަކީ ތެޮޔ އިސްތަށިގަނޑެއް ނަމަ ޮކންމެ ދުވަހަކު ޮދންނަން އާދަ ކުރަން ވާނެއެވެ.

އަދި ވީ ވަރަކުން މޫނު މައްޗަށް އިސްތަށި ނާންނަ ޮގތަކަށް ޮބލުގައި ފުނާ އަޅާށެވެ. އެއީ އިސްތަށީގައި ހުންނަ ތެޮޔ ތަކާއި ކްރީމްސް އަދި ޮކންޑިޝަނަރ

ފަދަ ތަކެތިން މޫނުގައި ބިހިނެގުމުގެ ފުރުސަތު ޮބޑުވެގެން ދާނެތީ އެވެ.

9. ބިހިނެގުން ހުއްޓުނުކަމުގައި ވިއަސް ޓްރީޓްމަންޓް ހުއްޓާނުލާށެވެ.

ވަރަށް ގިނަ މީހުން ބިހި ނެގުން ހުއްޓޭއިރަށް ބޭނުން ކުރަމުންދާ ޓްރީޓްމަންޓް ހުއްޓާލައެވެ. އެކަމަކު މޫނު އަބަދުވެސް ބިހިން ސަލާމަތް

ޮކށް ބަހައްޓަން ބޭނުންވާ ނަމަ ޮކންމެވެސް އެއް ޓްރީޓްމަންޓެއް ކުރިއަށް ގެންދިއުން މުހިއްމެވެ.

އެޮގތުން ބިހި އެންމެ ގިނައިން ނަގައިގެން

މިންނު

28

ބިހިން ސަާލމަތްާވނެ 15 ގޮތް

Page 29: Sun Magazine 35

29

އުޅުނު ދުވަސް ވަރު ބޭނުން ކުރި މޫނު ޮދންނަ ފުޅި ނުވަތަ ބެންޮޒއިލް ޕެޮރސައިޑް ފަދަ ޕްޮރޑަޓްސް ބޭނުން ކުރަން އާދަ ކުރަން ވާނެއެވެ.

10. ބިހި މާ ގަދަ އަށް ނަގާ ކަމަށް ވާނަމަ ޮޑކްޓަރެއްގެ ލަފާ ޯހދުން މުހިއްމު އެވެ.

އާދަޔާ ޚިލާފަށް ގިނައިން ބިހިނަގާ ކަން ފާހަގަ ވާނަމަ ގިނަ ދުވަސް ނުޮކށް ޮޑކްޓަރަކަށް ދައްކައި ޮޑކްޓަރެއްގެ ލަފާ ޯހދުން މުހިއްމެވެ. ބައެއް މީހުންގެ ގައިންނާއި މޫނުން ބިހި ނަގަނީ ސިއްހީ ކަމަކާ ގުޅިގެން ކަމަށް ވެސް ވެދާނެތީ އެވެ. އަދި ގަދަ އަށް ބިހިނެގުމުން ގިނަ ލަކުނު ވެސް

މޫނުގައި ލާނެއެވެ. ޮޑކްޓަރީ ފަރުވާއިން ލަކުނު ތައް އަވަހަށް ފިލާނެއެވެ.

11. މާމުޔަކީ ބިހިން ސަލާމަތް ޮކށްދޭ އެއްޗެއް ނޫނެވެ. މާމުޔަކީ ބިހިން ސަލާމަތް ވުމަށް ފަރުވާއެއްގެ ޮގތުގައި ބައެއް މީހުން

ބޭނުން ކުރާ އެއްޗެކެވެ. މިއީ ޮއޅިފައި ޮއންނަ ކަމެކެވެ. އަސްލު މާމުއީ ގައި ހިމެނޭ ހަން އަލިޮކށްދޭ މާއްދާ ތަކުގެ ސަބަބުން މޫނުގައި ހުންނަ ލަކުނުތައް ފިލުވާދެއެވެ. އެކަމަކު މަމުއިން ލަކުނުތައް ފިލަން

ދުވަސް ނަގާނެއެވެ. މޫނުގައި މާސްކެއް ބޭނުން ކުރާނަމަ އެއަށް މާމުއި އެއްޮކށްގެން ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ޮކންމެ ދުވަހަކު 20 މިނެޓް ވަންދެން މޫނުގައި މާމުއި ހާކައިގެން ހުރެފައި ޮދވެލާށެވެ.

މިޮގތަށް ހެދުމުން ވަގުތުން އަމިއްލައަށް ވެސް ހަންގަނޑު މަޑު ވެއްޖެކަން އިހްސާސް ކުރެވޭނެއެވެ.

12. ދަތް އުނގުޅާ ބޭހަކީ ފަރުވާއެކެވެ.

ބިހިން ސަލާމަތް ޮކށްދިނުމަށް ދަތް އުނގުޅާ ބޭސް އެހީވެދެއެވެ. އެކަމަކު

މިއަކީ ބިހިނެގުން ހުއްޓުވުމަށް ޮއތް ފަރުވާއެއް ނޫނެވެ.

ދަތް އުނގުޅާ ބޭހުގައި ޯސޑިއަމް މާއްދާ ގިނައިން ހިމެނޭތީ ނަގާފައި ހުންނަ

ބިހީގައި އުނގުޅުމުން އަވަހަށް ބިހި ހިއްކާލަ އެވެ. ބައެއް ބޭސް

ތަކުގައި ޯސޑިއަމް މާއްދާ މަދުން ވެސް ހިމެނެ އެވެ. މިހެން ކަމަށް

ވާނަމަ ރަނގަޅީ ރޭނގަޑު ނިދަމުން ނަގާފައި އިން ބިހީގަ ބޭސް ހާކައިގެން ނިދުމެވެ.

އޭރުން ހެނދުނު ހޭލާއިރު ބިހި ހުންނާނީ ހިނދިފައެވެ. ހަމަ މިޮގތަށް 15 ނުވަތަ 20 މިނެޓް ވަންދެން ބިހީގައި

ބޭސް ހޭކުމަށް ފަހު ޮދވެލެވިދާނެ އެވެ. އެކަމަކު މުޅި މޫނުގައި ބޭސް ހާކާކަމަށް ވާނަމަ 30 މިނެޓަށް ވުރެ އިތުރަށް ނުބަހައްޓާށެވެ. އެހެނީ އޭރުން މޫނުގެ ހުރިހާ ތެޮޔތަކެއް

ދަމާނެއެވެ. އަދި ހަންގަނޑު ހިކޭނެއެވެ. އަދި މުޅި މޫނުގައި ހާކާ ނަމަ ހަފްތާ އަކު އެއް ފަހަރަށް ވުރެ އިތުރަށް ހޭކުން ވެސް ރަނގަޅެއް ނޫނެވެ.

އަވަހަކަށް ޮދވެނުލައިފި ނަމަ ސާފު ވެފައި ހުރި ވަޅުތައް ނުވަތް ޯޕރސް ތައް ވެސް އަލުން ބަންދު ޮކށްލާނެ އެވެ. ކަސްރަތަކަށް ފަހު އެންމެ ރަނގަޅީ ޮމއިސްޗަރައިޒިން ޮބޑީ

ޮވޝް އެއް ނެގުމެވެ. އޭރުން ހަމުގައި ހުރި ޮލނުތައް ޮދވެވި އަދި ހަންގަނޑު ޮބޑަށް އުޖާލާޮކށްދޭނެ އެވެ. )ނުނިމޭ(

Page 30: Sun Magazine 35

)ކުރީގެ އަދަދާ ގުޅޭ(

ރަޝާޤާއަށް ޮގތް ހުސްވީ އެވެ. ޒައިދު މިރަށުން ދާން އެއްބަސްވި ހިސާބުން ފެށިގެން ރަޝާޤާ އެހުންނަނީ ކުޑަޮކށް

ހަމަޖެހިފަ އެވެ. އެކަމުން ސަލާމަތްވާނޭ ކަމަށް ބަލައިގެންނެވެ. މިފަދަ ޮގތަކަށް އައިސް އޭނާގެ ގަޔަށް ހަމަލާ އަރާފާނޭ ކަމަކަށް

ކުޑަޮކށް ވެސް އޭނާ ހިއެއް ނުކުރެ އެވެ.ރަޝާޤާ މަޑުމަޑުން ހިނގައިގަތެވެ. ޮރމުންނެވެ. ދެޮލލުން

ކަރުނަ ޮފހެމުންނެވެ. އޭނާ އެދަނީ އޭނާ ބުނި ބަސް އަނބުރާ ގެންނާށެވެ. ކިތަންމެ ހިތް ނޭދުނަސް މަންމައާއި ބައްޕަގެ

އަމުރަކަށް ނުކިޔަމަންތެރިކަން ފާޅުޮކށް ޖަދަލުކުރާހާ ހިތްވަރެއް އޭނާއަކަށް ނުލިބެއެވެ.

"ވީ އެންމެ އަވަހަކަށް ކައިވެންޏަށް ތައްޔާރުވޭ!" ރަޝާޤާ ހިނގައިގަތުމުން ސިތާރާ ބުންޏެވެ. އަމުރުވެރި ރާގަކަށެވެ.އާދުވަހެކެވެ. ހުރިހާ ކަމެއް އެފުށް މިފުށަށް ބަދަލުވި ދުވަހެވެ. ރަޝާޤާގެ ދެޮލލުގައި ކަރުނަ އެވެ. ޒައިދުގެ ތުންފަތްމަތީގައި

ހިނިތުންވުމެވެ. ވަހީދާއި ސިތާރާގެ ޮބލަށް ވަނީ ލުއިވެފަ އެވެ. އަޑިގުޑަން މަގަކުން ހިނގާފައި ޮގސް ކަށިކުނބުރު ޖަންގައްޔަކަށް

ދަރިފުޅު ވަދެވަދެ ހުއްޓާ، އަމާން ހިތްފަސޭހަ ބަގީޗާއަކުން ދަރިފުޅަށް ޖާގައެއް ޯހދައިދެވުނު ކަމުގެ އުފަލެވެ. އާއެކެވެ.

ރަޝާޤާއާއި ޒައިދުގެ ކައިވެނި ކުރެވިއްޖެ އެވެ. މާޮބޑު ހަފުލާއަކާ ނުލަ އެވެ. އާދައިގެ ޮގތަކަށެވެ.

30

ވަކި ނުވިނަމަ

މުހައްމަދު ާގސިމް، އއ. މަތިވެރި

ރަޝާޤާގެ ޮލލަކުން ކަރުނައެއް ނުހިކެ އެވެ. އޭނާގެ ހިތް ފުނޑު ފުނޑު ނުވިޔަސް ކުދިކުދި ވެއްޖެކަމުގެ ހިތި އިޙުސާސް ކުރެވެމުންދަނީ ވަރަށް ޮބޑަށެވެ. އޭނާގެ ސިކުނޑިއަކު އިހުސާން ފިޔަވައި އިތުރު ނަމެއް ނެތެވެ. އެސޫރަ ނޫން ސޫރައަކަށް ޖާގަ އެއް ނުދެވުނެވެ. އޭނާ އެންމެ

ކަންޮބޑުވަނީ ކައިވެނީގެ ކަންތައް އިހުސާނަށް އެނގުމުން އޭނާއަށް ވާނޭޮގތް ހިތަށް އަރާފަ އެވެ. އޭނާ އިހުސާންގާތު ކައިވެނި ކުރާ ވާހަކައެއް ނުބުނެ

އެވެ. ނުބުނީ އެއް ނޫނެވެ. އެފަދަ ހިތްވަރެއް ނުލިބުނީ އެވެ.ރަޝާޤާގެ ކައިވެނީގެ ޚަބަރު އިހުސާނަށް ލިބުނީ އެދުވަހު އިރުވެސް

ޮއއްސުނު ފަހުންނެވެ. ބަޔަކު އެވާހަކަ ދައްކަނިޮކށް އަޑު އިވުނީ އެވެ. އެހެންނަމަވެސް އޭނާ އެވާހަކަ ގަބޫލެއް ނުކުރެ އެވެ. އޭނާ ޮގސް

މަންމަގާތު އެހީ އެވެ. މަންމަ ފުރަތަމަ އުޅުނީ ނުބުނާށެވެ. ކަން ކުރީވެސް އެޮގތަށެވެ. އެހެންނަމަވެސް މަންމަގެ މޫނުމައްޗަށް ވެގެން ދިޔަ ޮގތާއި،

އަރައި ފައިބައިގަތް ކުލަވަރުން އިހުސާނަކަށް އެކަން ސިއްރެއް ނުވި އެވެ. ބޭޒާރުވީ އެވެ.

"އެއީ ތެދު ވާހަކައެއް ޯދ!" އިހުސާނަށް ހަޅޭއްލަވައިގަނެވުނެވެ. އިހުސާނަށް ވީޮގތް ފެނިފައި މަންމަގެ ބަލިކަށި ހިތަކަށް ކެތެއް ނުވި އެވެ. ޮރވިއްޖެ އެވެ. އެވަގުތު އިހުސާނަށް ވެސް އަޑުން އަޑުނަގައި

ޮރއިގަނެވުނެވެ. ކުޑަކުއްޖެއް ފަދައިން ބިންމައްޗަށް ވެއްޓިގަތެވެ. ދެފައި ތަޅަތަޅާފައި އަޑުގެ ޮކޅަށް ޮރމުން ރަޝާޤާއަށް ޮގވަންފެށި އެވެ. ފުރަތަމަ އެ އަޑާއި ރާގުގައި ހުރީ ހިތާމަ އެވެ. ނިކަމެތިކަމާއި އާދޭހުގެ އަސަރެވެ.

އެހެންނަމަވެސް މަޑުމަޑުން އެ ހުރިހާކަމެއް ބަދަލުވަމުން ދިޔައެވެ. ރުޅިވެރިކަމާއި ހަރުކަށިކަމަށެވެ. ދެޮލލުން ޮއހެމުން ދިޔަ ކަރުނައިގައި ހުރި ހިތާމައިގެ ހިތިކަމުގެ ތެރެއަށް ނަފުރަތުގެ ހޫނުކަން ވެރިވަމުން ދިޔަ އެވެ.

Page 31: Sun Magazine 35

ރޭގަނޑުގެ ދިހަގަޑިބައި އެގާރަޖަހާ އެހައިކަންހާއިރެވެ. ރަޝާޤާ ޮއތީ އެނދުގަ އެވެ. މިރެއަކީ އޭނާގެ ހަޔާތުގައި ވަރަށް ޚާއްޞަ ރެއެކެވެ. އާކައިވެނީގެ ފުރަތަމަ ރެއެވެ. ގިނަ މީހުންގެ ހަޔާތުގައި

އަންނަ އެންމެ އުފާވެރި ރެއެވެ. ހަނދާން ނައްތާލަން އެންމެ އުނދަގޫވާ ރެއެވެ. މަޖަލާއި އުފަލުގެ ރެއެވެ. ޮލލުފިޔައެއް ޖަހައިލަން

ހަނދާން ނުވާ ރެއެވެ. އެހެންނަމަވެސް ރަޝާޤާގެ ހަޔާތަށް މިރޭ އައިސްފައިވަނީ މުޅިން ތަފާތު ޮގތަކަށެވެ. އޭނާގެ ދެޮލލުގައި ވަނީ

ކަރުނަ އެވެ. ހިތުގައި ވަނީ އުދާހެވެ. މިފަދަ ހާލެއްގައި އޭނާ ޮއއްވާ ޒައިދު އައިސް ޮކޓަރިއަށް

ވަދެއްޖެ އެވެ. އޭނާ އެއައީ ނިދާށެވެ. މިރެއަކީ ރަޝާޤާއާ އެއްޮކޓަރީގައި އޭނާ ނިދާ ފުރަތަމަ ރެއެވެ. މިއީ އޭނާ ހާދަ

ކުރީއްސުރެ ކުރަމުން އައި އުއްމީދެކެވެ. މީހަކަށް ނޭނގުނަސް އޭނާގެ ހިތުގައި މިކަން ޮއންނަތާ އެތައް ދުވަހެކެވެ.

ޒައިދު އައިސް ރަޝާޤާގެ ގާތަށް ހުއްޓެލި އެވެ. އޭނާގެ ނަޒަރު އަމާޒުވެފައި ވަނީ، ބަނޑުވަތަށް ޮއވެ ޮރމުން ގެންދިޔަ ރަޝާޤާއާ ދިމާއަށެވެ. އިރުޮކޅަކު އެޮގތަށް ބަލަން ހުރެފައި،

މަޑުމަޑުން އެނދުކައިރިއަށް ޖެހިލައިފި އެވެ. އެނދުމަތީގައި ޮއތް ރަޖާގަނޑު ނަގައި ރަޝާޤާގެ ގައިމަތީގައި އަޅައިލުމަށްފަހު، ބާލީހަކާއި ބެޑުޝީޓެއް ނަގައިގެން ޮގސް ތަޅުންގަނޑުމަތީގައި ޮއޯށވެއްޖެ އެވެ.

އިސާހިތަކު އޭނާއަށް ނިދިއްޖެ އެވެ.

ހަމަ އެރެ އެވެ. ދަންވަރުގެ ވަގުތެވެ. މުޅި ރަށަށް ވެރިވެފައިވަނީ އަނދިރިކަމާއި ނާމާންކަމެވެ. މީހެއްގެ ހިލަމެއް ނެތް މަގުތަކުގައި ވަނީ ފަޅުކަމެވެ. އިހުސާން ހުރީ ޯގތި ތެރޭގައި ދެޮކޅަށް ދެޮކޅަށް ހިނގަ

ހިނގަ އެވެ. އޭނާގެ ޮކންމެ ފިޔަވަޅަކުން، ޮކންމެ ހަރަކާތަކުން ފެންނަނީ ނުތަނަވަސްކަމާއި ހާސްކަމެވެ. ރުޅިވެރިކަމެވެ. ބަދަލު ހިފުމުގެ އަލިފާންގަނޑު

އެތެރެހަށީގައި އަނދަމުންދާ މިންވަރެވެ.އިހުސާން ހިނގައިގަތީ ޯގތިތެރޭގައި ހުރި ދަރުފުންޏަކާ ދިމާއަށެވެ.

އެތަނުން ހައެއްކަފޫޓު ހުންނަ ވަރުގެ ދިގު ދަނޑިގަނޑެއް ނަގައިގެން ހިންދެމިލިއިރު، އޭނާއަށް ފުން ނޭވާތަކެއް ލެވެމުން ދެއެވެ. އޭނާ އެ ފަލަ

ދަނޑިގަނޑަށް ބަލައިލި އެވެ. އެއާއެކު ހިނގައިގެންފި އެވެ. ވަރަށް ބާރަށެވެ. ހީވަނީ ތަނެއް ފުނޑުފުނޑު ޮކށްލަން ހިނގައިގަތްހެންނެވެ.

ގޭގެ ވަށާފާރުމަތިން ފުންމާލައިގެން ދުރުދުރުގައި ފިޔަވަޅު އަޅަމުން މަގު ހުރިޮގތަށް އިހުސާން ފައިބައިގެން ދާއިރު ފެންނަމީހުން ބިރުން

ފިތްކަނޑައިގެން ދާވަރުވެ އެވެ. އޭނާ ޮގސް ގެއެއްގެ ޯގތިތެރެއަށް ވަދެ ތަންޮކޅަކަށް ޮގސްފައި ހުއްޓިއްޖެ އެވެ. ފާޑަކަށް މައްޗަށް ބަލަން ހުރެފައި

ދެޯލ މަރައިލި އެވެ. އަތުގައި ޮއތް ދަނޑިބުރި އަތުން ދޫވެއްޖެ އެވެ. ދެއަތުން ޮބލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައިފި އެވެ. އެއާއެކު ދެން ފެނުނީ ހުރިތަނަށް ތިރިވި ތަނެވެ. ދެޮލލުން ކަރުނަ ޮއހިގަތްތަނެވެ. ދެކަކޫ މައްޗަށް

މޫނު ޖަހައިގެން އިރުޮކޅަކު އިނދެފައި، ޯބ ހިއްލައިލިއިރު ދެޯލ ހުރީ ރަތްވެފަ އެވެ. ތެދުވެ ހިންދެމިލި އިރު މުޅި މީހާ ތުރުތުރު އަޅައެވެ. )ނުނިމޭ(

Page 32: Sun Magazine 35

32

މިދުވަސްވަރަކީ ދިވެހިރާއްޖެއަށް ޑިޮމކްރަސީ ތަޢާރަފު ކުރެވި، ދިވެހީން ޑިޮމކްރަސީއަށް އަހުލުވެރިވަމުންދާ ދުވަސްވަރު

ކަމުން، އަޅުގަނޑުމެންގެ ވިސްނުން އިތުރަށް ތާޒާޮކށްލުމުގެ ޮގތުން، އެކިޒަމާންތަކުގައި ސަރުކާރުތައް ހިންގަމުންއައިސްފައިވާ ނިޒާމްތައް، ޮޕލިޓިކަލް ސައިންސްގެ އިލްމުވެރިން ބައްސަވާލައްވާފައިވާ ޮގތްތަކުގެ

މައްޗަށް އަލިއަޅުވާލެވޭޯތ ބެލުމަށް ޤަޞްދު ކުރަމެވެ. ޮޕލިޓިކަލް ސައިންސްގެ މައްޗަށް ލިއުއްވާ ބައެއް ފަރާތްތަކުން

ލިއުއްވާޮގތުގައި ސަރުކާރު ހިންގާ ނިޒާމް އެއީ ދައުލަތް ހިންގާ

ނިޒާމެވެ. ނަމަވެސް އެއީ ރަނގަޅުނޫން ލިއުއްވުންތަކެއް ކަމަށް ބެލެވެއެވެ. ޙަޤީޤަތުގައި ދައުލަތްތަކަކީ އެއަށް ތަފާތު ސިފަތަކެއް ލިބިގެންވާ އެއްޗެހިތަކެއް ނޫނެވެ. ހުރިހާ ދައުލަތްތަކަކަށް ވެސް

ލިބިގެންވަނީ އޭގެ ޒާތުގައި އެއްކަހަލަ ސިފައެކެވެ. އަދި މައިގަނޑު އެއްކަހަލަ ރުކުންތަކެއް ފުރިހަމަވެފައިވެއެވެ. ދައުލަތެއް ކަމަށް ބެލެވެނީ ރައްޔިތެއް އެކުލެވިފައިވުމާއި، ސަރަޙައްދު ވަކިވެފައިވާ އިމެއް ޮއތުމާއި،

ވެރިކަންހިންގާ ނިޒާމެއް ޮއތުމާއި، އަދި ސިޔާދަތެއް ޤާއިމްވެފައި ޮއތުމުންނެވެ.

ސަރުާކރު ނުވަތަ ދައުލަތުގެ ސިފަތައްއެކިއެކި ދައުލަތްތަކުގައި ހިމެނޭ މީހުންގެ މެދުގައިވާ

ތަފާތުތަކާއި، އެދައުލަތްތައް ހިމެނިފައިވާ ސަރަޙައްދުތަކުގެ މެދުގައިވާ ތަފާތުތަކަކީ އެއްބަޔަކު އަނެއްބަޔަކާ ދައުލަތްވަންތަ ކަމުގެ ޮގތުން ތަފާތުޮކށްދޭ ކަންތައްތަކެއްނޫނެވެ. ފަހަރެއްގައި

ކުޑަ ދައުލަތަކާއި ޮބޑުދައުލަތެއްގެ މެދުގައި ވަރަށްޮބޑު ތަފާތުތަކެއް ޮއވެދާނެއެވެ. ނަމަވެސް މިފަދަ މިންގަނޑުތަކަކީ

މިޒަމާނުގައި ދައުލަތްތަކުގެ މެދުގައި ތަފާތުކުރުމަށް ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. ތަންޮކޅެއް ކުރީޒަމާނުގައި ދައުލަތާއި

ސަރުކާރަކީ ޮކބައިކަން ރަނގަޅަށް ވަކިކުރެވި، ބަޔާންކުރެވިފައި ނެތުމާއެކު މިފަދަ މިންގަނޑުތަކުންވެސް ދައުލަތްތަކުގެ މެދުގައި

ތަފާތުކުރެވިފައި ޮއވެދާނެއެވެ. ދައުލަތްތަކުގެ އެކުވަންތަކަން ނުވަތަ މުސްތަޤިއްލުކަން އެއީވެސް ވަކިޮކށް ބައިޮކށްލެވޭފަދަ އެއްޗަކަށް ނުވެއެވެ. ހުރިހާ ދައުލަތްތަކަކީވެސް މުސްތަޤިއްލު

އެއްޗެކެވެ. މުސްތަޤިއްލު ހުރިހާ ދައުލަތްތަކަކީ އެއްހަމަ އެއްޗެކެވެ. އެހެންވީމާ އެއްވަރު ދެއެއްޗެއް ބައިތަކަކަށް ބެހުމަކީ

އެކަށީގެންވާ ކަމެއްނޫނެވެ.

Page 33: Sun Magazine 35

33

ސަރުާކރު ނުވަތަ ދައުލަތުގެ ސިފަތައްއެކަމަކު ދައުލަތްތަކުގެ

ކަންތައްތައް ހިންގުމަށްޓަކައި ގެންގުޅޭ ވެރިކަމުގެ ނިޒާމްތައް ރާވާލެވެނީ ތަފާތު ޮގތްޮގތަށެވެ. މިނިޒާމްތަކަށް ނަންދެވިފައިވަނީ ''ސަރުކާރު'' ގެ ނަމުންނެވެ.

އެހެންވީމާ ދައުލަތްތައް ސިފަކުރުވައިދީ އޭގެ ތަޞައްވުރު

ހާމަޮކށްދީ އޭގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައިކުރެވޭ މަސައްކަތްތައް ކުރެވެނީ ސަރުކާރުތަކުގެ ތެރެއިން

ލައިފައެވެ. ހުރިހާ ދައުލަތްތަކެއްގެ ވެސް އަމާޒަކީ ނުވަތަ

މަޤްޞަދަކީ އެކައްޗެކެވެ. އެއީ އެދައުލަތެއްގައި ހިމެނޭ މީސްތަކުންގެ ހެވާއި ލާބައަށް

މަސައްކަތް ކުރުމެވެ. އެހެންވީމާ ސަރުކާރުތައް ހިންގާ ނިޒާމް އެއީ

އެދައުލަތެއްގެ މަޤްޞަދުތައް ޙާސިލުކުރުމަށްޓަކައި އެދައުލަތަކުން ގެންގުޅޭ އުޞޫލްތައް ހާމަޮކށްދޭ އެއްޗެކެވެ.

ސަރުކާރު ހިންގާ ނިޒާމެއްގައި އެކުލެވިފައިވާ ކަންތައްތައް:

ސަރުކާރު ހިންގާ ނިޒާމެއްގައި އެކުލެވިގެންވަނީ ދައުލަތް ހިންގުމުގައި ބައެއްކަންތައްތައް ކަނޑައަޅާނެ މިންގަނޑުތަކުގެ މައްސަލައެވެ. ދައުލަތުގެ

ޤާނޫން ހިންގުމުގެ ބާރު ލިބިގެންވަނީ ޮކންފަރާތަކަށް ކަމާއި، އޭގެ ބޭނުންކުރެވެނީ ކިހާ ފުޅާމިނެއްގައިކަމާއި، އެ ދައުލަތެއް ހިންގުމަށްޓަކައި ޤާއިމްކުރެވޭ އިދާރީ

ނިޒާމްތަކަކީޮކބައިކަމާއި، އަދި އެފަދަ ނިޒާމްތަކުން އުފެދޭ އިދާރާތަކުން އެތަންތާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ގެންގުޅޭނެ ސިޔާސަތުތަކާއި އުސޫލްތަކަކީ ޮކބައިކަމެވެ.

މިތަފާތުތަކަކީ އެއް ދައުލަތާއި އަނެއް ދައުލަތަކާއި ދެމެދު ވަރަށް ފުޅާޮކށް ފެތުރިފައިވާ އެއްޗެކެވެ. އަދި ދައުލަތްތަކުގެ ހިންގާ ނިޒާމް އެއްދައުލަތާއި އަނެއްދައުލަތާ ތަފާތުޮކށް މިންއެޅުމުގައި ބަލާކަންތައްތަކެވެ. އެހެންވީމާ ޙަޤީގަތުގައި ބައިޮކށްލެވެނީ ސަރުކާރުތަކުގެ

ސިފަ އެވެ. ދައުލަތްތަކުގެ ސިފައެއް ނޫނެވެ.

ކުރީޒަމާނުގައި ބައިކުރެވިފައިވާޮގތް:

ކުރީޒަމާނުގައި ސަރުކާރުތައް ހިންގާ ނިޒާމް ބައިކުރެވިފައިވަނީ ޔޫނާނުގެ

ފިޯލސަފަރެއް ކަމުގައިވާ އެރިސްޯޓޓްލް ނުވަތަ އަރިސްތޫ، ބަހާލެއްވި އުސޫލުންނެވެ. އެރިސްޯޓޓްލް ގެންގުޅުއްވި

އުސޫލަކީ ޙަޤީޤަތުގައި އޭނާގެ އަމިއްލަ އުސޫލެއް ނޫނެވެ. އޭނާ ތަބާވެވަޑައިގަތީ ޕްލެޯޓ ނުވަތަ އަފްލާޠޫން އަށެވެ.

ޕްލެޯޓ ތަބާވެވަޑައިގަތީ ޮސކްރޭޓްސް ނުވަތަ ސުކުރާތަށެވެ. އެރިސްޯޓޓްލް އޭނާގެ ބައިކުރެއްވުންތައް ބިނާކުރެއްވީ ވެރިކަން ހިންގުމުގެ އެންމެމަތީ ބާރު ޙިއްޞާ ކުރާ

ފަރާތްތަކުގެ މަދު ގިނަކަމުގެ މައްޗަށެވެ. އޭނާގެ ލިއުއްވުމުގައި އެއްފަރާތެއްގެ އަތްމަތީގައި ހުރިހާ ބާރުތައް ޤާއިމްވެފައިވާ ނިޒާމަކީ ''ޮމނާރކީ'' ނުވަތަ ރަސްކަން ކަމަށާއި، މަދު ބައެއްގެ އަތްމަތީގައި ބާރުތައް

ޤާއިމް ވެފައިވާ ނިޒާމަކީ ''އެރިސްޮޓކްރަސީ'' ނުވަތަ ބޭފުޅު ނިޒާމް ކަމުގައި ލިއުއްވިއެވެ. ހަމައެފަދައިން ގިނަބައެއްގެ

އަތްމައްޗަށް ބާރުލިބޭ ޮގތަށް ޤާއިމްކުރެވޭ ނިޒާމަށް އެރިސްޯޓޓްލް ކިއުއްވާފައިވަނީ ''ޮޕލިޓީ'' އެވެ. އަދި މިތިން ނިޒާމްގައި ވެސް ދެފުށް ވާކަމަށް އޭނާ ބަޔާންކުރައްވާފައި ވެއެވެ. އެއީ މިތިން ނިޒާމް ވެސް ހެޮޔޮގތުގައި ބޭނުން ކުރެވޭޮގތާއި ނުބައި ޮގތުގައި ބޭނުން ކުރެވޭޮގތެވެ. -

ނުނިމޭ

Page 34: Sun Magazine 35

34

"އިންސާފު ލިބުން

ލަސްކުރުމަކީ އިންސާފު

ލިބިނުދިނުމެވެ."

ކްރީމް ޮއފް އެސްޕެރަގަސް ސޫޕް

ބޭނުންވާތަކެތި

450 ގ. އެސްޕްރެގަސް )ޮކށާފައި(

2 ފިޔާ ) ޮކށާފައި(2 އަލިވި ) ޮކށާފައި(

2 މޭޒުމަތީ ސަމުސާ ބަޓަރ2 /1 ޯޖޑު ކްރީމް

1 ސައިސަމުސާ މުގުރި އަސޭމިރުސްޮލނުޮކޅެއް

ތައްޔާރުކުރާނެޮގތް

ބަޓަރުޮކޅު ތަވާޔަށް އަޅާފައި އުނދުންމައްޗަށް އުދާލާފައި ހޫނުވީމާ ފިޔާ. އަލުވި. އެއްޮކށްފައި އެބައި ހަނާޮކށްލާށެވެ. ދެން 8 ޯޖޑު ފެން އަޅާފައި އެސެޕްރެގަސް އެއްޮކށްފައި ރަނގަޅަށް ރަހަ ނިކުންނަންދެން ކެކުނީމާ އުދުންމަތިން ބާލާފައި

ފުރާނާލާފައި ކްރީމް އާއި އަސޭމިރުހާއި ޮލނު އެއްޮކށްލާށެވެ.

-- ޖުވޭރިޔާ ވަޖުދީ

Page 35: Sun Magazine 35
Page 36: Sun Magazine 35