ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

15

description

CHSE Islam Project 2012

Transcript of ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

Page 1: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް
Page 2: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

1 | ާ ޙ ް ފ ަ ޞ

Page 3: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

2 | ާ ޙ ް ފ ަ ޞ

1021ިއްސލީާމ ތުަރިބއަްޔުތ އަެސިއްނމްެނޓް

ޘް ީދ ްްަޙ ުރ ހޫ ޝ ަމ ް ިއ ަގ ުމ ލ ތް 9ްިޢ ޮފ

ސާޢިފްމުޙައްމަދު ©

Page 4: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

3 | ާ ޙ ް ފ ަ ޞ

ފިހުރިސްތު

03 ....................................................................................................... ފިހުރިސްތު

04..............................................................................................................ފެށުން

05...................................................................................................... ބުޚާރީ އިމާމް

06 ................................................................................................. މުސްލިމް އިމާމް

07 .................................................................................................. ތިރްމިޒީ އިމާމް

08.................................................................................................... ނަސާއީ އިމާމް

09 .................................................................................................އިމާމް އަބޫދާވޫދު

10 .............................................................................................. އިމާމް އިބުނު މާޖާ

11 .................................................................................. އިމާމް އަޙްމަދު ބުނު ޙަންބަލް

12 ..................................................................................................... އިމާމް މާލިކް

13 .................................................................................................... އިމާމް ދާރުމީ

14...........................................................................................................ނިންމުން

Page 5: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

4 | ާ ޙ ް ފ ަ ޞ

ފެށުން

ނޑައެޅިފައިވާ ވަގުތަކާ ހަމައަށް ދެމިގެން ދިއުމަށް ސަބަބުތައްލެއްވި، އަިދ ޢާލަމްތައް ހައްދަވައި އެތަކެތި ކަސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަމެވެ. އަދި އިންސާނުން އުޅެންވީގޮތުގެ هللا އަޅުކަންކުރުން ޙައްޤުއިލާހު

އުނގަންނަވައިދެއްވި އެންމެފަހުގެ ރަސޫލާ މުޙައްމަދުބްނު އެންމެފުރިހަމަ މަންހަޖު އިންސާނުންނަށް އަށް ޞަލަވާތްލެއްވުން އެދި ދުޢާކުރަމެވެ. އަދި މި ދުޢާގައި އިތުރުއެކަލޭގެފާނުގެ އަހުލު هللا ޢަބްދި

ބައިތުންނާއި، އެކަލޭގެފާނުގެ މިތުރު ޞަޙާބީންނާއި އެކަލޭގެފާނުގެ ސުންނަތަށް ތަބާވެގެން ދިރިއުޅޭ

ތަކުން ޝާމިލްކުރަމެވެ.އެންމެހާ މީސް

ކީރިތި ޤުރުއާން ބާވައިލައްވަން ފެއްޓެވުމާއެކު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެފޮތް ރައްކާތެރި ކުރުމަށްވަނީ މަސައްކަތް ކުރެވިފައެވެ. ރަސޫލާގެ އިތުރުން ގިނަ އަދަދެއްގެ އަޞްޙާބު ބޭކަލުން ކީރިތި

އަދި ރަސޫލާގެ އަމުރުފުޅަށް ޚުދު އެކަލޭގެފާނުގެ ބެއްލެވުމުގެ އެވެ. ޤުރުއާން ހިތްޕުޅުން ދަސްފުޅުކުރެއްވިނަމަވެސް އެދުވަސްވަރު ރަސޫލާގެ ޙަދީޘްފުޅުތައް ދަށުން އެ ޤުރުއާން ލިޔުއްވަމުން ގެންދެވިއެވެ.

ރަސްމީގޮތުން ލިޔެވި ރައްކާ ކުރެވިފައެއް ނުވެއެވެ. ޙަދީޘްފޮތްތައް ލިޔުއްވުމުގެ ޙަރަކާތް އެންމެ ފޮތުގެ ޚުލާސާއެއް 9ވަނަ ޤަރުނުގައެވެ. މިގޮތުން މަޝްހޫރު 3އަރައިގެން ގޮސްފައިވަނީ ހިޖުރައިން ކުރި

ގެ ވާގިފުޅާއެކު ހުށަހަޅާލެވޭތޯ މަސައްކަތް ކުރާނަމެވެ.هللا މި އެސައިންމަންޓްގައި މާތް

ގެ ޚުލާސާ ފޮތް" 9ގެ ފިލާވަޅު "ޙަދީޘް ޢިލްމުގައި އެންމެ މަޝްހޫރު 12މި މަސައްކަތަކީ ގުރޭޑު މަސައްކަތު އެސައިންމެންޓެކެވެ. މި ޚުލާސާ މަސައްކަތަކީ ޙަދީޘް ޢިލްމުގެ ފިލާވަޅާއި ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން ޙަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތާއިގެން ކުރިއަށްގޮސް މަސައްކަތް

މީން!ނިންމާލުމުގެ ތަޢުފީޤު މިއަޅާއަށް ދެއްވާށިއެވެ! އާ

2012 ފެބްރުއަރީ 16

-މުޙައްމަދު ސާޢިފް -

Page 6: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

5 | ާ ޙ ް ފ ަ ޞ

البخاري الإمام

އެވެ. هللا : އެކަލޭގެފާނުގެ ނަންފުޅަކީ މުޙައްމަދު ބުނު އިސްމާޢީލް އެވެ. ލަޤަބުފުޅަކީ އަބޫ ޢަބްދު ތަޢާރަފް

ވަނަ 194ދެކެވަޑައިގަތީ ހިޖުރައިން މަޝްހޫރުވެފައިވަނީ އަލްއިމާމް ބުޚާރީގެ ނަމުންނެވެ. އިމާމް ބުޚާރީ ދުނިޔޭގެ އަލިކަން

ވަނައަހަރު ޚަރުތަންކު ކިޔާ 256އަވަހާރަވީ ހިޖުރައިން ވީ ހުކުރު ދުވަހު ބުޚާރާގައެވެ. 13އަހަރު ޝައްވާލްމަހުގެ އަހަރުފުޅުގައެވެ. 62ރަށެއްގައި އުމުރުފުޅުން

އިމާމްބުޚާރީ ތުއްޕުޅުއިރު ބައެއް އިމާމުން ލިޔުއްވާފައިވާ ފޮތްތައް ޢިލްމު ޙާޞިލްކުރެއްވުން :

ވަނަ 210ހިޖުރައިން ހިތުދަސްކުރެއްވިއެވެ. އަދި ރަށުގައި އެއިރު ތިއްބެވި ޢިލްމުވެރިންގެ އަރިހުން ކިޔަވާވިދާޅުވިއެވެ. ވައި "ތާރީޚުލް ކަބީރު" ލިޔުއްވިއެވެ. އިމާމް އަހަރު ޙައްޖަށް ވަޑައިގެންނެވިއިރު އަލްމަދީނަތުލް މުނައްވަރާގައި މަޑުކުރައް

އަށްވުރެ ގިނަ ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވިއެވެ. 1000ބުޚާރީ

މިފޮތްލިޔުއްވުމަށް މެދުވެރިވީ މިއީ ޙަދީޘް ޢިލްމުގައި އެންމެމަތީ ދަރަޖަ ލިބިގެންވާ ފޮތެވެ. : صحيح البخاري

ސަބަބާއިމެދު އިމާމް ބުޚާރީ ވިދާޅުވެފައިވެއެވެ. "އެއްރެއަކު ހުވަފެންފުޅެއްގައި ތިމަންކަލޭގެފާނު، ކީރިތި ރަސޫލާ ށެވެ. ތިމަންކަލޭގެފާނު ހުންނެވީ ރަސޫލާގެ ކުރިފުޅުމަތީގައި ފަންކާއެއް ހިއްޕަވައިގެން މެހިފެއްސެވުމަދެކެވަޑައިގަތީމެވެ. އޭރު

މިހުވަފެންފުޅުގެ ތަޢުބީރުން ތިމަންކަލޭގެފާނަށް ދޭހަވީ ކީރިތިރަސޫލާއަށް ނިސްބަތް ކުރެވިފައިވާ ދޮގުތައް، އެކަލޭގެފާނުގެ ޞައްޙަ ބަސްފުޅުތަކުގެ ތެރެއިން ވަކިކުރަންވެއްޖެކަމެވެ. މިހެންވެ މިފޮތް ލިޔުއްވީއެވެ."

ތަކުރާރުކޮށް ގެންނަވާފައިވެއެވެ. އެއީ ޙަދީޘްތަކުގެ ތަފާތު ބައިތަކުން ފިޤްހީ އިމާމްބުޚާރި މިފޮތުގައި ވަރަށްގިނަ ޙަދީޘްތައްއެވެ. 7257ތަފާތު މައްސަލަތައް އިސްތިންބާޠުކުރެއްވުމަށެވެ. ތަކުރާރުވެގެންވާ ޙަދީޘާއިއެކު ފޮތުގައިވާ ޙަދީޘްތަކުގެ ޖުމްލައަކީ

އަހަރު ދުވަހުގެ ތެރޭގައެވެ. 16މިފޮތްލިޔެނިންމެވީ އެވެ. ޙަދީޘް މިފޮތުގައިވެ 4000ތަކުރާރުކުރުމަކާއިނުލައި ޖުމްލަ

ޙަދީޘް ރިވާކުރައްވާ ކޮންމެ ދެބޭކަލަކު އެދެބޭކަލެއްގެ ބައްދަލުވުމާއި އަޑުއެއްސެވުން އެއްފަހަރު ނަމަވެސް ސާބިތުވެފައިވުމަކީ

އްވެސް ލިޔުއްވުމުގެ ކުރިން ދެރަކްޢަތް ކޮންމެ ޙަދީޘެއިމާމް ބުޚާރީ ވިދާޅުވެފައިވެއެވެ. " އިމާމް ބުޚާރީގެ ޝަރުޠެކެވެ.އަށް އިސްތިޚާރާ ކުރެއްވީމެވެ. އަދި ޞައްޙަކަމަށް ޔަޤީން ކުރެއްވުނު ޙަދީޘެއްނޫނީ ނުލިޔުއްވަމެވެ. هللا ނަމާދެއް ކުރައްވާ މާތް

ދެމެދުގައިވާ އާهللاލައްކަ ޙަދީޘްގެ ތެރެއިންނެވެ. މިފޮތަކީ ތިމަންކަލޭގެފާނާއި މާތް 6އަދި ޙަދީޘްތައް ހޮވާފައި އެވަނީ ޙުއްޖަތަކަށް ހެއްދެވީމުއެވެ."

ގިނަ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ކީރިތި ޤުރުއާނަށްފަހު އެންމެ ޞައްޙަކަން ބޮޑުފޮތަކީ އިމާމް ބުޚާރީގެ ޝަރަޙަ ލިޔެވިފައިވާކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އޭގެ ތެރެއިން އެންމެ 82މިފޮތުގެ މިފޮތެވެ.

މަޝްހޫރުވެފައިވަނީ އަލްޙާފިޟް ބުނު ޙަޖަރު ލިޔުއްވި ފަތްޙުލް ބާރީ އެވެ.

Page 7: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

6 | ާ ޙ ް ފ ަ ޞ

مسمل الإمام

އެވެ. ލަޤަބުފުޅަކީ އަބުލް ޙުސައިންމުސްލިމް ނުބު ޙައްޖާޖް އެވެ. : އެކަލޭގެފާނުގެ ނަންފުޅަކީ ތަޢާރަފް

206އިމާމް މުސްލިމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން މަޝްހޫރުވެފައިވަނީ އަލްއިމާމް ބުޚާރީގެ ނަމުންނެވެ.

ވީ އާދީއްތަދުވަހު ނޭސާޕޫރުގައި 25ވަނައަހަރުގެ ރަޖަބު 261ވަނައަހަރު ނޭސާޕޫރުގައެވެ. އަވަހާރަވީ ހިޖުރައިން އަހަރުފުޅުގައެވެ. 55އުމުރުފުޅުން

މުސްލިމް ވަރަށް ތުއްޕުޅުއިރު ކިޔަވާ ވިދާޅުވާން ފެއްޓެވިއެވެ. ނޭސާޕޫރުގެ އިމާމް ޢިލްމު ޙާޞިލްކުރެއްވުން :

ފާނުގެ އެކަލޭގެޢިލްމުވެރިންގެ އަރިހުން ކިޔަވާވިދާޅުވުމަށްފަހު ޢިލްމު ޙާސިލްކުރެއްވުމަށް އެކި ރަށްރަށަށް ދަތުރުކުރެއްވިއެވެ. އަށްވުރެ ގިނައެވެ. 200އުސްތާޛުންގެ އަދަދު

މިފޮތް ލިޔުއްވުމުގައި މި ޙަދީޘްފޮތަކީ ޞަޙީޙުލް ބުޚާރީއަށްފަހު އެންމެ ދަރަޖަ އުފުލިގެންވާފޮތެވެ. : مسلم صحيح

އިމާމް މުސްލިމް ބޭނުންކުރައްވާފައިވާ ބައެއް މަންހަޖަށް ޚުލާސާ ގޮތެއްގައި ބަލައިލާނަމެވެ.

ްއަސްޙާބު ބޭކަލުންނާއި ތާބިޢިއްޔަ ބޭކަލުންގެ ބަސްފުޅުތައް މިފޮތުގައި ގެންނަވާފައެއް ނުވެއެވެ. އަދި ޟަޢީފ

ޙަދީޘެއްވެސް ގެންނަވާފައި ނުމެވޭމެއެވެ. .ެކޮންމެ ޙަދީޘެއްވެސް ފުރިހަމައަށް ބަޔާންކުރައްވައެވ ްއިސްތިންބާތުކުރައްވާފައެއް ނުވެއެވެ.ޙަދީޘްތަކުން ފިޤުހީ މައްސަލަތައ .ެމިފޮތުގައިވަނީ ޞަޙީހު ޙަދީޘް ތަކާއި ޙަސަން ދަރަޖައިގެ ޙަދީޘްތަކެވ ާއެއް ޙަދީޘެއްގެ އެއްސަނަދަށްވުރެ ގިނަ ސަނަދުތަކެއް ލިބިވަޑައިގެންފައިވާނަމަ އެއްތަނެއްގައި އެހުރިހ

ސަނަދެއްވެސް ބަޔާންކުރައްވައެވެ.

ގިނަ ޢިލްމުވެރިން ބުރަވެލައްވާގޮތުގައި މިފޮތުގެ ޙަދީޘްތަކަކީވެސް ޞަޙީހުލް ބުޚާރީގެ ޙަދީޘްތަކާ އެއް ދަރަޖައެއްގެ

ހަދީޘްތަކެކެވެ.

ތަކުރާތުވެގެން އައިސްފައިނުވާ ޙަދީޘްތަކުގެ ޖުމްލަ މިފޮތުގައި އަހަރުތެރޭގައެވެ. 15އިމާމް މުސްލިމް މިފޮތް ލިޔުއްވާފައިވަނީ . 3މި ޙަދީޘްތައް ހޮއްވަވާފައިވަނީ އިމާމް މުސްލިމް އަޑުއައްސަވާފައިވާ އެވެ. 4000ކީ އަދަދަ ލައްކަ ޙަދީޘްގެ ތެރެއިންނެވެ

މިފޮތުގެ އެންމެ މަޝްހޫރު ޝަރަޙައެއް ލިޔުއްވާފައިވަނީ އިމާމް ނަވަނީއެވެ.

Page 8: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

7 | ާ ޙ ް ފ ަ ޞ

اترمذی الإمام

ޢީސާއެވެ. ލަޤަބުފުޅަކީ އަބޫ ޢީސާއެވެ. އުފަންވެވަޑައިގަތީ މުޙައްމަދު ބިން : އެކަލޭގެފާނުގެ ނަންފުޅަކީ ތަޢާރަފް

ގައި ހަމަ 13ވަނަ އަހަރުގެ ރަޖަބު 279ވަނަ އަހަރު ތިރުމިޒްއަށެވެ. އަވަހާރަވީ ހިޖުރައިން 209ހިޖުރައިން

އެރަށުގައެވެ.

ތިރުމިޒީ ޢިލްމު ހޯއްދެވުމަށްޓަކައި ވަރަށްގިނަ ރަށްރަށަށް ދަތުރުފުޅު އިމާމް ޢިލްމު ޙާޞިލްކުރެއްވުން :

އޭގެތެރޭގައި ޚުރާސާން ، ޢިރާޤު އަދި މަދީނާ ހިމެނެއެވެ. އެކަލޭގެފާނުގެ އުސްތާޛުންގެ ޢަދަދުވެސް ވަރަށް ކުރެއްވިއެވެ. ގިނައެވެ. އޭގެތެރޭގައި އިމާމް ބުޚާރީ ހިމެނިވަޑައިގަންނަވައެވެ.

ތިރުމިޒީގެ ޙަދީޘްފޮތަށް އަލްޖާމިޢު ގެ ނަމުންނާއި ސުނަނުގެ ނަމުން ނަންދެވިފައިވެއެވެ. އިމާމް : التزمذي ُسـنَن

މިފޮތް ލިޔުއްވައިފައިވާ މަންހަޖަށް ޚުލާސާ ގޮތަކަށް މަޝްހޫރުވެފައިވަނީ ސުނަނު އަލް ތިރްމިޒީގެ ނަމުންނެވެ. ބަލައިލާނަމެވެ.

.ެޞަޙީޙް ، ޙަސަން އަދި ޟަޢީފް ޙަދީޘްތައް ހިމަނުއްވާފައިވެއެވ

.ެޙަދީޘް ބަޔާންކުރެއްވުމަށްފަހު އެ ޙަދީޘެއްގެ ދަރަޖަ ބަޔާންކުރައްވައެވ ުބަޔާންކުރައްވައެވެ.ޟަޢީފް ޙަދީޘެއްނަމަ އެ ޙަދީޘް ޟަޢީފް ވި ސަބަބ ްބަޔާންކުރެއްވުމުގެ އިތުރުން ތަފާތު މައްސަލަތަކުގައި އަޞްޙާބު ބޭކަލުންނާއި ތީބިޢީ ބޭކަލުން ދެކެވަޑައިގަންނަވާގޮތ

ފިޤްހު ޢިލްމުވެރިންގެ މަޛްހަބުތައްވެސް ބަޔާންކުރައްވައެވެ.

ހީ މައްސަލަތަކަށް ބައްލަވާފައިވެއެވެ.ސުނަނު ތިރްމިޒީ އަކީ ތަކުރާރު މަދު ތަރުތީބު ރީތިފޮތެކެވެ. ތަރުތީބުލުރެއްވުމުގައި ފިޤްނޑަކަށް ޙަދީޘްއެވެ. 3956މިފޮތުގައިވަނީ ގާތްގަ

މިފޮތުގެ އެންމެ މަޝްހޫރު ޝަރަޙައެއް ލިޔުއްވާފައިވަނީ އިންޑިއާގެ ރައްޔިތެއްކަމުގައިވާ މުޙައްމަދުބްނު ޢަބްދުއްރަޙްމާން އެވެ. އަލްމުބާރަކު ޕޫރީ ލިޔުއްވާފައިވާ "ޠުޙުފަތުލް އަޙްވާޒީ"

Page 9: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

8 | ާ ޙ ް ފ ަ ޞ

نسايئا الإمام

އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އަޙްމަދު ބުނު ޝުޢައިބީ އެވެ. : އެކަލޭގެފާނުގެ ނަންފުޅަކީ ތަޢާރަފް

ވަނަ އަހަރު ރަމްލާ އޭ ކިޔުނު ރަށުގައި 303ވަނަ އަހަރު ނަސާއު ކިޔާ ރަށަށެވެ. އަވަހާރަވީ ހިޖުރައިން 215ހިޖުރައިން އަހަރުފުޅުގައެވެ. 88އުމުރުފުޅުން

ޢިލްމު ނަސައީ ތުއްޕުޅުއިރު ޢިލްމު ޙާޞިލްކުރައްވަން ފައްޓަވައިފިއެވެ. އިމާމް ޢިލްމު ޙާޞިލްކުރެއްވުން :

ހޯއްދެވުމުގެ ގޮތުން ޚުރާސާނުގެ ރަށްތަކަށާއި، ހިޖާޒުކަރައިއަށާއި ، ޢިރާގަށާއި ، މިޞްރަށާއި އަދި ޝާމްކަރައިގެ ރަށްތަކަށް އެކަލޭގެފާނުގެ އުސްތާޛުން ވަރަށް ގިނައެވެ. އޭގެތެރޭގައި އިމާމުލް ބުޚާރީގެ އުސްތާޛެއްކަމުގައިވާ ދަތުރުފުޅު ކުރެއްވިއެވެ.

ނު ރާހުވައިހި ހިމެނިވަޑައިގަންނަވައެވެ. އިސްޙާޤުބު

މިފޮތުގައި އިމާމުއްނަސާއި ހިމަނުއްވާފައިވަނީ ހަމައެކަނި އަޙްކާމްގެ ޙަދީޘް ތަކެވެ. ޞަޙީޙު ޙަދީޘް : النسائي سنن

ތަކާއި، ޙަސަން ދަރަޖައިގެ ޙަދީޘްތަކާއި އަދި ވަރަށް މަދުން ޟަޢީފް ޙަދީޘްވެސް ހިމެނެއެވެ.

އިމާމުއްނަސާއީ ވިދާޅުވެފައިވެއެވެ. "އެރާވީއެއްގެ ބަސް ޤަބޫލު ކުރެއްވުމުން، ހުރިހާ ދަންނަ ބޭކަލުން އެއް ކިބާވެ

ވަޑައިގެންފައިވާ ރާވީއެއްގެ ޙަދީޘެއް މިފޮތުގައި އަހުރެން ނުގެންނަމެވެ."

ނިވަޑައިގަންނަވައެވެ.މިފޮތުގެ ޝަރަޙަ ކުރެއްވި ބޭކަލުންގެ ތެރޭގައި ޖަލާލުއްދީން އައްސުޔޫޠީ ހިމެ

Page 10: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

9 | ާ ޙ ް ފ ަ ޞ

ابو داود الإمام

އެކަލޭފާނުގެ ލަޤަބަކީ އަބޫދާއޫދެވެ. ދުނިޔޭގެ ސުލައިމާން ބުނު އަޝްޢިޘް އެވެ. : އެކަލޭގެފާނުގެ ނަންފުޅަކީ ތަޢާރަފް

275ޞަރާ އަށެވެ. އަވަހާރަވީވެސް ހަމަ އެރަށުގައި ހިޖުރައިން ވަނަ އަހަރު ބަ 202އަލިކަން ދެކެވަޑައިގަތީ ހިޖުރައިން

އަހަރުފުޅުގައެވެ. 73ވަނަ އަހަރު އުމުރުފުޅުން

ޢިލްމު ޙާސިލްކުރެއްވުމަށްޓަކައި ވަރަށްގިނަ ރަށްރަށަށް އަބޫދާއޫދު އިމާމް ޢިލްމު ޙާޞިލްކުރެއްވުން :

އަދި ވަރަށްގިނައިން ޢިލްމު ޝާމްކަރަ، މިޞްރު، ޢިރާޤް، ޚުރާސާން ހިމެނެއެވެ. . އޭގެތެރޭގައި ދަތުރުފުޅުކުރެއްވިއެވެއިމާމް އަބޫދާއުދުގެ އުސްތާޛުން ވަރަށް ގިނައެވެ. އޭގެތެރޭގައި އިމާމް ހޯއްދެވުމަށްޓަކައި ބަޣުދާދަށް ވަޑައިގަންނަވާފައިވެއެވެ.

އިމާމުއް ތިރްމިޒީ އާއި އިމާމް ނަސާއީ ޑައިގަންނަވައެވެ. އަޙްމަދު ބުނު ޙަންބަލާއި އިސްޙާޤް ބުނު ރާހުވައިހި ހިމެނިވަ ންގެ ތެރޭގައި ހިމެނިވަޑައިގެންފައިވެއެވެ.އަބޫދާއޫދުގެ ދަރިވަރު

ގެ މިފޮތަކީ ސުނަނު ފޮތްތަކުގެ ތެރެއިން އެންމެ ފުރަތަމައަށް އެކުލަވައިލެވުނު އަބޫދާއޫދު އިމާމް : داود أبي سنن

ތަފާތު ދަރަޖައިގެ ޙަދީޘްތައް ) ޞަޙީޙް ، ޙަސަން މިފޮތުގައި އެކުލެވިފައިވަނީ ހަމައެކަނި އަޙްކާމްގެ ޙަދީޘްތަކެވެ. ފޮތެވެ. އަދި ޟަޢީފް ދަރަޖައިގެ ޙަދީޘްތައް ( ގެންނެވުމުގެ އިތުރުން ޢަމަލު ކުރެވިދާނެކަމަށް ދެކިވަޑައިގަންނަވާ އެހެނިހެން

ގެންނަވާފައި މިފޮތުގައިވެއެވެ. ދަރަޖައިގެ ބައެއް ޙަދީޘްތައްވެސް

މިފޮތް ލިޔުއްވައިފައިވާ މަންހަޖަށް ޚުލާސާ ގޮތަކަށް ބަލައިލާނަމެވެ:

!ްޙަދީޘެއް މާބޮޑަށް ޟަޢީފް ކަމަށްވާނަމަ އެކަން ބަޔާން ކުރެއްވުނ ޙަދީޘަކީވެސް ކަމުދާ އަބޫދާވޫދު ވިދާޅުވެފައިވެއެވެ. "އެ ޙަދީޘަކާއި މެދު އަހުރެން އެއްޗެކޭ ބުނެފައިނުވާ ކޮންމެ

ޙަދީޘެވެ. އަދި އެއަށް ޢަމަލުކުރުން ރަނގަޅު ޙަދީޘް ތަކެކެވެ. .ްފިޤްޙީ ބާބުގައި އެއާގުޅުންހުރި ޞަޙީހް ޙަދީޘެއް ނުލިބިއްޖެނަމަ ޟަޢީފް ޙަދީޘް ގެންނެވުނ

ީޘްތައް ނުލިޔުއްވުން!އެ ރާވީއެއްގެ ޟަޢީފް ކަމާއިމެދު ދަންނަބޭކަލުން އެއްބަސްވެ ވަޑައިގެންފައިވާ މީހެއްގެ ޙަދ

ލައްކަ ޙަދީޘްގެ ތެރެއިންނެވެ. 5އެވެ. މި ޙަދީޘްތައް ހޮއްވަވާފައިވަނީ 4800މިފޮތުގައިވާ ޙަދީޘްތަކުގެ ޢަދަދަކީ

Page 11: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

10 | ާ ޙ ް ފ ަ ޞ

ابن ماجه الإمام

މަޝްހޫރުވެފައިވަނީ އިބްނު މާޖާގެ ނަމުންނެވެ. މުޙައްމަދު ބުނު ޔަޒީދުއެވެ. : އެކަލޭގެފާނުގެ ނަންފުޅަކީ ތަޢާރަފް

އަވަހާރަވެފައިވަނީ ވަނައަހަރުގައެވެ. 209ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން އެވެ. هللا ލަޤަބަކީ އަބޫ ޢަބްދު

އަހަރުފުޅުގައެވެ. 63ވަނަ އަހަރު 273ހިޖުރައިން

އިބްނު މާޖާ ޙަދީޘް ޢިލްމު އުނގެނިވަޑައިގަތުމަށްޓަކައި ދަތުރުފުޅުތަކެއް އިމާމް ޢިލްމު ޙާޞިލްކުރެއްވުން :

އިބުނު މާޖާ ވަރަށްގިނަ ދަންނަ ބޭކަލުންގެ އަރިހުން އޭގެތެރޭގައި ޝާމްކަރަ، މިޞްރު އަދި ޢިރާޤް ހިމެނެއެވެ. ކުރެއްވިއެވެ. ފިސިއްޔާ އާއި އަބޫބަކުރު ބުން ޝައިބަތު ކިޔަވާ ވިދާޅުވިއެވެ. އެބޭކަލުންގެ ތެރޭގައި ޢަލީބުނު މުޙައްމަދު ޠަނާ

އަދިހަމައެހެންމެ ވަރަށްގިނަ އަދަދެއްގެ ބަޔަކު އެކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. ހިމެނިވަޑައިގަންނަވައެވެ. މިގިތުން މުޙައްމަދު ބުނު ޢީސާ އާއި އަހުމަދު ބުނު ރޫޙު ހިމެނިވަޑައިގަންނަވައެވެ.

ދަރަޖައިގެ ޙަދީޘް އާއި ޟަޢީފް އަދި އިބުނު މާޖާ މިފޮތުގައި ޞަޙީޙް ޙަދީޘް އާއި ޙަސަން : ‎ماجه ابن ُسنن

މަދުންނަމަވެސް މައުޟޫޢު ޙަދީޘް ހިމެނިފައިވެއެވެ. އަދި މުންކަރު ޙަދީޘް ހިމަނުއްވާފައިވެއެވެ.

ޙަދީޘް ( 4000ވިދާޅުވާގޮތުގައި ބައެއް ބޭކަލުން ) 4341މިފޮތުގައިވާ ޙަދީޘްތަކުގެ ޖުމްލަ އަދަދު:

މިފޮތުގެ މަޝްހޫރު ޝަރަޙައެއް ލިޔުއްވީ: އިމާމުލް ބަރުޠީ

އިމާމް ބަރުޠީގެ ޝަރަޙައިގެ ނަން: މިޞްބާޙުއް ޒުޖާޖް

Page 12: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

11 | ާ ޙ ް ފ ަ ޞ

امحد بن حنبل الإمام

މަޝްހޫރުވެފައިވަނީ އެވެ. هللا ލަޤަބަކީ އަބޫ ޢަބްދުއަޙްމަދު ބުނު މުޙައްމަދެވެ. : އެކަލޭގެފާނުގެ ނަންފުޅަކީ ތަޢާރަފް

ވަނައަހަރު ބަޣުދާދުގައެވެ. 164އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން އިމާމް ޢަޙްމަދު ބުނު ޙަންބަލް ގެ ނަމުންނެވެ.

ޢަދަދު ނުކުރެވޭހާ ގިނަބަޔަކު އަހަރުފުޅުގައެވެ. 77ވަނަ އަހަރު އުމުރުފުޅުން 241އަވަހާރަފުޅުވީ ހިޖުރައިން އި ޖަނާޒާގައި ބައިވެރިވިކަމަށް ވެއެވެ. އެކަލޭގެފާނުގަ

އެންމެ ހުމަދު ބުނު ޙަންބަލް ތުއްޕުޅުއިރު ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަ އިމާމް ޢިލްމު ޙާޞިލްކުރެއްވުން :

ޢިލްމު ޙާޞިލް ފުރަތަމަ ޢިލްމު އުނގެނުމަށްޓަކައި ވަޑައިގަތީ އަބޫ ޙަނީފާގެ މަޝްހޫރު ދަރިވަރު އަބޫ ޔޫސުފްގެ އަރިހަށެވެ. ނޑަކަށް ކުރެއްވުމަށްޓަކައި ގިނަގުނަ ދަތުރުތަކެއް ކުރެއްވިއެވެ. އުސްތާޛުންގެ އަރިހުން ޢިލްމު 280އެކަލޭގެފާނު ގާތްގަ

ނޑަކަށް ޙާޞިލްކުރެއްވިއެވެ. އޭގެތެރޭގައި އިމާމް އަށް އަރައެވެ. 5000އަދި އެކަލޭގެފާނުގެ ދަރިވަރުންގެ ޢަދަދު ގާތްގަ މާމް ބުޚާރީ ހިމެނެއެވެ. ޝާފިޢީ އާއި އި

ލިޔުއްވި މިފޮތް މަޝްހޫރުވެފައިވަނީ "މުސްނަދު އިމާމް އަޙްމަދު" ގެ އަހުމަދު ބުނު ޙަންބަލް އިމާމް : އަލްމުސްނަދު

ފޮތް( ގައި ހިމެނިފައިނުވާ އެތައް ޙަދީޘެއް ހިމެނިފައިވެއެވެ. 6މިފޮތުގައި "ޞަޙީޙުއް ސިއްތަ" )ޞަޙީހު ނަމުންނެވެ.

.(އެވެ 750000)ހިތުދަސްކުރައްވާފައިވާ ޙަދީޘްގެ އަދަދަކީ 4000މިފޮތުގައިވާ ޙަދީޘް ގެ ޢަދަދު:

މިފޮތް މިފޮތުގައި ޞަޙީހު ޙަދީޘް ތަކާއި ޟަޢީފް ޙަދީޘްތައްވެސް ހިމެނެއެވެ. އަދި އެތައް ޙަދީޘެއް ތަކުރާރުވެފައިވެއެވެ. ބު ބޭކަލެއްނަން ގެންނަވާފައި އެބޭކަލެއްގެ ކިބައިން ރިވާވެގެން ތަރުތީބުކުރެއްވުމުގައި ޙަދީޘް ރިވާކުރެއްވި އަސްޙާ

ބައްލަވާފައިވަނީ އެއަޞްޙާބުބޭކަލެއްގެ މާތްކަމަށެވެ. އައިސްފައިވާ ހުރިހާ ޙަދީޘެއް އެއްތަނެއްގައި ބަޔާންކުރައްވާފައިވެއެވެ.

ނޑަކަށް ގެންނަވާފައިވެއެވެ. ފަށްޓަވާފައިވަނީ އެބޭކަލުންނަށް އަޞްޙާބު ބޭކަލުންގެ ނަންފުޅު 900މުސްނަދުގައި ގާތްގަ ބޭކަލުންގެ ނަންފުޅުތަކުންނެވެ. 10ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވާފައިވާ

Page 13: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

12 | ާ ޙ ް ފ ަ ޞ

ماكل الإمام

އެވެ. هللا އެކަލޭގެފާނުގެ ލަޤަބަކީ އަބޫ ޢަބްދުމާލިކް ބުން އަނަސުލް އަޞްބަޙީއެވެ. : އެކަލޭގެފާނުގެ ނަންފުޅަކީ ތަޢާރަފް

93އިމާމް މާލިކް އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން އިމާމް ދާރުލް ހަޖްރުގެ ނަމުންނެވެ. މަޝްހޫރުވެވަޑައިގެންފައިވަނީ

86ރު އުމުރުފުޅުން ވަނަ އަހަ 179އަވަހާރަވެފައިވަނީ ހިޖުރައިން ވަނައަހަރު މަދީނަތުލް މުނައްވަރާއަށެވެ. 95ނުވަތަ އަހަރުފުޅުގައެވެ.

ޢިލްމު އުނގެނިވަޑައިގަތީ ފިޤްހު ޢިލްމުގައި އަރާތިއްބެވި ބޭކަލުންގެ މާލިކް އިމާމް ޢިލްމު ޙާޞިލްކުރެއްވުން :

އިމާމް މާލިކްގެ ފާނުގެ އަރިހުންނެވެ. އޭގެތެރޭގައި މަޝްހޫރު ތާބިޢީ ބޭކަލެއްކަމުގައިވާ ނާފިޢުގެފާނު ހިމެނިވަޑައިގަންނަވައެވެ. ނޑަކަށް ޢިލްމުވެރިކަމުގެ ސަބަބުން މުޅި ޙިޖާޒު ކަރައިގެ ޢިލްމުވެރިޔާގެ ލަޤަބު ލިބިވަޑައިގެންފައިވެއެވެ. 100ގާތްގަ

އުސްތާޛުންގެ އަރިހުން އެކަލޭގެފާނު ޢިލްމު އުނގެނިވަޑައިގަތެވެ.

ފިޤްހު ޢިލްމުވެރިންނަށް ހުށަހެޅުއްވިއެވެ. 70މާލިކް މިފޮތް ލިޔުއްވުމަށްފަހު މަދީނާގެ އިމާމް : ‎الموطأ

އަލްމުވައްޠާގެނަމުން މިފޮތަށް ނަންދެވިފައިވަނީ އެހެންވެގެންނެވެ. އެހުރިހާބޭކަލުންވެސް މިފޮތާއިމެދު ރުހި ޤަބޫލުވިއެވެ.

މިފޮތުގައިވާ މަރްފަޢު އަދި ށް ލިޔެވިފައިވާ ފުރަތަމަ ޙަދީޘްފޮތެވެ. މިފޮތަކީ ޙަދީޘްފޮތްތަކުގެތެރެއިން ބާބުގެ ތަރުތީބުކޮބަލާޣާތު ފަދަ ނަމަވެސް މިފޮތުގައިވާ މުރްސިލް ޙަދީޘްތަކާއި މައުޞޫލް ޙަދީޘް ތަކަކީ ޞަޙީޙް ޙަދީޘް ތަކެކެވެ.

ރިވާޔަތްތަކުގައި ޞަޙީޙް އަދި ޟަޢީފް ރިވާޔަތްތައް ހިމެނިގެންވެއެވެ.

3000ހިމެނިފައިވާ ފިޤްހީ މައްސަލަތަކުގެ ޢަދަދު: އަލްމުވައްޠާ ގައި

އޭ ވިދާޅުވެއެވެ.( 600)ބައެއް ބޭކަލުން 700އަލްމުވައްޠާ ގައި ހިމެނިފައިވާ ޙަދީޘްތަކުގެ ޢަދަދު:

Page 14: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

13 | ާ ޙ ް ފ ަ ޞ

ادلاريم الإمام

ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ ހިޖުރައިން ބުނު ފަޟްލުއް ދާރުމީ އެވެ. هللا ޢަބްދު: އެކަލޭގެފާނުގެ ނަންފުޅަކީ ތަޢާރަފް

އަހަރުފުޅުގައެވެ. 74ވަނަ އަހަރު އުމުރުފުޅުން 255ވަނަ އަހަރުއެވެ. އަވަހާރަވެފައިވަނީ ހިޖުރައިން 181

ދާރުމީ ޢިލްމު އުނގެނިވަޑައިގަތުމަށްޓަކައި ވަރަށްގިނަ ދަތުރުފުޅުތަކެއް އިމާމް ޢިލްމު ޙާޞިލްކުރެއްވުން :

އެގޮތުން ޝާމްކަރައަ، މިޞްރު، ޢިރާޤް އަދި މައްކާއަށާއި މަދީނާއަށް ދަތުރުފުޅުތައް ކުރައްވާފައިވެއެވެ. ކުރައްވާފައިވެއެވެ.

ބޭކަލެކެވެ. މިހެންކަމުން ސަމަރުޤަންދުގެ ޤާޟީކަމުގެ އިމާމްދާރުމީއަކީ ޙަދީޘް ޢިލްމާއި ތަފްސީރު ޢިލްމުގައި އަރާހުންނެވި ނަމަވެސް އެންމެ ޙުކުމެއްކުރެއްވުމަށްފަހު މަޤާމުން އިސްތިއުފާދެއްވިއެވެ. މަޤާމް އެކަލޭގެފާނާ ޙަވާލުކުރެވުނެވެ.

ރިން އިމާމް ދާރުމީގެ އުސްތާޛުން ވަރަށްގިނައެވެ. އޭގތެރޭގައި މިރުވާން ބުން މުޙައްމަދު ފަދަ ޢިލްމުވެއޭގެތެރޭގައި އިމާމް ބުޚާރީ އަދި އެކަލޭގެފާނުގެ އަރިހުން ގިނަ ބަޔަކު ޢިލްމު ޙާޞިލްކުރެއްވިއެވެ. ހިމެނިވަޑައިގަންނަވައެވެ.

އާއި އިމާމް މުސްލިމް ހިމެނިވަޑައިގަންނަވައެވެ.

އަދި ބައެއް މުޙައްދިޘުން އިމާމް ދާރުމީ ލިޔުއްވި މިފޮތަށް މުސްނަދުއް ދާރުމީ އޭވެސް ކިޔައެވެ. : الذارمي سن

މިފޮތަށް "އައްޞަޙީޙު" ގެ ނަންވެސް ދެއްވާފައިވެއެވެ.

ނަމަވެސް މިފޮތުގައި "މުރްސަލް" ޙަދީޘާއި "މަވްޤޫފު" ޙަދީޘް މިފޮތުގައި "މުންކަރު" އަދި "ޝާޛް" ޙަދީޘެއް ނުވެއެވެ. ގެންނަވާފައިވެއެވެ.

Page 15: ތަފްސީރު ޢިލްމުގައި އެންމެ މަޝްހޫރު 9 ފޮތް

14 | ާ ޙ ް ފ ަ ޞ

މު ންނިން

ނޑަށް މި هللا ! އަލްޙަމްދު ސުބުޙާނަހޫ هللا މަސައްކަތް ނިންމުމުގެ ކުޅަދާނަކަމާއި ތައުފީޤު ދެއްވި މާތްއަޅުގަ

ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ!

ނޑު އަލިއަޅުވައިލާފައިވަނީ އިސްލާމް ޓެކްސްޓްފޮތުގައިވާ ޙަދީޘް ޢިލްމުގެބައިގައިވާ މި މަސައްކަތުގައި އަޅުގަމަޝްހޫރު ނުވަފޮތާއި އެ ފިލާވަޅު ޚުލާސާކޮށްލެވޭތޯއެވެ. ފޮތް" 9"ޙަދީޘް ޢިލްމުގައި އެންމެ މަޝްހޫރު

ފޮތް ލިޔުއްވި އިމާމުންގެ މަޢުލޫމާތު ޓެކްސްޓްފޮތުގައިވެސް ވަނީ ވަރަށްބޮޑަށް ޚުލާސާކޮށްލައިފައެވެ.

މި އެސައިންމްޓްގެ ސަބަބުން ޙަދީޘް ޢިލްމުގެ ބައިގައި ހިމެނޭ ފިލާވަޅުތައް ދަސްވެގެން ހިނގައްޖެއެވެ. ހަމައެހެންމެ މުޅިންއާ އަދި އިތުރަށް ތާނަ ޓައިޕްކުރުމުގެ ޕްރެކްޓިސް / ތަމްރީނުތަކެއް ލިއްބައިދީފިއެވެ.

ން ކޮންމެސް ވަރަކަށް ޢިލްމު އިތުރުވެގެން މަޢުލޫމާތުތަކެއް ލިބިގެން ހިނގައްޖެއެވެ. މިކަމުގެ ސަބަބު ހިނގައްޖެއެވެ.

ޙަދީޘް ޢިލްމު އުނގެނިވަޑައިގެން އެ ޢިލްމު އަހަރެމެންނާއި ހަމައަށް ޢިލްމުވެރިން ގެނެސްދީފައިއެވަނީ

އެބޭކަލުންނަށް ހެޔޮ ރަޙްމަތްލައްވާށިއެވެ! އާމީން! هللا ވަރަށް ބުރަމަސައްކަތުންކަން ޔަޤީނެވެ. މާތް

އްޔާ! ޝުކުރި

މުޙައްމަދު ސާޢިފް

13603

C5

ސީ.އެޗް.އެސް.އީ

= ނިމުނީ =